Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް

"ޣައްޒާގެ އަޑު" ކަނޑުވާލުމަށް އިސްރާއީލުގެ ހަމަލާތައް މިފަހަރު އަމާޒުކުރީ އަލްޖަޒީރާގެ ކޮރަސްޕޮންޑެންޓް ވާއިލުގެ އާއިލާއަށް

ވާއިލް އަލް ދަހުދުގެ އަންހެނުންނާއި، ފިރިހެން ދަރިފުޅާއި، އަންހެން ދަރިފުޅު އަދި ކާފަ ދަރިފުޅު ވަނީ ޝަހީދުކޮށްލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 އޮކްޓޯބަރު 2023 | ބުރާސްފަތި 01:57
އަލްޖަޒީރާގެ ޣައްޒާގެ އަރަބި ބިޔުރޯގެ ޗީފް ވާއިލް އަލް ދަހުދު

އަލްޖަޒީރާގެ ޣައްޒާގެ އަރަބި ބިޔުރޯގެ ޗީފް ވާއިލް އަލް ދަހުދު

ޣައްޒާގެ މެދުތެރެއަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި އަލްޖަޒީރާގެ ޣައްޒާގެ އަރަބިކް ބިޔުރޯގެ ޗީފް ވާއިލް އަލް ދަހުދުގެ އަންހެނުންނާއި، ފިރިހެން ދަރިފުޅާއި، އަންހެން ދަރިފުޅު އަދި ކާފަ ދަރިފުޅު ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުގެ ހަމަލާތައް ވާއިލުގެ އާއިލާއަށް އަމާޒުކޮށްފައި ވަނީ ނުސްރަތު ރެފިޔުޖީ ކޭމްޕްގައި ތިއްބައެވެ. އަލްޖަޒީރާއިން ހާމަކުރާ ގޮތުގައި ވާއިލުގެ އާއިލާއަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއަކީ މިހާރު ފަލަސްތީނުގެ ނޫސްވެރިންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ބައެކެވެ. ވާއިލު އަކީ ގިނަ އަހަރުތަކެއް ވަންދެން އަލްޖަޒީރާގެ އަރަބި ބިޔުރޯގައި މަސައްކަތްކުރަމުން އަންނަ ނޫސްވެރިއަކަށްވާއިރު އެއީ ގިނަ ބަޔަކު "ޣައްޒާގެ އަޑު"ގެ ގޮތުގައި ސިފަކުރާ ފަރާތެކެވެ.

އަލްޖަޒީރާގެ އަރަބި ޕްރެޒެންޓަރ ތަމަރް އަލްމިޝާލް ބުނީ ވާއިލު އަކީ ޣައްޒާގައި ނޫސްވެރިކަމުގެ އެއް ތަނބެވެ. އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ޖަރީމާތައް އެތައް އަހަރެއް ވަންދެން ވާއިލު ގެނެސްދެމުން އަންނައިރު ޣައްޒާގެ ރައްޔިތުންގެ ހާލަތު ދުނިޔެއަށް ގެނެސްދިނުމަށް އިސް ދައުރެއް ވާއިލު އަދާކޮށްފައިވެއެވެ. ވާއިލު އަށާއި އާއިލާއަށް އިސްރާއީލުން ތަކުރާރުކޮށް އިންޒާރުދެމުންދިޔަނަމަވެސް ވާއިލު ވަނީ ޣައްޒާ ދޫކޮށް ދިޔުމަށް އިންކާރުކޮށް ޣައްޒާގެ ހާލަތު ދުނިޔެއަށް ގެނެސްދިނުމުގައި ދެމިހުންނާނެކަމަށް ބުނެފައިކަމަށް އަލްމިޝާލް ބުންޏެވެ.

ވާއިލުގެ އާއިލާ ނުސްރަތު ރެފިޔުޖީ ކޭމްޕަށް ބަދަލުވީ އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށުމުން އެމީހުންގެ އާއިލާ ކައިރީގައި ތިބުމަށެވެ. ވާއިލުގެ އާއިލާއަށް އަމާޒުކޮށް އިސްރާއީލުން ހަމަލާދިން ކަމުގެ ޚަބަރު ވާއިލަށް ލިބުނީ ޣައްޒާ ސިޓީގައި އޭނާ މަސައްކަތުގައި އުޅެނިކޮށްނެވެ. ވާއިލުގެ އަންހެނުންނާއި ސީނިއަރ ހައި ސްކޫލްގައި ކިޔަވަމުން އަންނަ ފިރިހެން ދަރިފުޅު އަދި ހަތް އަހަރުގެ އަންހެން ދަރިފުޅު ޝަހީދުވިއިރު ފަހުން ވަނީ ކާފަ ދަރިފުޅުވެސް ޝަހީދުވިކަން އެނގިފައެވެ. ވާއިލުގެ އާއިލާގެ ބައެއް މެންބަރުން އަދިވެސް ވަނީ އިމާރާތުގެ ދަށުގައިކަމަށް އަލްޖަޒީރާއިން ރިޕޯޓްކުރެއެވެ.

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުގެ ފަހުން މިހާތަނަށް އައިއިރު އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި 22 ނޫސްވެރިއެއްގެ ފުރާނަ ގެއްލިފައިވާއިރު އެކި ނޫސްވެރިންނަށް އިސްރާއީލުން އަންނަނީ އިންޒާރުދެމުންނެވެ.

އިޒްރޭލްފަލަސްތީން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
11 ނޮވެމްބަރު 2025

ފަލަސްތީނު ރައްޔިތުންނަށް އަމާޒު ކޮށް މަރުގެ އަދަބު ދެވޭ ބިލެއްގެ ފުރަތަމަ ކިޔުން އިޒްރޭލުގެ ޕާލިމެންޓުން ފާސް ކޮށްފި

11 ނޮވެމްބަރު 2025
ފަލަސްތީނު ރައްޔިތުންނަށް އަމާޒު ކޮށް މަރުގެ އަދަބު ދެވޭ ބިލެއްގެ ފުރަތަމަ ކިޔުން އިޒްރޭލުގެ ޕާލިމެންޓުން ފާސް ކޮށްފި
10 ނޮވެމްބަރު 2025

2014 ވަނަ އަހަރު މަރާލި އިސްރާއިލުގެ ސިފައިންގެ މީހެއް ހަށިގަނޑު ހަވާލުކުރާނެ ކަމަށް ހަމާސްއިން ބުނެފި

10 ނޮވެމްބަރު 2025
2014 ވަނަ އަހަރު މަރާލި އިސްރާއިލުގެ ސިފައިންގެ މީހެއް ހަށިގަނޑު ހަވާލުކުރާނެ ކަމަށް ހަމާސްއިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު