Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިވީއެފް ފަންޑް

އައިވީއެފް ފަންޑް ފަސް ފަރާތަކަށް ހަވާލުކޮށްފި

1 އޯގަސްޓު 2023 | އަންގާރަ 02:42

މި ފަސް އައިވީއެފްގެ އަގު ޖުމްލަ 15000 ޑޮލަރާއި ގާތްކުރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 އޯގަސްޓު 2023 | އަންގާރަ 02:42
އައިވީއެފް ފަންޑް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އައިވީއެފް ފަންޑް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއިން ލޯންޗްކުރި އައިވީއެފް ފަންޑް ފަސް ފަރާތަކަށް ހަވާލުކޮށްފިއެވެ.

އައިވީއެފް ފަންޑް އޭގެ ހައްގުވެރިންނާއި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދުއެވެ.

އައިވީއެފް ފަންޑަކީ މިދިޔަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ފަރޓިލިޓީ ސަޕޯޓް ކޮމިއުނިޓީއިން ދަރިމައިވުމުގެ ދަތިތައް ހުންނަ ފަރާތްތަކުގެ ތެރެއިން މާލީ ދަތިތަކާއިހުރެ، އައިވީއެފް ހެދުމުގެ ފުރުސަތު ލިބިފައިނުވާ ދިވެހި ދެމަފިރިއަކަށް ޖަމިއްޔާގެ އެހީގައި ހިލޭ އައިވީއެފް ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގްސަދުގައި ހުޅުވި ފަންޑެކެވެ. މިއީ އަހަރަކު އެއްފަހަރު އާންމުކޮށް ހުޅުވާލައިގެން، ކުރިމަތިލާ ފަރާތްތަކުގެ ހާލަތު ކަށަވަރުކުރުމަށްފަހު އެންމެ މަތިން މާކްސް ލިބިގެން ހޮވޭ ފަރާތަކަށް ދެވޭ އެހީއެކެވެ.

މިގޮތުން ހޮވާލެވޭ އެއް ދެމަފިރިއަކަށް ފަންޑް ހަވާލުކުރަން ގަސްތުކުރެވިފައިވީނަމަވެސް އިންޑިއާގެ ޔާމީ ފާޓިލިޓީ އެންޑް އައިވީއެފް ސެންޓާ އިންނާއި އަދި އެސްޓާ މެޑްސިޓީގެ ފަރާތުން ދެއްވި ދީލަތި އެހީއާއެކު އިތުރު ހަތަރު ދެމަފިރިއަކަށް މި އަހަރު އައިވީއެފް ހެދުމުގެ ފުރުސަތު ވަނީ ލިބިގެން ގޮސްފައެވެ. މި ފަސް އައިވީއެފްގެ އަގު ޖުމްލަ 15000 ޑޮލަރާއި ގާތްކުރާނެއެވެ.  

އެހެންކަމުން މި ފުރުސަތުގައި އައިވީއެފް ފަންޑަށް އެކިފަރާތްތަކުން ވެދެއްވި ދީލަތީ އެހީތަކަށް މި ޖަމިއްޔާގެ ފަރާތުން ނުހަނު އިޚްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަމެވެ.

އައިވީއެފް ފަންޑް ލިބުނު ފަރާތްތަކަކީ އެވްރެޖް ގޮތެއްގައި 17 އަހަރު ކައިވެނިކޮށްގެން ދަރިއަކު ހޯދުމަށްޓަކައި އެވްރެޖްކޮށް 15 އަހަރުވާންދެން މަސައްކަތްކޮށްފައިވާ ނަމަވެސް އަދި މިހާތަނަށް އައިވީއެފް ހެދުމުގެ ފުރުސަތު ލިބިފައިނުވާ ފަސް ދެމަފިރިއެކެވެ.

އައިވީއެފް ފަންޑް ހަވާލުކުރުމާއެކު، އޭގެ ހައްގުވެރިންނާއި އަދި ޖަމިއްޔާއާއި ދެމެދުވަނީ ހާއްސަ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ކުރިއަށްއޮތް އެއް އަހަރުގެ ތެރޭ، މި ފަރާތްތަކުގެ އައިވީއެފް ހެދުމުގެ ޕްރޮސީޖާ ފެށިގެންދާނެއެވެ.  

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އަކީ ދަރިމައިވުމުގެ ސިއްޙަތާ ގުޅޭގޮތުން މުޖްތަމައު ހޭލުންތެރިކުރުވާ ސިއްހީ ސައްހަ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދީ، އަދި ދަރިމައިވުމުގެ އުނދަގޫ ތަޙައްމަލުކުރައްވާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެ ހިތްވަރުދިނުމަށްޓަކައި 27 ޖަނަވަރީ 2021 ވަނަ ދުވަހު ރަޖިސްޓްރީކުރެވުނު ޖަމްޢިއްޔާއެކެވެ. މި ޖަމިއްޔާގައި މިވަގުތު 400 އަށްވުރެ ގިނަ މެންބަރުން އެބަތިއްބެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް