ކ. މާލެ
|
29 މެއި 2023 | ހޯމަ 18:15
އައިވީއެފް ޓްރީޓްމެންޓަށް ބޭނުންކުރާ ސިރިންޖުތައް
އައިވީއެފް ޓްރީޓްމެންޓަށް ބޭނުންކުރާ ސިރިންޖުތައް
ޓުޑޭ.އެންޖީ
ރާއްޖޭގައި އައިވީއެފް ފެށުން
ދަރިއަކު ހޯދުމަށް ލައްކައިން ހަރަދުކޮށް، އާއިލާއާ ދުރުގައި ހޭދަކުރަން މަޖުބޫރު ކުރުވި ދުވަސް މާޒީއަށް!
 
މިހާރު ޓްރީޓޮޕް ހޮސްޕިޓަލުގައި އައިވީއެފް ޓްރީޓްމެންޓް ވަނީ ފަށާފައި
 
ކޮންމެ ދެމަފިރިޔަކުވެސް މި ޓްރީޓްމަންޓަށް އެތައް ލައްކަ ރުފިޔާ ޚަރަދުކުރޭ
 
ދަރިމައިވުމުގެ މައްސަލަ ހުންނަ ގިނަ ބަޔަކު ބޭރު ގައުމުތަކުން ޓްރީޓްމެންޓް ނަގާ

މި ފަހަކަށް އައިސް ދަރިމައިވުމުގެ މައްސަލައިގައި ޓްރީޓްމަންޓް ހޯދުމަށް ބޭރު ގައުމުތަކަށް ދާ މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ. ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އަވައްޓެރި އިންޑިއާއަށް ގޮސް މިކަމަށް ބޭނުންވާ ޓްރީޓްމަންޓުތައް ހޯދާއިރު، މިއީ މިކަން ތަޖުރިބާކުރާ މީހުންނަށް ހިތްދަތި އެހެނަސް އުންމީދުން ފުރިގެންވާ ތަޖުރިބާއެކެވެ. މި ޓްރީޓްމަންޓަކީ މުޅިއަކުން ކާމިޔާބު ނުވެދާނެ ޓްރީޓްމަންޓެއްކަން އެނގިތިބެ، ދަރިއަކު ހޯދުމުގެ އުންމީދުގައި ހާހުން ޚަރަދުކުރެއެވެ. އެތައް ގުރުބާނީތަކެއްވެ، އާއިލާއާއި، ރައްޓެހިންނާ ދުރުގައި އެތައް އަހަރެއް ހޭދަކުރަންޖެހެއެވެ. ވަޒީފާއިން ނޯ ޕޭ ލީވް ނަގައި ނުވަތަ ވަޒީފާއިން ވަކިވެގެން ސީދާ މިކަމަށް ހުސްވާންޖެހެއެވެ.

ދަރިއަކު ހޯދުމަށް މައިންބަފައިން މިހާ ބޮޑެތި ގުުރުބާނީތަކެއް ވާއިރު، މި މުއްދަތުގައި އެމީހުން ކުރާނެ އިހުސާސްތަކަކީ އެކަން ތަޖުރިބާ ކުރި މީހަކަށް ނޫނީ އެނގޭނެ ކަންކަމެއް ނޫނެވެ. ދަރިމައިވުމަށް އިންޑިއާއިން އައިވީއެފް ޓްރީޓްމަންޓް ނެގި ޒުވާނަކު ވަނީ އޭނާއަށް ކުރެވުނު ތަޖުރިބާތައް ރާއްޖެއެމްވީއާ ހިއްސާކޮށްފައެވެ.

އައިވީއެފް ޓްރީޓްމަންޓް ނެގުމަށް އެ ދެމަފިރިން ވަނީ ދޮޅު އަހަރުވަންދެން އިންޑިއާގައި މަޑުކޮށްފައެވެ. ދެމަފިރިންގެ ހުރި މައްސަލަތައް ބަލައި ޓްރީޓްމަންޓް ފެށީކަމަށް އޭނާ ކިޔައިދިނެވެ. ދެ ހަފްތާ ވަންދެން ކޮންމެ ދުވަހަކު އިންޖެކްޝަން ޖަހަމުންދިޔައެވެ. މިއިން ކޮންމެ އިންޖެކްޝަނެއްގެ ސަބަބުން ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނަމަވެސް އެންމެ ހިނދުކޮޅަކަށްވެސް އުންމީދު ކަނޑައެއް ނުލައެވެ. އަދި ޓްރާންސްފަރ ކޮށް ބަނޑުބޮޑުވުމާ ހަމައަށްވެސް އެތައް ކަމެއް ތަޖުރިބާކުރަންޖެހުނު ނަމަވެސް އުންމީދު ދޫނުކޮށްލާ ކަމަށް އޭނާ ކިޔައިދިނެވެ.

މާތް ﷲ ގެ ރަހުމަތުން އައިވީއެފް ޓްރީޓްމަންޓުން އޭނާ ބަނޑުބޮޑުވިއެވެ. އެހެންނަމަވެސް މާބަނޑު ދުވަސްވަރުވެސް އެތައް ކަމެއް ތަޖުރިބާކުރަންޖެހުނެވެ. އޭނާ ކިޔައިދިން ގޮތުގައި މާބަނޑު ދުވަސްވަރު 99 އިންސައްތަ ބްލީޑްވިއެވެ. ހޮސްޕިޓަލުގައި އެތައް ދުވަހެއް ހޭދަކުރަންޖެހުނެވެ. އާންމުކޮށް މާބަނޑުމީހުންނަށް އެކްޓިވްކޮށް އުޅުމަށް ހުއްދަ ލިބުނު ނަމަވެސް އޭނާ އޮންނަންޖެހުނީ ބެޑް ރެސްޓުގައެވެ.

އޭނާގެ މާބަނޑު ދުވަސްވަރު ހޭދަކުރަންޖެހުނީ އާއިލާއާ ދުރުގައި އަވައްޓެރި ގައުމެއްގައެވެ. ފިރިމީހާވެސް ދޭތެރެ ދޭތެރެއިން ރާއްޖެ އަންނަންޖެހުނު ކަމަށާއި، އާއިލާގެ މީހުން ކައިރީގައި ނެތުމުން އެކަނިވެ، ބޭކާރު ވިސްނުންތަކާއެކު އިތުރަށް މީހާއަށް ހިތްދަތިކަމާއި ކުރިމަތިލާން ޖެހުނެވެ. އަދި ޓްރީޓްމަންޓްފަހު ވާނެ ގޮތަކާއި މެދު ވަރަށް ވިސްނުނު ކަމަށާއި، ރަނގަޅަށް ނުގޮސްދާނެތީ ކަންބޮޑުވި ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ޓްރީޓްމަންޓް ކާމިޔާބުވެ، އެއްމާބަނޑު ދެކުދިން ލިބުމުން އެ ހުރިހާ ހިތްދަތިކަމެއް ފިލައިދިޔައެވެ. އެ ދެމަފިރިންގެ ދިރިއުޅުމަށް އުފާވެރިކަން ގެނުވިއެވެ.

މުޅި މި ޕްރޮސީޖަރއަކީ އެއްވެސް ގައުމެއްގައި އަގުހެޔޮ ޕްރޮސީޖަރއެެއް ނޫނެވެ. ވިހެއުމާ ހަމައަށް 231،000ށް ވުރެ ފައިސާ (15،000 އަށްވުރެ ގިނަ ޑޮލަރު) ހޭދަކުރި ކަމަށް އޭނާ ކިޔައިދިނެވެ.

މިއީ މިފަދަ އެންމެ މަންމައެއްގެ ވާހަކައެވެ. މިކަމުގައި އެތައް އަހަރެއް ހޭދަކުރާ މީހުންވެސް މަދެއް ނޫނެވެ. ފުރަތަމަ ފަހަރުން ބަނޑުބޮޑުނުވެ، ދެވަނަ ފަހަރަށްވެސް މަސައްކަތްކުރެވެއެވެ. މިގޮތަށް އެތައް ފަހަރަކު މަސައްކަތްކުރެއެވެ. މުޅި އުމުރު ދުވަހު މަސައްކަތްކޮށްގެން ރައްކާކޮށްފައިވާ ފައިސާކޮޅު މިކަމަށް ހޭދަކުރެއެވެ.

ކުރަންޖެހޭ ޚަރަދުގެ ސަބަބުން ޚިދުމަތް ނުހޯދި އެތައް ބަޔަކު އަދިވެސް ރާއްޖޭގައި އެބަ ތިއްބެވެ. ނަމަވެސް މިއަދު މިވަނީ ގިނަ ބަޔަކަށް އުންމީދު ގެނުވާފައެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި މި ޚިދުމަތް މިހާރު ވަނީ ފަށާފައެވެ. އަމިއްލަ ގައުމުގައި ތިބެގެން އައިވީއެފް ޓްރީޓްމަންޓް ނެގުމުގެ ފަސޭހަ މިވަނީ ލިބިފައެވެ. ދާ ޚަރަދަށް ބެލި ކަމުގައިވީނަމަވެސް އެތައް ގޮތަކުން ލުއިވެއެވެ. އާއިލާއާއި ރައްޓެހިންނާ ގާތުގައި ތިބެގެން މި ޚިދުމަތް ހޯދޭނެ މަގު ފަހިވުމަކީ ގިނަ ބަޔަކަށް އެކަމުގެ ހިތްހަމަޖެހުން ގެނުވާނެ ކަމެކެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން މި ޚިދުމަތަށް ނަގަނީ 46،000 ރުފިޔާއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ގައި އާއިލާއެއްގެ ހުވަފެން ދެކެމުން އަންނަ ދެމަފިރިންގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެހީތެރިވެދޭނެ ތަޖުރިބާކާރު ހުނަރުވެރި، އޯގާތެރި ސްޕެޝިއަލިިސްޓުން ތިއްބަވާނެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލްގެ ތަޖުރިބާކާރު ޑރ. ޒަކިޔާ އަކީ ދަރިމައިވުމުގެ ދާއިރާއިން ވަރަށް ތަޖުރިބާކާރު ޑޮކްޓަރެކެވެ. ޑރ ޒާކިޔާގެ މަގްސަދަކީ ދަރިމައިވުމުގެ މައްސަލަތަކުގެ ފަރުވާތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައިދެއްވުމެވެ. އެގޮތުން މި ޚިދުމަތްތައް ކޮންމެ މީހަކަށް އެމީހާކާއި އެންމެ އެކަށޭނެ ގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފޯރުކޮށްދެވޭނެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ރާއްޖޭގެ އެންމެ ފުރަތަމަ ފާރޓިލިޓީ ސެންޓަރ ގެ އަމަލީ މަސައްކަތްތައް މިހާރު ފަށާފައިވާއިރު، މި ސެންޓަރ މެދުވެރިކޮށް އައި.ޔޫ.އައި އަދި އައި.ވީ.އެފްގެ ޚިދުމަތްތައް ލިބޭނެއެވެ.

މިއީ މުޅި ސިއްހީ ދާއިރާއަށް ލިބުނު ކުރިއެރުމަކަށްވާއިރު، ލައްކައިން ފައިސާ ހަރަދުކޮށް، އާއިލާއާ ދުރުގައި ހޭދަކުރަން މަޖުބޫރު ކުރުވި ދުވަސް މާޒީގެ ތެރެއަށް މިވަނީ ގޮސްފައެވެ. މިއީ ގިނަ ބައެއްގެ ހިތަށް ގެނުވި ތަސައްލީއެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
31%
0%
23%
0%
8%
38%
ކޮމެންޓް