Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނިއުރޭޑިއަންޓް

ނިއުރޭޑިއަންޓްގެ ކޯޗިން ޓީމް ލީޑް ކުރަނީ މޯހަން!

24 އޮކްޓޯބަރު 2023 | އަންގާރަ 02:17

ކޯޗިންގ ޓީމް އެކުލަވާލީ ކުޅުންތެރިން ހޯދީ މޯހަންގެ ލަފާގެ މަތީން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 24 އޮކްޓޯބަރު 2023 | އަންގާރަ 02:17
މޯހަން ނިއުރޭޑިއަންޓަށް ބޮޑު ސަޕޯޓެއް ދޭ

މޯހަން ނިއުރޭޑިއަންޓަށް ބޮޑު ސަޕޯޓެއް ދޭ | އެފްއޭއެމް

ނިއުރޭޑިއަންޓްގެ މެނޭޖްމަންޓްގައި މިއަދު އެހެން ބަޔަކު ތިއްބަސް, އެއީ ޕްރޯ ލައިސަންސް ކޯޗު މުޙައްމަދު ޝިޔާޒު (މޯހަން) ގެ ގެއިން ނުކުތް ކްލަބެކެވެ. ނިއުރޭޑިއަންޓްގެ އެންމެ ކާމިޔާބު އަހަރުތަކުގެ ހަނދާންތައްވެސް ހުރީ އެގޭގައެވެ. ނަތީޖާއަކީ ނިއުރޭޑިއަންޓަށް މޯހަންގެ ހިތުގައިވެސް ޚާއްޞަ ލޯތްބެއް އޮތުމެވެ. ބޮޑު ސަމާލުކަމެއް އެ ކްލަބަށް ދެވުމެވެ.

ނިއުރޭޑިއަންޓަށް ސަސްޕެންޝަން ކުރިމަތިވެ, ފުރަތަމަ ޑިވިޝަންގެ ޖާގަ އަލުން ހޯދުމަށް ދެވަނަ ޑިވިޝަންގައި ވާދަކުރާއިރު އެޓީމަށް މޯހަން އެހީވަނީ އެސަބަބުތަކާ ހުރެއެވެ. މިއަހަރު ދެވަނަ ޑިވިޝަނަށް ނިއުރޭޑިއަންޓް ޓީމް އެކުލަވާލަން ފެށީންސުރެ އެކަމުގައި އެންމެ ކުރީގައި އަމަލީ ގޮތުން މަސައްކަތް ކުރަނީ މޯހަންއެވެ. އޭނާގެ ނަން ކަރުދާހުގައި ނެތަސް, ކަރުދާހުގައި ހުރި ނަންތައް ހޯދާ, އެމީހުންގެ ރުހުން ލިބުނީ މޯހަންގެ މަސައްކަތުންނެވެ.

ނިއުރޭޑިއަންޓްގެ ކޯޗު އަހުމަދު ނިމާދު (ނިމާ) މޯހަންގެ އެސިސްޓެންޓެއްގެ ގޮތުގައި އީގަލްސްގައި މަސައްލަތްކުރިއެވެ. މިއަދު ނިއުރޭޑިއަންޓްގެ ކޯޗު ކަމުގައު ހުރުމުގެ އެންމެ ބޮޑު ސަބަބަކީ މޯހަންއެވެ.

ނިމާ ބުނީ ނިއުރޭޑިއަންޓާއި ވިކްޓްރީ ފުރަތަމަ ޑިވިޝަނުންގައި އޮތުން އޭނާވެސް އެދޭ ކަމަށާއި, ރާއްޖޭގެ ބޯޅައިގެ ފޯރިއަށް އެކަމުންވެސް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށެވެ. ނިމާގެ އެސިސްޓެންޓަކަށް ހުރީ ނިއުރޭޑިއަންޓަށްވެސް ކުޅެ ކާމިޔާބީތައް ހޯދި ޑިފެންޑަރު ފަރުހާދު އިސްމާއީލް (ފަރޭ) އެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކަށް ކުޅުނުއިރު މޯހަންގެ އިރުޝާދުވެސް ލިބުނެވެ. ކޯޗިންގެ މަސައްކަތް ފަށާ އޭނާ ހުރީ ކުޅުން ހުއްޓާލުމަށްފަހު އެންމެ ސަޕޯރޓް ކުރާ ކްލަބް ނިއުރޭޑިއަންޓަށް ޚިދުމަތް ކުރަން ބޭނުންވެފައެވެ. އަގެއް ނެތި އެކަން ކޮށްދޭން މިދިޔަ އަހަރުވެސް އޭނާ ހުށަހެޅިއެވެ. މިއަހަރު ނިއުރޭޑިއަންޓްގެ ކޯޗިންގ ޓީމުން ފަރޭ ފެނުމުގެ އަސްލަކީވެސް މޯހަންއެވެ. ފަރޭއަކީ ނިއުރޭޑިއަންޓަށް މަރުދޭ ސަޕޯޓަރެކެވެ.

ކޯޗިންގ ޓީމާ ހިސާބުންވެސް ނުނިމެއެވެ. ނިއުރޭޑިއަންޓަށް ކުޅުންތެރިން ހޯދުމަށްވެސް އެންމެ ބޮޑަށް މަސައްކަތްކުރީ މޯހަންއެވެ. ޓީމްގެ މުހިއްމު ކުޅުންތެރިންގެ ސޮއި ހޯދަން ވާހަކަ ދެއްކީ ސީދާ މޯހަންކަމަށް އެނގިފައިވެއެވެ. މިޑްފީލްޑަރ މިދުހަތު ފަހުމީ (ބިޗަޑް) ގެ ސޮއިހޯދަން އޭނާ ދިރިއުޅޭ ގެއަށް ދިޔައެވެ. ގެއިން ނިކުންނަ ވަގުތު ބަލައިގެން އަތުޖެއްސިއެވެ. ނިއުއިން ފުރަތަމަ ކުޅުންތެރިން ހޯދިއިރުވެސް ނިއުރޭޑިއަންޓްފެ ތައްޔާރުވުމުގެ އަޑީގައި ހުރީ މޯހަން ކަމަށް ވާހަކަ ދެކެވނެވެ. އެކަމަކު މީގެ ދެތިން މަސް ކުރިން އޭނާއަށް އެސުވާލުކުރުމުން ބުނީ "އަޑިޔަކު ނޫން, ހަމަ މަތީގަ މިހުރީ" ކަމަށެވެ.

ފުރަތަމަ ޑިވިޝަންގެ ޖާގަ އަލުން ހޯދަން ނިއުރޭޑިއަންޓް ކުރާ މަސައްކަތުގައި ނިއުރޭޑިއަންޓަށް މަރުދޭ ސަޕޯޓަރުން ހިމެނޭ މެނޭޖްމަންޓަކާއި, ކޯޗިންގ ޓީމެއް އޮތުމަކީ ވަރަށްބޮޑު ހިތްވަރެކެވެ. އަދި ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ލިބިފައިވާ ކުޅުންތެރިން ހިމެނޭ ޓީމެއް އޮތުމަކީ އެކަމަށް އޮތް ފުރުޞަތު ބޮޑުވާނެ ކަމެކެވެ. ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް އަލުން ފުރަތަމަ ޑިވިޝަނުން ފެނުމަށް އުއްމީދުކުރާ ބޯޅައިގެ ސަޕޯޓަރުން ގިނައެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްކުޅިވަރު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި
09 ނޮވެމްބަރު 2025

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި
05 ނޮވެމްބަރު 2025

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް
08 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"
01 ސެޕްޓެމްބަރު 2025

ނިއު ރޭޑިއަންޓަށް ފުރަތަމަ ޑިވިޝަން އިން ޖާގަ ދޭން އެފްއޭއެމް އިން ނިންމައިފި

01 ސެޕްޓެމްބަރު 2025
ނިއު ރޭޑިއަންޓަށް ފުރަތަމަ ޑިވިޝަން އިން ޖާގަ ދޭން އެފްއޭއެމް އިން ނިންމައިފި
28 ޖޫން 2025

ނިއު އާއި ވިކްޓްރީ އަށް އަލުން އެފްއޭއެމްގެ މެމްބަރުކަން ދޭން ހިމަނައި، އަސާސީ ޤަވާއިދު ފާސް ކޮށްފި

28 ޖޫން 2025
ނިއު އާއި ވިކްޓްރީ އަށް އަލުން އެފްއޭއެމްގެ މެމްބަރުކަން ދޭން ހިމަނައި، އަސާސީ ޤަވާއިދު ފާސް ކޮށްފި
14 މެއި 2025

ނިއު ރޭޑިއަންޓުން ޓީސީ ބަލިކޮށްފި

14 މެއި 2025
ނިއު ރޭޑިއަންޓުން ޓީސީ ބަލިކޮށްފި
06 މެއި 2025

އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް

06 މެއި 2025
އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް
23 ނޮވެމްބަރު 2024

ނިއު އޮތީ ދަރަނީގައިކަން އިނގޭ، އެ ދަރަނިން ސަލާމަތް ކުރާނަން: މުބީން

23 ނޮވެމްބަރު 2024
ނިއު އޮތީ ދަރަނީގައިކަން އިނގޭ، އެ ދަރަނިން ސަލާމަތް ކުރާނަން: މުބީން
23 ނޮވެމްބަރު 2024

މުބީން ވިދާޅުވީ ނިކުންނެވީ ދިވެހި ފުޓުބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ކަމަށް!

23 ނޮވެމްބަރު 2024
މުބީން ވިދާޅުވީ ނިކުންނެވީ ދިވެހި ފުޓުބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް