Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެފްއޭއެމް

ފުލުހުން އެފްއޭއެމަށް، ފީފާއިން ސަސްޕެންޑްކޮށްފާނެތަ؟

އެންމެ ބޮޑު މައްސަލައަކަށްވާނީ ތިން ވަނަ ފަރާތަކުން އެފްއޭއެމް ހިންގަން ފެށުން

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2023 | ހޯމަ 04:33
އެފްއޭއެމް ބޭރުގައި ފުލުހުން އިއްޔެ ފޯރިމަރަނީ

އެފްއޭއެމް ބޭރުގައި ފުލުހުން އިއްޔެ ފޯރިމަރަނީ

މަނީލޯންޑަރިން މައްސަލާގައި ފުލުހުން ވަނީ އިއްޔެ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ވަދެފަ އެވެ. މިއާއެކު މީގެ ކުރިންނާއި މިހާރު ވެސް ދެކެވޭ ވާހަކަ އަކީ ފީފާއިން ރާއްޖެ ސަސްޕެންޑްކޮށްފާނެ ވާހަކަ އެވެ. ސުވާލަކީ މިއީ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމެއް ހެއްޔެވެ؟

ފީފާއިން މިހާތަނަށް ދުވަހަކު ވެސް ރާއްޖެ ސަސްޕެންޑެއް ނުކުރެ އެވެ. އެކަމަކު ދެ ފަހަރެއްގެ މަތީން އިންތިގާލީ މަރުހަލާއަށް އެފްއޭއެމް ދިޔަ އެވެ. ފުރަތަމަ 2008ގަ އެވެ. އޭގެ ފަހުން 2015ގަ އެވެ. 2008ގައި އިންތިގާލީ މަރުހަލާއަކަށް ދިޔައީ އެފްއޭއެމްގެ އިންތިހާބު މުޅިން އަލަށް ބޭއްވުމަށެވެ. 2013ގައި އެއިރުގެ ރައީސް އިލްހާމް އަހުމަދުގެ ދައުރު ނިމުމަކަށް ގެނައުމަށްފަހު އައު އިންތިހާބެއް ބޭއްވުމަށެވެ.

ފީފާއިން ގައުމެށް ސަސްޕެންޑްކުރާނެ ހާލަތުތަކެއް އަންނާނެ އެވެ. އެންމެ ބޮޑު މައްސަލައަކަށްވާނީ ތިން ވަނަ ފަރާތަކުން އެފްއޭއެމް ހިންގަން ފެށުމެވެ. ނުވަތަ ތިން ވަނަ ފަރާތެއްގެ ނުފޫޒުން ފުޓްބޯޅައިގެ ގޮތް ނިންމުމެވެ. މި ގޮތުން ބަލާއިރު ފުލުހުން އެފްއޭއެމަށްވަނުމަކީ ތަނުގެ ހިންގުން ހުއްޓޭކަމެއްނޫނެވެ. އެއްވެސް މީހެއްގެ ވާޖިބު އަދާކުރުމަށް ހުރަހެއްނެތެވެ. މުބާރާތެއްގެ ގަވާއިދެއް ބަދަލެއްނުވެ އެވެ. މުބާރާތެއް ނުހުއްޓެއެވެ. ވަކި މީހަކު ވަޒީފާއިން ވަކިނުވެ އެވެ. އަދި އަލަށް ބަޔަކު ހަވާލެއްވެސްނުވެ އެވެ. ވަކިކަމެއް ކޮށްފައި ނުކުރުމަށް މަޖުބޫރު ކަމެއްވެސް ނެތެވެ.

އެންމެ ފަހުން ފީފާއިން ސަސްޕެންޑްކުރި އެސޯސިއޭޝަންތަކާ މެދު ފިޔަވަޅު އެޅީ ކީއްވެ ހެއްޔެވެ؟ ޕާކިސްތާން އެފްއޭ ސަސްޕެންޑްކުރީ ގްރޫޕަކުން ވަދެ ތަން ހިސާރުކޮށް، ބައެއް މީހުންގެ މަގާމު ގެއްލުވާލައި އަމިއްލައަށް ކަންކަންކުރަން ފެށުމުންނެވެ. ސްރީލަންކާ ސަސްޕެންޑްކުރީ ގަވާއިދާ ހިލާފަށް ބޭއްވި އިންތިހާބެއްގެ މައްސަލާގައި އުފެދުނު ހިޔާލުތަފާތުވުންތަކާހެދި އެވެ. އިންޑިޔާ ސަސްޕެންޑްކުރީ އެގައުމުގެ ސްޕްރީމް ކޯޓުގެ އަމުރަކާ ގުޅިގެންނެވެ. ރާއްޖޭގައި އަދި މިފަދަ ހާލަތެއްނެތެވެ. މިހެންވެ ފުލުހުން ތަހުގީގަކަށް ވަނުމަކުން ރާއްޖެ ސަސްޕެންޑެއްނުވާނެ އެވެ. ސަބަބަކީ ފުލުހުން ވަނީ އެފްއޭއެމުގެ އިސްވެރިންނަށް ކުރެވޭ ޖިނާއީ ތަހުގީގުގެ ބޭނުމަށް ކަމަށްވާތީ އެވެ.

މިކަމަށް ހެކިދެނީ ފީފާގެ އިސްވެރިންނާ ދެކޮޅަށް ސްވިޒަލޭންޑްގެ ފުލުހުންނާއި އެމެރިކާގެ އެފްބީއައިއިން ހިންގި ތަހުގީގުތަކުންނެވެ. ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް 2018 އަދި 2022ގެ ބިޑް ކާމިޔާބުކުރަން މަކަރާއި ހީލަތް ހެދިކަން ދެ ފަރާތަކުން ތަހުގީގުކުރި އެވެ. އެއީ ސްވިޑަލޭންޑްގެ ޕްރޮސެކިއުޓަ ޖެނެރަލާ އެމެރިކާގެ އެފްބީއައިއިންނެވެ. ޝައްކުކުރީ ފީފާގެ އެއިރުގެ ރައީސް ސެޕް ބްލެޓާ އަށާއި އެޖަމާއަތުގެ އިސްވެރިންނަށެވެ.  

ފީފާގެ ލިޔެކިއުންތައް ޕްރޮސެކިއުޓަރުންގެ ބާރުގެ ދަށަށް ގެނެސް، ކަމުގެ އެންމެ އަޑިއަށް ފީނައިގަތުމަށްފަހު ބްލެޓާ އާއި އޭނާގެ ބައިވެރިންނާ ދެކޮޅަށް ދައުވާކުރަން ފެށުމުގެ ކުރިން އެމެރިކާ އާއި ސްވިޒަލޭންޑްގެ އަދި ފްރާންސްގެ ފުލުހުން ކުއްލި އޮޕަރޭޝަނެއް ހިންގި އެވެ. ފީފާގެ އިސްވެރިންގެ އޮފީސްތަކަށްވަދެ އެމީހުން ހައްޔަރުކުރީ ގާނޫނާ ގަވާއިދުތަކާ ހިލާފު އަމަލުތަކެއް ކުރާކަމުގެ ތަހުގީގަށް ބްލެޓާ ހައްޔަރުކުރީ ސްވިޒަލޭންޑްގެ ފުލުހުންނެވެ. ޕްލެޓިނީ ހައްޔަރުކުރީ ފްރާންސްގެ ފުލުހުންނެވެ.

މި މައްސަލަ ބްލެޓާ އާއި ޔޫއޭފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ ފީފާގެ އެތިކްސް ކޮމިޓީގައި އިސްތިއުނާފުކުރި އެވެ. އެކަމަކު ކާމިޔާބުނުވި އެވެ. ރާއްޖޭގައި މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ދެރަކަމަކީ އެތިކްސް ކޮމިޓީއަކީ އެތިކްސް ކޮމިޓީ އަކީ ކޮބާކަމާއި އެކޮމިޓީގެ މެމްބަރުން ވެސް ނޭނގޭތީ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ފީފާބައްސާމް އަދީލް ޖަލީލްކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ބެލެންޑިއޯ އަށް ފަހު، ފީފާ އެވޯޑު ވެސް ޑެމްބެލޭ ހޯދައިފި

ބެލެންޑިއޯ އަށް ފަހު، ފީފާ އެވޯޑު ވެސް ޑެމްބެލޭ ހޯދައިފި

17 ޑިސެމްބަރު 2025
2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

13 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު