Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިސްރާއީލު - ފަލަސްތީނު ހަނގުރާމަ

ހަމާސްގެ "ކޮމާންޑޯސް" އަށް އަމާޒުކޮށް އިސްރާއީލުން އިންޓެލިޖެންސް ޔުނިޓެއް އުފައްދައިފި

އިސްރާއީލުން ބުނީ އިސްރާއީލުގެ 1400 މީހުން މަރާލި ކުއްލި ހަމަލާގައި ބައިވެރިވި ހަމާސްގެ "އެލީޓް ނުކްބާ ފޯސް"ގެ ހުރިހާ މެންބަރުން މަރާނެކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2023 | ހޯމަ 09:51
އިސްރާއީލުގެ ހަރްޒްލިއާގައި ބޭއްވި ހަރަކާތެއްގައި އިސްރާއީލުގެ މޮސާޑްގެ ޑިރެކްޓަރު ޑޭވިޑް ބާނިއާ ވާހަކަދައްކަނީ

އިސްރާއީލުގެ ހަރްޒްލިއާގައި ބޭއްވި ހަރަކާތެއްގައި އިސްރާއީލުގެ މޮސާޑްގެ ޑިރެކްޓަރު ޑޭވިޑް ބާނިއާ ވާހަކަދައްކަނީ

މި މަހުގެ ކުރީކޮޅު އިސްރާއީލަށް ކުއްލި ގޮތަކަށް ހަމަލާދިން ފަލަސްތީނުގެ ހަމާސް ކޮމާންޑޯ ޔުނިޓުގެ މެންބަރުން ހިފައި ހައްޔަރުކުރުމުގެ މަޤްޞަދުގައި އިސްރާއީލުގެ މޮސާޑް އިންޓެލިޖެންސް އެޖެންސީ އާއި ޝިން ބެޓް އިންޓާނަލް ސެކިއުރިޓީ ސާވިސް ގުޅިގެން ޚާއްޞަ އިންޓެލިޖެންސް ޔުނިޓެއް އުފައްދައިފި އެވެ.

އިސްރާއީލުން ބުނީ އިސްރާއީލުގެ 1400 މީހުން މަރާލި ކުއްލި ހަމަލާގައި ބައިވެރިވި ހަމާސްގެ "އެލީޓް ނުކްބާ ފޯސް"ގެ ހުރިހާ މެންބަރުން ހިފައި ހައްޔަރުކުރާނެކަމަށާއި، އަދި އެމީހުންނަށް މަރުގެ އަދަބު ދޭނެކަމަށެވެ. އަދި އަލަށް އުފެއްދި ޚާއްޞަ އިންޓެލިޖެންސް ޔުނިޓުން އިސްރާއީލުގެ އަސްކަރިއްޔާއަށް އެމީހުންގެ މައުލޫމާތު ފޯރުކޮށްދެމުން ދާނެކަމަށެވެ.

އިސްރާއީލުގެ ދިފާއީ ބާރުތަކާ ހަވާލާދީ އެގައުމުގެ މަސްދަރުތަކުން ރިޕޯޓްކުރި ގޮތުގައި ވައިގެ ހަމަލާތަކުގައި ނުކްބާގެ ދެ ކޮމާންޑަރުން މިހާރު ވެސް ވަނީ މަރާލެވިފައެވެ. އެއީ އެ ޖަމާއަތުގެ ޚާން ޔުނިސް ބެޓަލިއަން ކޮމާންޑަރު ބިލާލް އަލް ކެދްރާ އާއި ހަމާސްގެ ކޮމާންޑަރު އަލީ ޤާދީ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ. މީގެ އިތުރުން ހަމާސްގެ އިތުރު 10 މީހަކުވެސް މިދިޔަ ބުދަ ދުވަހު މަރާލައިފައި ވާނެކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެ އެވެ. އިސްރާއީލުން މިހާ ތަފްޞީލީ ގޮތެއްގައި މި ވާހަކަ ދެއްކި އިރު، ހަމާސްއިން ވެސް ވަނީ އެ ޖަމާޢަތުގެ ބަޔަކު ޝަހީދުވެފައިވާ ކަމަށް ކަށަވަރު ކޮށްދީފަވެ.

އިސްރާއީލުން އެންމެ ބޭނުންވި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ހަމާސްގެ އަސްކަރީ ކޮމާންޑަރު މުހައްމަދު ދީފާއި އާއި ސިޔާސީ ލީޑަރު ޔަހްޔާ ސިންވާރު ކަމަށާއި އެ ދެ މީހުން ވެސް މިހާރު ތިބީ ޣައްޒާގެ ބިމުއަޑީގައި ހަމާސްއިން ހަދާފައިވާ ބިންގަރާސްތަކުގެ އަޑީގައި ތާށިވެފައި ނުވަތަ ނުކުންނަން ނުކުރިފައި ކަމަށްވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.  

އިސްރާއީލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ހަމާސްގެ ހަމަލާއަށް ރައްދު ދީފައިވަނީ ޣައްޒާގެ ތާރީހުގައި މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ބާރުމިނުގައި ބޮން އަޅައި، މުޅި ޣައްޒާ ސުންނާފަތި ކޮށްލުމާއެކުގައެވެ. މި ހިނގާ އޮކްޓޯބަރު 7ން ފެށިގެން ހުއްޓުމެއްނެތި އިސްރާއީލުން ދަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތައްދެމުންނެވެ. މިއަދާހަމައަށް އިސްރާއީލުގެ ހަމަލާތަކުގައި، ފަލަސްތީނުގެ 4،300 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ޣައްޒާގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އިންސާނީ އަސާސީ ތަކެތި ވެސް މިފަދަ ދަތި ދަނޑިވަޅެއްގައި ޣައްޒާއަށް އެތެރިވިޔަނުދީ އިސްރާއީލުން ހުރަސްއަޅަމުންދާއިރު، ކަރަންޓާއި، ފެނާއި، ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތަކުން ވެސް ޣައްޒާ ރައްޔިތުން ވަނީ މަހުހޫރުމް ކޮށްފައެވެ.

އދ. ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވަނީ ނަތަންޔާހޫގެ ސަރުކާރުން ބަދަލުހިފުމުގެ ގޮތުން ބައިނަލްއަގުވާމީ އިންސާނީ އަދި ޖިނާއީ ގާނޫނާ ހިލާފަށް އާންމުންގެ އާބާދީއަށް ފެނާއި ކާބޯތަކެއްޗާއި ތެލާއި ބޭހާއި އެހެނިހެން މުހިންމު ސާމާނުތައް ފޯރުކޮށްދިނަނުދީ ހިފަހައްޓާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އިސްރާއީލަށް އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ އެހީއެއް ދޭން ވައުދުވެ، ދުޝްމަނުންނަށް ނުރައްކާ ކުރުމަށް އެ ސަރަހައްދަށް ކެރިއާ ގްރޫޕްތަކާއި މިސައިލް ބެޓެރީތަކާއި އެތައް ހާސް ސިފައިން ފޮނުވި އެމެރިކާ އިން ވެސް ވަނީ ކެތްތެރިވުމަށް އިސްރާއީލަށް އިލްތިމާސްކޮށްފަ އެވެ.

އިސްރާއީލުން ޣައްޒާއަށް އެއްގަމު މަގުން އަރައިގަތުން ލަސްވެފައި މިވަނީ ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު އިތުރަށް ދިނުމުގެ ގޮތުން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ހަމާސްގެ ބެލުމުގެ ދަށަށް ގެނައި އެމެރިކާގެ މަންމައަކާއި އަންހެން ކުއްޖަކު ވަނީ ރެޑްކްރޮސްގެ ބެލުމުގެ ދަށަށް މިދިޔަ ހުކުރު ދުވަހު ދޫކޮށްލާފައެވެ. ހަމާސް އިން ހޮނިހިރު ދުވަހު ވަނީ އިސްރާއީލުގެ އަސްކަރީ ރައްދު ހުއްޓުވުމުގެ މަގްސަދުގައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިތުރު ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމަކަށް އައުމަށް އިސްރާއީލަށް ހުށަހަޅައިފާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އެކަމަކު އިސްރާއީލުން އެކަމަށް ވަނީ ދެކޮޅުހަދާފައެވެ.

ހަމާސްގެ ކޮންމެ މެންބަރަކީ ވެސް މަރުވެފައިވާ މީހެއްކަމަށް ހަމަލާ ދިންތާ ހަފްތާއަކަށްވުރެ ވެސް ގިނަދުވަސްވީ ފަހުން ޓީވީ މެދުވެރިކޮށް ދިން ތަގުރީރުގައި ނަތަންޔާހޫ އިންޒާރު ދިނެވެ.

އެގޮތުން ހަމާސް ޖަމާއަތް ނައްތާލައި، އެ ޖަމާއަތުގެ ހުރިހާ ގާބިލުކަމެއް ނައްތާލާނެ ކަމަށް ވައުދުވެ، އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓްވެސް ބުދަ ދުވަހުވަނީ ހަމާސްއަށް އިންޒާރު ދީފައެވެ.

އިޒްރޭލްފަލަސްތީނުދުނިޔެދުނިޔެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު