Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަލަސްތީން

އާއިލާ މެންބަރުންގެ ހަށިތައް ދެނެގަންނަން ޖެހުނީ، އުދުވާންތަކުގައި މަރުވިކަމަށް ނިންމި ދީމާއަށް!

23 އޮކްޓޯބަރު 2023 | ހޯމަ 10:51

އުމުރުން އެންމެ 18 އަހަރުގެ ދީމާއަށް ކުރިމަތިލާން ޖެހުނީ، ހަރުފުރައިގެ ފިރިހެނަކަށްވެސް ކަރުނަ ހިފަހައްޓާލަން ދަތި ޒިންމާއަކާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 23 އޮކްޓޯބަރު 2023 | ހޯމަ 10:51
ހަށިގަނޑުތައް ދެނެގަތުމުގެ މަސައްކަތުގައި އުޅޭ ދީމާ

ހަށިގަނޑުތައް ދެނެގަތުމުގެ މަސައްކަތުގައި އުޅޭ ދީމާ

އެޔެއް މިޔެއް ބެލުމެއް ނެތި، ޔަހޫދީ އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ޙަމަލާތަކުން ސަލާމަތްވުމަށް، ޣައްޒާގެ ކުދި ބޮޑު އެންމެން މަސައްކަތްކުރެއެވެ. ދާނެ ވަކި މަންޒިލެއް ނެތް ހާލުގައިވެސް، ފުރާނަ ސަލާމަތްކުރެވޭތޯ ކޮންމެ މީހަކުވެސް ބަލައެވެ. ދީމާ އައްލާމްދާނީއާއި އޭނާގެ އާއިލާގެ މެންބަރުންނަކީވެސް ހަމަ އެގޮތަށް، އުދުވާންތަކުން ސަލާމަތްވުމަށް އެކި ތަންތަނަށް ބަދަލުވަމުންދާ އެތައް ލައްކަ މީހުންގެ ތެރޭގައި ގުނާލެވޭ ބަޔެކެވެ.

އަމިއްލަ ގެދޮރުން ނުކުމެ، ދާނެ ވަކި އިތުރު ތަނެއް ނެތުމުގެ ސަބަބުން، އެ އާއިލާ ބަދަލުވީ ޚާން ޔޫނިސްގައި ހިންގާ ވަގުތީ ހިޔާވައްސަކަށެވެ. ވަގުތީ ހަމަޖެހުމެއް ލިބުނުކަމުގެ ފޮނި އުއްމީދުތަކާ އެކުގައެވެ.

ރޭގަނޑުގެ އަނދިރި ޖެހުމާއެކު، ދީމާގެ ދިރިއުޅުމުގައިވެސް ކަޅު އަނދިރި ސާލެއް އޮޅާލި ފަދައެވެ. އެއީ އޮކްޓޯބަރު 17 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެވެ. އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓުތަކުން ދިޔައީ ބޮން އަޅަމުންނެވެ. ދިމާގެ އާއިލާ އެތަނެއްގައި ހިމާޔަތް ހޯދަމުން ދިޔަ ވަގުތީ ހިޔަލަށްވެސް ހަމަލާ އަމާޒުވިއެވެ. ދީމާއާއި އޭނާގެ ބޭބެގެ އިތުރުން، އޭނާއާ ދެބެންގެ ދެދަރި 2 ކޮއްކޮއެއްގެ ފުރާނަ ސަލާމަތްވިއެވެ. ނަމަވެސް، އެ އާއިލާގައި ބާކީ ތިބި 13 މީހުން މި ދުނިޔެއާ އަބަދުގެ އަބަދަށް ވަކިވެ ދިޔައީއެވެ. އޭގެ ތެރޭގައި ދީމާގެ މައިންބަފައިންނާއި އެއްބަނޑުއެއްބަފާ 7 ބެއިންގެ އިތުރުން، ބޮޑުބޭބެގެ އާއިލާގެ 4 މެންބަރުން ހިމެނެއެވެ.

އުމުރުން އެންމެ 18 އަހަރުގެ ދީމާއަށް ކުރިމަތިލާން ޖެހުނީ، ހަރުފުރައިގެ ފިރިހެނަކަށްވެސް ކަރުނަ ހިފަހައްޓާލަން ދަތި ޒިންމާއަކާއެވެ. އިޒްރޭލުގެ އުދުވާންތަކުގައި ފުރާނަ ގެއްލިދިޔަ މީހުންގެ ގަބުރުތައް ޖަމާކޮށްފައިވާ ތަނަށް ގޮސް، އޭނާގެ އާއިލާގެ މެންބަރުންގެ ހަށިތައް ދެނެގަތުމުގެ ހިތްދަތި މައްސޫލިއްޔަތު އެޅިފައި އޮތީ ދީމާގެ ކޮނޑުގައެވެ.

އިޒްރޭލުގެ އުދުވާންތަކުގައި ދީމާވެސް މަރުވި ކަމަށް ނިންމި ފަހަރެއް ދިޔައެވެ. އެއީ އޮޅުމެއްގެ ތެރެއިން ހިނގި ކަމެއް ކަމަށް ދީމާ ގަބޫލުކުރެއެވެ.

ދީމާގެ އިތުރުން، އޭނާގެ ބޭބެއާއި ދެބެންގެ ދެދަރި ކޮއްކޮމެންގެ ހަށިގަނޑުގެ އެތަންމިތަން ވަނީ ޒަޚަމްވެފައެވެ. އާއިލާގެ މެންބަރުން ވަކިވެ ދިއުމުގެ ހިތާމަ ފިލައިގެން ނުދާއިރު، ކެނޑިނޭޅި ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ މައުސޫމް ހިތުން ބިރުވެރިކަން ފިލައިދާ ހަމަ އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ. ދީމާ ސިފަކުރާ ފަދައިން، އޭނާގެ ހަގީގީ ދިރިއުޅުމަކީ މިއަދު 'ބިރުވެރި ހުވަފަނެއް ފަދަ' ކަމަކަށް ވެއްޖެއެވެ.

މި ފަހުގެ ތާރީޚު ދުށް އެންމެ ހިތްދަތި އިންސާނީ ކާރިސާއެއްގެ ބަލިމަޑުކަން ފެތުރެމުންދާ ޣައްޒާގެ ސިއްޙަތާބެހޭ ވުޒާރާއިން ބުނާގޮތުގައި، އިޒްރޭލުގެ އުދުވާންތަކުގައި މި ދުނިޔެއާ ވަކިވެދިޔަ ފަލަސްތީނު ރައްޔިތުންގެ އަދަދު، 4700އަށްވުރެ މައްޗަށް އަރައެވެ. 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގައި ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު މިހާރު މިލިއަނަކަށްވުރެ އިތުރުވެފައި ވާކަމަށް އދ.ން ބުނެއެވެ.

ފަލަސްތީނުޣައްޒާދުނިޔެ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް