Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރިޔާސަތުން ނަޝީދު ވަކިކުރުން، އެމްޑީޕީއަށް މިކަން ކާމިޔާބުކުރެވިދާނެބާ؟!

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހަޅާ އެމައްސަލަ އަނބުރާ ނެގި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2023 | ބުދަ 06:03
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އެމައްސަލަ 29 އޮކްޓޯބަރ ވާ އާދިއްތަ ދުވަހު ބޭއްވުމަށް ވަނީ އެޖެންޑާވެސް ކޮށްފައެވެ. މީގައި ފާހަގަކޮށްލަން ޖެހޭކަމަކީ މިއީ ނަޝީދު މަޖިލީހުގެ ރިޔާސަތުން ވަކިކުރަން އެމްޑީޕީން މަސައްކަތްކުރާ ފުރަތަމަ ފަހަރު ނޫންކަމެވެ. މީގެކުރިންވެސް އެމްޑީޕީން ވަނީ މިމައްސަލަ ކުރިޔަށް ގެންދިޔުމަށް މަސައްކަތްތަކެއްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް އެމްޑީޕީން އޭރު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިއިރު ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރުގެ ނެތްކަމުގެ މައްސަލަވެސް ހުށަހެޅިއެވެ. އެއާއެކު މި ދެމައްސަލަވެސް ކުރިޔަށް ގެންދިޔަ ނުދީ ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ "އިދާރީ މައްސަލަތައް" ނަންގަވާ ހިފަހައްޓަވާފައެވެ. މަޖިލީހުގެ ގަވާއިދުގެ ބޭނުންހިތްޕަވާ ދެ މައްސަލަވެސް ކުރިޔަށް ނުގެންދެވިއެވެ. އެގޮތުގައި އޮވެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމި ސިޔާސީ މަޝްރަހު ބަދަލުވެގެންދިޔައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާއެކު އެމްޑީޕީން ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ނެގިއެވެ. އެމްޑީޕީން އެމައްސަލަ ނެގި ސަބަބެއްކަމަށް ގިނަ ބަޔަކު ބުނަމުންދިޔައީ ދެވަނަ ބުރުގައި ޑިމޮކްރަޓުންގެ ތާއީދު އެމްޑީޕީއަށް ހޯދުމެވެ. ނަމަވެސް ދެވަނަ ބުރު އެމްޑީޕީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީގައި ޑިމޮކްރަޓުންގެ އަތެއް ވާކަމަށް އެމްޑީޕީން ގަބޫލުކުރެއެވެ. އެކަން އިންތިޚާބުގައި ކުރިމަތިވި ނާކާމިޔާބީ އާއެކު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ބަލާލުމުންވެސް އެނގެއެވެ. ކުރިޔަށް އޮތް ފަސް އަހަރު އިދިކޮޅު ޕާޓީގެ ގޮތުގައި ސަރުކާރު ޖަވާބު ދާރީކުރުވުމަށް މިވަގުތަށް އެމްޑީޕީއަށް އޮތް އެންމެ މުހިންމު މަސައްކަތަކީ ރިޔާސަތުގެ ކޮންޓްރޯލް އެމްޑީޕީއަށް ނެގުންކަމަށް އެމްޑީޕީގެ މެމްބަރުން ގައުމީ މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަތުގައި އޮތްނަމަވެސް ރިޔާސަތު މިވަގުތު ކޮންޓްރޯލު ކުރަމުން ގެންދަނީ ޑިމޮކްރަޓުންނެވެ. ރިޔާސަތަކީ މަޖިލީހުގެ އެޖެންޑާ ކަނޑައަޅާ ފަރާތެވެ. އެނޫންވެސް އެތައް ބާރެއް މަޖިލީހުގެ ރައީސަށް ލިބިގެންވެއެވެ. އެހެންކަމުން މަޖިލީހުގެ ރިޔާސަތުގެ ކޮންޓްރޯލް އެމްޑީޕީއަށް ލިބުމަކީ އެޕާޓީއަށް މުހިންމުކަމެކެވެ. އެއާއެކު ދެން ފެނިގެންދިޔައީ ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅިގެންދިޔަތަނެވެ. ކުރީ ފަހަރާ ހިލާފަށް އެއްވެސް "ސިޔާސީ ޑްރާމާ" އެއް އަދި ނުފެނެއެވެ. އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ނަޝީދަށް ފޮނުވާ 14 ދުވަސް ހަމަވުމުން އެމައްސަލަ އެޖެންޑާވެސް ކޮށްފިއެވެ. މަޖިލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ކަންކަން ކުރިޔަށްގެންދިޔުމަށް އާންމު ކޮމިޓީން ވަގުތުވެސް ކަނޑައަޅައިފިއެވެ.

މިއީ ފުރަތަމަ މި މައްސަލަ ހުށަހެޅިއިރު ވީ ކަންކަމެއް ނޫނެވެ. މަޖިލީހުގައި ހިމެނޭ މެމްބަރުން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އައި ގޮތަށް ބަދަލާއެކު ކޮމިޓީތައް އެކުލަވާނުލެވި އޮތުމާއެކު އެމައްސަލަ ކުރިޔަށްގެންދިޔުމަށް ވަގުތު ކަނޑައެޅޭނެ ގޮތެއް އޭރު ނެތެވެ. ނަމަވެސް މިފަހަރު އެހުރިހާ ކަމެއްވެސް ވެއްޖެއެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއެކު ޑިމޮކްރަޓުން ނަޝީދުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެންމެ ބޮޑަށް ދެއްކެވި ވާހަކަފުޅަކީ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް އެއް ދައުރެއްގެ ތެރޭގައި ހުށަހެޅުމުގެ ޖާގަ ނެތްކަމަށެވެ. ފުރަތަމަ މައްސަލަ ހުށަހެޅުމާއެކު އަނބުރާ ނެގީއެވެ. އެހެންކަމުން މިދައުރުގެ ތެރޭގައި ދެވަނަ ފަހަރަށް އެމައްސަލަ ހުށަނޭޅޭނެކަމަށް އަންނަނީ ބުނަމުންނެވެ. ނަމަވެސް މައްސަލަ ހުށަހަޅާ މައްސަލަ އެޖެންޑާވެސް ކޮށްފިއެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މިފަހަރު ހުށަހަޅާފައިވަނީ 49 މެމްބަރުންގެ ސޮޔާއެކުއެވެ. އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގައި 55 މެމްބަރުން ތިއްބަވައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުރި މީހަކު މަގާމުން ވަކިކުރުމުގެ ގަރާރު ފާސްވާނީ އެކަމުގެ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު ހުރިހާ މެމްބަރުން ހާޒިރުވާ ޖަލްސާއެއްގެ އަޣްލަބިއްޔަތަކަށްވާނީ 44 ވޯޓެވެ.

ޑިމޮކްރަޓުން ގަބޫލުކުރާގޮތުގައި ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ފާސްކުރަން އެމްޑީޕީގެ ހުރިހާ މެމްބަރުން ވޯޓެއް ނުދެއްވާނެއެވެ. ނަމަވެސް އެމްޑީޕީ އޮތީ މިމައްސަލައިގައި ދޫދޭގޮތަށް ނޫންކަމަށް އެޕާޓީގެ ޕީޖީ ލީޑަރ މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. ކޮންމެ ގޮތެއްވިއަސް އިދިކޮޅު ޕާޓީގެ ގޮތުގައި އެމްޑީޕީއަށް މަސައްކަތްކުރަން މަޖިލީހުގެ މެޖޯރިޓީ ލިބިފައިއޮވެމެ ރިޔާސަތުގެ ކޮންޓްރޯލު ނެގުމަކީ އެޕާޓީއަށް ވަރަށް މުހިންމު ކަމެކެވެ. އަނެއްކޮޅުން ކުރިޔަށް އޮތީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. މިހުރިހާ ކަމަކަށް ބަލާއިރު އެމްޑީޕީ ވަރުގަދަ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރަން އެބަޖެހެއެވެ.

އެމްޑީޕީދަ ޑިމޮކްރެޓްސްމަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު