Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް

ސެޓެލައިޓް ފޮޓޯތަކުން ފެންނަނީ މުޅި ޣައްޒާ އެއްކޮށް ސުންނާފަތިވަމުންދާ މަންޒަރު

2.3 މިލިއަން މީހުން ދިރިއުޅެމުން އަންނަ ޣައްޒާގެ ބޮޑުމިނަކީ 365 ސްކޮޔަރ ކިލޯމީޓަރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2023 | ހުކުރު 02:05
އިސްރާއީލުން ހަމަލާދިނުމުގެ ކުރިއާއި ފަސް - ޣައްޒާގެ އުތުރު ސަރަހައްދު

އިސްރާއީލުން ހަމަލާދިނުމުގެ ކުރިއާއި ފަސް - ޣައްޒާގެ އުތުރު ސަރަހައްދު

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ 200،000 (ދެ ލައްކަ) ހައުސިންގ ޔުނިޓް މުޅިން އެއްކޮށް ނުވަތަ ބައެއް ހަލާކުކޮށްލާފައިވާކަމަށް ފަލަސްތީނުން ހާމަކޮށްފިއެވެ.

ފަލަސްތީނުގެ ޕަބްލިކް ވޯރކް އެންޑް ހައުސިންގ މިނިސްޓަރު މުހައްމަދު ޒިޔާރާ ވިދާޅުވީ ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން އެތައް އާއިލާއެއް އެއްކޮށް ވުޖޫދުން ފޮހެލެވެމުންދާއިރު މީހުން ދިރިއުޅެމުންދިޔަ އެތައް ހާސް އިމާރާތެއްވެސް ބިމާހަމަވެ ވުޖޫދުން ފޮހެލެވެމުންދާކަމަށެވެ. ޒިޔާރާ ވިދާޅުވީ އޭގެތެރޭގައި ހޮސްޕިޓަލްތަކާއި، އަޅުކަންކުރާ ތަންތަނާއި، ފެން ދޫކުރާ ތަންތަނާއި، މާރުކޭޓްތަކާއި ސްކޫލްތަކާއި ތައުލީމުދޭ ތަންތަން ހިމެނެއެވެ.

2.3 މިލިއަން މީހުން ދިރިއުޅެމުން އަންނަ ޣައްޒާގެ ބޮޑުމިނަކީ 365 ސްކޮޔަރ ކިލޯމީޓަރެވެ.

އދ ގެ ހިޔުމެނިޓޭރިއަން އޮފީހުން ބުނާގޮތުގައި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާގައި މީހުން ދިރިއުޅެމުންދާ ގެތަކުގެ 45 އިންސައްތަ ވަނީ އެއްކޮށް ބިމާހަމަވެފައެވެ. އޭތެރޭގައި އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ބެއިތު ހަނޫން، ބެއިތު ލަހިޔާ، ޝާތި ރެފިޔުޖީ ކޭމްޕް ވަށައިގެންވާ ސަރަހައްދު އަދި ޚާން ޔޫނުސްއެވެ.

އަންދާޒާކުރެވޭ ގޮތުގައި ޣައްޒާގެ 1.4 މިލިއަން މީހުން ވަނީ މެދުކެނޑުމެއްނެތި ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ އެތެރޭގައި އެކިތަންތަނަށް ވިއްސިވިހާލިވެފައެވެ. އޭގެތެރެއިން 629،000 މީހުން ބޯހިޔާވަހިކަން ހޯދަމުން އަންނަނީ އދ ން ގާއިމުކޮށްފައިވާ 150 އެމަރޖެންސީ ބޯހިޔާވަހިތަކުގައެވެ.

އަނެއްކޮޅުން މުޅި ޣައްޒާ އެއްކޮށް ބަންދުކޮށް، ތެޔޮ އެތެރެކުރުން އެއްކޮށް ހުއްޓުވާފައިވުމުގެ ސަބަބުން ޣައްޒާގެ ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ރަނގަޅަށް ދިނުމަށް އަންނަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންނެވެ. އޭގެތެރޭގައި ހާލުދެރަ ބަލި މީހުންނަށް ބޭސްފަރުވާ ކުރެވޭނެ ގޮތެއް ވަނީނެތިފައެވެ. ވަކިން ޚާއްސަކޮށް އިންކިޔުބޭޓަރުތަކުގައި ތިބި ދުވަސްނުފުރާ ވިހާފައިތިބި ތުއްތުކުދިންނާއި ޑަޔަލިސިސް ހަދަމުންދާ ހާހެއްހާ ބަލިމީހުންނަށް ފަރުވާދޭން ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އަދި ތެޔޮ ނެތުމުގެ ސަބަބުން އެމްބިޔުލަންސްތައް ދުއްވުމަށް ވަނީ ދަތިވެފައެވެ.

ހަމާސް އިން ޣައްޒާގެ ކޮންޓްރޯލް 2007 ވަނަ އަހަރު ހޯދިފަހުން އިސްރާއީލުން އަންނަނީ ޣައްޒާއަށް ގިނަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އެސަރަހައްދުގެ މީހުންނާއި، ފެނާއި، ކާބޯތަކެއްޗާއި އެހެނިހެން ތަކެތި އެއްތަނުން އަނެއް ތަނަށް ގެންދިޔުމާއި މިނޫންވެސް މުޅި ސަރަހައްދުގެ ހުރިހާ ކަމެއް ކޮންޓްރޯލްކުރަމުން އަންނަނީ އިސްރާއީލުންނެވެ.

އިޒްރޭލްޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު