Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން އާންމުންނަށް ހުޅުވާލައިގެން، ޕީސީއޯއެސް އާއި ގުޅޭ ހާއްސަ ސެމިނާއެއް ބާއްވަނީ

23 އޮކްޓޯބަރު 2023 | ހޯމަ 03:29

މި ސެމިނާ ކުރިއަށް ގެންދަނީ 3 ބަޔަކަށް ބަހާލައިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 އޮކްޓޯބަރު 2023 | ހޯމަ 03:29
ފަރޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ކުރިއަށްގެންދިޔަ ސެޝަނެއްގެ ތެރެއިން

ފަރޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ކުރިއަށްގެންދިޔަ ސެޝަނެއްގެ ތެރެއިން

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން އާންމުންނަށް ހުޅުވާލައިގެން، ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމްއާއި(ޕީސީއޯއެސް) ގުޅޭ ހާއްސަ ސެމިނާއެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ސެމިނާ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައެވެ.

Advertisement - newsAdvertisement

ޕީސީއޯއެސްއަކީ ރާއްޖޭގައި ވަރަށް ގިނައިން ފެންނަ ސިއްހީ ހާލަތަކަށްވާއިރު، މި ކަމާއި ގުޅޭ އެކަށީގެންވާ ސައްހަ މައުލޫމާތާއި ހޭލުންތެރިކަން އާންމުންގެ ތެރޭގައި ނެތުމަކީ މި ޖަމިއްޔާއިން އަބަދުވެސް ކަންބޮޑުވާކަމެއްކަމަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ބުނެއެވެ. އަދި އެ ޖަމިއްޔާއަށް މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތައް ތަހައްމަލުކުރާ ފަރާތްތަކުގެ ބޮޑު އިންސައްތައެއް ޕީސީއޯއެސް ތަޖުރިބާ ކުރާކަން ވަނީ ފާހަގަވެފައެވެ.

އެހެންކަމުން، މި ސެމިނާއަކީ ޕީސީއޯއެސްއާއި ގުޅޭގޮތުން ސައްހަ މައުލޫމާތާއި ހޭލުންތެރިކަން އާންމުންގެ ތެރޭގައި އިތުރުވެގެންދިއުމަށް އެހީތެރިވެދޭނެ ކަމެއްކަމަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ބުނެއެވެ.

މި ސެމިނާ ކުރިއަށް ގެންދަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. އެއީ ޕީސީއޯއެސް ތަހައްމަލުކުރާ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުމާއި، ސިއްހީ މާހިރުންގެ ޕެނަލް ޑިސްކަޝަން އަދި ސުވާލާއި ޖަވާބެވެ.

ޕީސީއޯއެސްގެ ތަޖުރިބާތައް ހިއްސާކުރުމަށްޓަކައި ސެމިނާގައި ބައިވެރިވާ ފަރާތްތަކަކީ:

- ލަޝަސް ލޭޔާގެ އޯނަރ، ސޯޝަލް މީޑިއާ އިންފްލުއެންސާ އަދި ކޮންޓެންޓް ކްރިއޭޓާ ނަބީލާ ޝިޔާމް

- އެސްއެސްޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އާމިނަތު ހައިފާ

- ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ރައީސާ އާޝާ ހުސެއިން

- ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ކުރީގެ ނައިބު ރައީސާ މަރިޔަމް ޝާނީޒް

ޕެނަލް ޑިސްކަޝަންގައާއި، އަދި އާންމުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވުމަށްޓަކައި ބައިވެރިވެޑައިގަންނަވާނީ،

- ޑރ. މުހައްމަދު ސިރުހާން އެންޑޯކްރޮނޯލޮޖިސްޓް، ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ އެޑްވައިޒަރީ ކޮމިޓީ މެންބަރ

- އިންފާޓިލިޓީ ސްޕެޝަލިސްޓް ޑރ.ޒާކިޔާ އަހްމަދު، ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ އެޑްވައިޒަރީ ކޮމިޓީ މެންބަރ

- ޝިފާނާ ވަޖީހް، ހީޓްގެ ސީއީއޯ، ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ އެޑްވައިޒަރީ ކޮމިޓީ މެންބަރ

- މަރިޔަމް އިފްޝާން، ލެކްޗަރާ ފެކަލްޓީ އޮފް ހެލްތް ސައިންސަސް

މި ސެމިނާ ބޭއްވުމަށްޓަކައި ޖަމިއްޔާއާއެކު ބައިވެރިވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި، އެސްއެސްޓީވީ، ދަ ވެލްނަސް ކްލަބް އަދި މެޑިކާ ހޮސްޕިޓަލެވެ. މި ސެމިނާގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 10 ފަރާތަކަށް ދަ ވެލްނަސް ކްލަބް އިން ހަތަރު މަހުގެ ޕާސަނަލް ޓްރެއިނިން މުޅިން ހިލޭ ލިބިގެންދާނެއެވެ. އަދި 10 ފަރާތަކަށް ހޯމޯން ޓެސްޓްތަކާއި އަދި އެންޑޯކްރޮނޮލޮޖީ އެޕޮއިންޓްމަންޓްތަކެއް ހިލޭ ލިބިގެންދާނެއެވެ.

ފަރޓިލިޓީ ސަޕޯޓް ކޮމިއުނިޓީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2023

އައިވީއެފް ފަންޑުގެ ދަށުން އިތުރު ދެ ފަރާތަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ދެނީ

14 ޖެނުއަރީ 2023
އައިވީއެފް ފަންޑުގެ ދަށުން އިތުރު ދެ ފަރާތަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ދެނީ
04 ނޮވެމްބަރު 2022

މާލީ ދަތިކަން ހުރި ފަރާތްތަކަށް ހާއްސަ އައިވީއެފް ފަންޑެއް ހުޅުވާލައިފި

04 ނޮވެމްބަރު 2022
މާލީ ދަތިކަން ހުރި ފަރާތްތަކަށް ހާއްސަ އައިވީއެފް ފަންޑެއް ހުޅުވާލައިފި
06 ޖޫން 2017

ރިޔާޒްގެ މައްސަލައާ މެދު ޕީޖީ އޮފީހުން ގޮތެއް ނުނިމެނީ ފުލުހުންގެ ފަރާތުން ބައެއް މައުލޫމާތު ނުލިބިގެން: ޕީޖީ އޮފީސް

06 ޖޫން 2017
ރިޔާޒްގެ މައްސަލައާ މެދު ޕީޖީ އޮފީހުން ގޮތެއް ނުނިމެނީ ފުލުހުންގެ ފަރާތުން ބައެއް މައުލޫމާތު ނުލިބިގެން: ޕީޖީ އޮފީސް
04 މެއި 2017

ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަން އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލު ކޮށްފި

04 މެއި 2017
ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަން އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލު ކޮށްފި
03 މެއި 2017

ޔާމީނަށް މަރުގެ އިންޒާރު ދިން މައްސަލަ ނުބެލުމުން އާއިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި

03 މެއި 2017
ޔާމީނަށް މަރުގެ އިންޒާރު ދިން މައްސަލަ ނުބެލުމުން އާއިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި
22 އެޕްރީލު 2017

ރައީސް ޔާމީނުގެ ޕޯސްޓަރުތަކުގައި ކެންޑިޑޭޓުން ކެމްޕެއިން ކުރުމުން އެ ކެންޑިޑޭޓުންނަށް ގެއްލޭނީ ސަޕޯޓް: ޝިޕާ

22 އެޕްރީލު 2017
ރައީސް ޔާމީނުގެ ޕޯސްޓަރުތަކުގައި ކެންޑިޑޭޓުން ކެމްޕެއިން ކުރުމުން އެ ކެންޑިޑޭޓުންނަށް ގެއްލޭނީ ސަޕޯޓް: ޝިޕާ
24 ފެބުރުއަރީ 2017

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި
09 ފެބުރުއަރީ 2017

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް