Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައިވީއެފް ފަންޑު

އައިވީއެފް ފަންޑުގެ ދަށުން އިތުރު ދެ ފަރާތަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ދެނީ

މިހާތަނަށް ލިބިފައިވާ އެހީތަކާއެކު، ޖުމްލަ ފަސް ދެމަފިރިއަކަށް މިއަހަރު މި ފުރުސަތު ދެވޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2023 | ހޮނިހިރު 11:30
ފަރޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފަރޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އައިވީއެފް ފަންޑުގެ ދަށުން އިތުރު ދެ ފަރާތަކަށް އިންޑިއާގެ އެސްޓަރ މެޑްސިޓީ ހޮސްޕިޓަލުން އައިވީއެފް ހެދުމުގެ ފުރުސަތު ދިނުމަށް, ފަރޓިލިޓީ ސަޕޯޓް ކޮމިއުނިޓީއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގެ ރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި، އެސްޓަރ މެޑްސިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރ ފަރްހާން ޔާސިރެވެ. އަދި ފަރޓިލިޓީ ސަޕޯޓް ޖަމްއިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ ރީމާ ހުސެއިނެވެ.

Advertisement - newsAdvertisement

އައިވީއެފް ފަންޑަކީ، މާލީ ދަތިތަކާހެދި އިންވިޓްރޯ ފަރޓިލައިޒޭޝަން (އައިވީއެފް)ގެ ޓްރީޓްމަންޓް ހެދުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް ހާއްސަކޮށްގެން މާލީ އެހީ ފޯރުކޮށްދިނުމަށްޓަކައި، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވާލި ފަންޑެކެވެ. މި ފަންޑުގެ އެހީގައި ކޮންމެ އަހަރަކުވެސް ދެމަފިރިއަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ލިބިގެންދާއިރު، މިހާތަނަށް ލިބިފައިވާ އެހީތަކާއެކު ޖުމްލަ ފަސް ދެމަފިރިއަކަށް މިއަހަރު މި ފުރުސަތު ދެވޭނެކަމަށް ފަރޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ވަނީ ބުނެފައެވެ.

އައިވީއެފް ފަންޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 25 އަހަރު ފުރިފައިވާ، އަދި މަދުވެގެން ދެ އަހަރުވަންދެން ކައިވެނިކޮށްގެން އުޅޭ ދިވެހި ދެމަފިރިންނަށެވެ. އަދި  25 އަހަރު ނުފުރޭނަމަ ހާއްސަ ހާލަތްތަކެއްގެ ދަށުން ސިއްހީ ކަންކަމަށް ބަލައި އެ ފުރުސަތު އޮންނާނެ ކަމަށްވެސް އެ ޖަމްއިއްޔާއިން ބުނެއެވެ.

އެޕްލިކޭޝަން ފީގެ ގޮތުގައި 200 ރުފިޔާ ނަގާއިރު, ގުރުއަތުން ހޮވޭ ފަރާތަކަށް ފަންޑު އެވޯޑްކުރުމުގެ ކުރިން ރެކޯޑު ސާފުކުރާނެއެވެ. އައިވީއެފް ފަންޑަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަހަރުގެ ޖޫންމަހާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

އައިވީއެފްފަރޓިލިޓީ ސަޕޯޓް ކޮމިއުނިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

އައި.ވީ.އެފް ފަރުވާ އަށް 28 އިންސައްތަ މީހުން ޝަރުތު ހަމަ ނުވަނީ  ސިނގިރެޓް ބުއިމުގެ ސަބަބުން

އައި.ވީ.އެފް ފަރުވާ އަށް 28 އިންސައްތަ މީހުން ޝަރުތު ހަމަ ނުވަނީ ސިނގިރެޓް ބުއިމުގެ ސަބަބުން

02 ޖުލައި 2024
އައިވީއެފް އުސޫލަކީ އިންސާނިއްޔަތުކަމަށް ފުރަގަސްދީގެން، ސިޔާސީ ވަކި މަންފާއެއް ޙާސިލުކުރުމަށް ހަދާފައިވާ އުސޫލެއް: އެމްޑީޕީ

އައިވީއެފް އުސޫލަކީ އިންސާނިއްޔަތުކަމަށް ފުރަގަސްދީގެން، ސިޔާސީ ވަކި މަންފާއެއް ޙާސިލުކުރުމަށް ހަދާފައިވާ އުސޫލެއް: އެމްޑީޕީ

18 މާރިޗު 2024
މިއަހަރު އައި.ވީ.އެފްގެ ފަރުވާއަށް އެހީ ހަމަޖައްސައިދެނީ އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް

މިއަހަރު އައި.ވީ.އެފްގެ ފަރުވާއަށް އެހީ ހަމަޖައްސައިދެނީ އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް

16 މާރިޗު 2024
ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން އާންމުންނަށް ހުޅުވާލައިގެން، ޕީސީއޯއެސް އާއި ގުޅޭ ހާއްސަ ސެމިނާއެއް ބާއްވަނީ

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން އާންމުންނަށް ހުޅުވާލައިގެން، ޕީސީއޯއެސް އާއި ގުޅޭ ހާއްސަ ސެމިނާއެއް ބާއްވަނީ

23 އޮކްޓޯބަރު 2023
މާލީ ދަތިކަން ހުރި ފަރާތްތަކަށް ހާއްސަ އައިވީއެފް ފަންޑެއް ހުޅުވާލައިފި

މާލީ ދަތިކަން ހުރި ފަރާތްތަކަށް ހާއްސަ އައިވީއެފް ފަންޑެއް ހުޅުވާލައިފި

04 ނޮވެމްބަރު 2022

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު