Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވުން

މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވުން - ހާދިސާ ފުރިހަމައަށް ތަހުގީގުކުރުމަށް އެޗްއާރްސީއެމުން ގޮވާލައިފި

22 އޮކްޓޯބަރު 2023 | އާދީއްތަ 13:15

މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވާފައިވަނީ ހޮނިހިރު ދުވަހު ހަވީރުގެ ވަގުތެއްގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 އޮކްޓޯބަރު 2023 | އާދީއްތަ 13:15
މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވުން

މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވުން

މަކުނުދޫގައި ގޭސްފުޅި ގޮވި ހާދިސާ ފުރިހަމައަށް ތަހުގީގުކުރުމަށް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ގޮވާލައިފިއެވެ.

ހދ. މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވާފައިވަނީ ހޮނިހިރު ދުވަހު ހަވީރުގެ ވަގުތެއްގައެވެ.

އެ ހާދިސާގައި ދެ ބިދޭސީން ވަނީ މަރުވެފައެވެ. ފުލުހުންގެ ފޮރެންސިކް ޓީމަކުން ވަނީ އެ މައްސަލަ ތަހުގީގުކުރަން ފަށާފައެވެ. އަދި އެމްއެންޑީއެފުން ވެސް ވަނީ އެ މައްސަލަ ތަހުގީގުކުރާކަން ހާމަކޮށްފައެވެ.

މިހާތަނަށް ބެލި ބެލުމުން އެނގޭގޮތުގައި، ހާދިސާ ހިނގަން މެދުވެރިވީ މަކުނުދޫ މަސް މާރުކޭޓް ކައިރީގައި އޮތް ގޭސް ސިލިންޑަރެއް ގޮވުމުގޭ ސަބަބުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި މަރުވެފައިވަނީ މަކުނުދޫ އެއަރޕޯޓް ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ދެ މުވައްޒަފުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެޗްއާރްސީއެމުން ވަނީ މަރުވި މީހުންގެ އާއިލާއަށާއި ރަހުމަތްތެރިންނަށް ތައުޒިޔާ ފޮނުވައި، އެ ފަރާތްތަކުގެ ހިތާމައިގައި ބައިވެރިވާކަން ހާމަކޮށްފައެވެ.

އެ އިދާރާއިން ވަނީ މި މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށްވެސް ގޮވާލާފައެވެ. އަދި މަރުވި މީހުންގެ އާއިލާއަށް ބަދަލު ދިނުމުގެ އިތުރުން، މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ގޮވާލާފައެވެ. އަދި މިފަދަ ހާދިސާއެއް މުސްތަގުބަލުގައި ނުހިނގާނެކަން ކަށަވަރުކުރުމަށްޓަކައި އެޅެން ހުރި ފިޔަވަޅުތައް އެޅުމަށްވެސް އެ އިދާރާއިން ވަނީ ގޮވާލާފައެވެ.

އެ އިދާރާއިން ވަނީ މަޖިލީހުގައި މިހާރު އޮތް މަސައްކަތްތެރިންގެ ރައްކާތެރިކަމާ ގުޅުންހުރި ބިލުގެ މަސައްކަތް އަވަސްކުރުމަށް ވެސް ގޮވާލާފައެެވެ.

ހޮނިހިރު ދުވަހު ހިނގި މި ހާދިސާއަށްފަހު "އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ބިލް" ނުވަތަ "މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާބެހޭ" ބިލުގެ މަސައްކަތް އަވަސް ކުރުމަށް ގިނަ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ނުރައްކާތަކާއި ގެއްލުންތަކުން ރައްކާތެރިކަން ފޯރުކޮށްދޭން ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް އެ ބިލުގެ ސަބަބުން މަގު ފަހިވެގެންދާނެއެވެ.

އެ ބިލުގައި، މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ނުރައްކާތަކާއި ގެއްލުންތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމާގުޅޭ ގައުމީ ސިޔާސަތު އެކުލަވާލުމުގެ އިތުރުން، މަސައްކަތްތެރިންގެ ސިއްހީ ދުޅަހެޔޮކަމާއި ސަލާމަތާ ގުޅޭގޮތުން ނިންމާ ނިންމުންތަކާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ބަސްބުނުމުގެ ހައްގު މަސައްކަތްތެރިންނަށް ލިއްބައިދޭނެއެވެ.

ހަމައެހެންމެ މަސައްކަތުގެ މާހައުލުން މަސައްކަތްތެރިންނަށް ސިއްހީ ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބިއްޖެނަމަ އަމަލުކުރާނެ އިޖުރާއަތުތައް، ތަރައްގީވެފައިވާ މުޖުތަމައުތަކުގައި އަމަލުކުރަމުންދާ ގާނޫނީ އުސޫލުތަކާ އެއްހަމައެއްގައި ކަނޑައެޅުމަށްވެސް މަގުފަހިވެގެންދާނެއެވެ.

އިތުރަށް ކިޔާލަން

25 ޖޫން 2017

ހެންވޭރުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން 10 މިނެޓް ތެރޭ އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

25 ޖޫން 2017
ހެންވޭރުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން 10 މިނެޓް ތެރޭ އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
20 ޖޫން 2017

މާފަންނު ގެއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

20 ޖޫން 2017
މާފަންނު ގެއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
16 ޖޫން 2017

ސަމާ އައިލެންޑް ހާދިސާގައި އެކްސިޑެންޓްވި ދޯނީގެ ކައްޕީގެ ބަންދަށް އަނެއްކާ ވެސް 10 ދުވަސް ޖަހައި، ފަޅުވެރިން ޑީޕޯޓްކޮށްލަނީ!

16 ޖޫން 2017
ސަމާ އައިލެންޑް ހާދިސާގައި އެކްސިޑެންޓްވި ދޯނީގެ ކައްޕީގެ ބަންދަށް އަނެއްކާ ވެސް 10 ދުވަސް ޖަހައި، ފަޅުވެރިން ޑީޕޯޓްކޮށްލަނީ!
10 ޖޫން 2017

ޓްރެފިކަށް ލުޔެއް ދިނުމުގެ ގޮތުން ފެނާއި ގޭސް ޑެލިވަރީ ކުރާ ގަޑިތަކަށް ބަދަލު ގެނެސްފި

10 ޖޫން 2017
ޓްރެފިކަށް ލުޔެއް ދިނުމުގެ ގޮތުން ފެނާއި ގޭސް ޑެލިވަރީ ކުރާ ގަޑިތަކަށް ބަދަލު ގެނެސްފި
26 މެއި 2017

ރޯދަމަހު މޯލްޑިވް ގޭސް ވިއްކާނި ގަޑިތައް ކަނޑައަޅައިފި

26 މެއި 2017
ރޯދަމަހު މޯލްޑިވް ގޭސް ވިއްކާނި ގަޑިތައް ކަނޑައަޅައިފި
22 އެޕްރީލު 2017

އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

22 އެޕްރީލު 2017
އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
22 އެޕްރީލު 2017

ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި

22 އެޕްރީލު 2017
ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި
03 އެޕްރީލު 2017

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

03 އެޕްރީލު 2017
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި
18 މާރިޗު 2017

ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ

18 މާރިޗު 2017
ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ
21 ޖެނުއަރީ 2017

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް