Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔުމްނު ވެއްޓުނު ހާދިސާ

ޔުމްނު ވެއްޓުނު ހާދިސާގައި ޕްރެޝަރު ބޮޑުވެގެން އެންމެ ފަހުން އެެޗްއާރުސީއެމްއިން ހޭލައިގެން ބަޔާނެއް ނެރެފި

މައްސަލައިގައި އަނިޔާވި ފަރާތް އެންމެ ފަހުން ފެނިފައިވާ އިމާރާތާއި އިމާރާތުގެ ބޭރު ފެންނަ ސީ.ސީ.ޓީ.ވީ ފެޓޭޖް އެކަނި ދައްކާފައިވުމަކީ ކަންބޮޑުވާކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 އެޕްރީލު 2025 | ބުރާސްފަތި 13:24
ފުލުހުން އާއްމު ކުރި ސީސީޓީވީ ފުޓޭޖުން ފެންނަ ރައުދު އަހުމަދު ޒިލާލު ޔުމްނު ވެއްޓުނު ކަމަށް ބުނާ ފެންލައިޓުން ބަލަހައްޓައިގެން

ފުލުހުން އާއްމު ކުރި ސީސީޓީވީ ފުޓޭޖުން ފެންނަ ރައުދު އަހުމަދު ޒިލާލު ޔުމްނު ވެއްޓުނު ކަމަށް ބުނާ ފެންލައިޓުން ބަލަހައްޓައިގެން

ސަރުކާރުގެ ސިޔާސީ ފަރާތްތަކާއި ގުޅުން އޮތް ބަޔަކު ހިމެނޭ މައްސަލައަކަށްވާތީ ހަނު ތިނުމަށްފަހު، ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ޕްރެޝަރު ބޮޑުވެގެން އެންމެ ފަހުން އެެޗްއާރުސީއެމްއިން ހޭލައިގެން ބަޔާނެއް ނެރެފި އެވެ.

އެ ހާދިސާއަށް ހަފްތާއެއްވެފައިވަނިކޮށް އެޗްއާރުސީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް 21 އަހަރުގެ އަންހެނެއް ވެއްޓިފައިއޮއްވާ ފެނިފައިވާ ހާދިސާއާ ގުޅިގެން އިދާރާތަކުން އަމަލުކުރަމުންދާ ގޮތް އެ ކޮމިޝަނުން ތަޙްޤީގުކުރަމުންދާ ކަމަށެވެ. މި ހާދިސާ ތަހްގީގުކުރުމުގައި ފުލުހުންގެ އިހުމާލުތަކެއްވާ ކަމަށް ބުނެ އަދި މި މައްސަލައިގައި ޝާމިލްވާ ފަރާތްތަކަކީ ދައުލަތުގެ އިސް ފަރާތްތަކާ ގުޅުންހުރި ފަރާތްތަކެއް ކަމަށް ތުހުމަތުކޮށް މި މައްސަލައިގެ ތަހްގީގަށް ނުފޫޒު ފޯރުވަމުން ދާކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް އާންމުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ވާތީ މި މައްސަލަ އެ ކޮމިޝަނުން ތަހްގީގުކުރުމުގައި މިކަންކަމަށް ރިއާޔަތްކުރާނެކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

Advertisement - newsAdvertisement

އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވަނީ މި ކަންކަން ކޮމިޝަންގެ ސަމާލުކަމަށް އައުމާ ހިސާބުން އެ ކޮމިޝަނުން ވަނީ އަނިޔާވެފައިވާ ފަރާތުގެ އާއިލާގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކޮށްފައެވެ. އެގޮތުން، އާއިލާގެ ފަރާތުން މައުލޫމާތު ލިބިފައި ވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އަދި އާއިލާގެ ފަރާތުން ފުލުހުންނާއި އެހެނިހެން އިދާރާތަކުގެ މަސައްކަތްތަކާމެދުވެސް ކަންބޮޑުވުން ހިއްސާކޮށްފައިވާކަމަށް ބުނެފައިވެއެވެ.

ޖިނާއީ ތަހުޤީގެއްގެ އިނީޝިއަލް ސްޓޭޖެއްގައި އަދި ވަށައިގެންވާ ހުރިހާ ހެކިތައް ދެނެގަނެ، އެ ހެކިތައް ހޯދުމަށް މަސައްކަތް ކުރަމުންދާ މަރުހަލާގައި ލިބިފައިވާ ވަކި ހެކިތަކެއް އެކަނި އާންމުކުރުމަކީ ތަޙްޤީގަށް އަސަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމެއް ކަމަށް ބުނެފައިވެއެވެ. އެގޮތުން، 2025 އެޕްރިލް 22 ވަނަ ދުވަހާއި 24 ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައްސަލައިގައި އަނިޔާވި ފަރާތް އެންމެ ފަހުން ފެނިފައިވާ އިމާރާތާއި އިމާރާތުގެ ބޭރު ފެންނަ ސީ.ސީ.ޓީ.ވީ ފެޓޭޖް އެކަނި ދައްކާފައިވުމަކީ އެ ކޮމިޝަނުން ކަންބޮޑުވާކަމެއް ކަމަށް ބުނެފައިވެއެވެ. އަދި މީގެ ސަބަބުން، އެ ވީޑިއޯގައި ފެނިގެންދިޔަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން އައިސްފައިވުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، 2025 އެޕްރިލް 22 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މި ހާދިސާގައި އަނިޔާވި ފަރާތް ފިޔަވައި މައްސަލައާ ގުޅުންހުރި އެހެން ފަރާތްތަކުގެ ނަމާއި މައުލޫމާތު ހާމަކޮށްފައިނުވާއިރު، ހަމައެކަނި މި ހާދިސާގައި އަނިޔާވި ފަރާތުގެ މަޢުލޫމާތު ހާމަކޮށްފައިވުމަކީ، އަނިޔާވި ފަރާތާއި ހާދިސާގައި ހިމެނޭ އެހެން ފަރާތްތައް ތަފާތުކުރުން ކަމުގައި ބެލެވޭތީ މިއީވެސް ކަންބޮޑުވާ ކަމެއްގެ ގޮތުގައި އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މީގެ ސަބަބުން އަނިޔާވެފައިވާ ފަރާތް އިތުރަށް ވިވްޓިމައިޒްވެގެން ގޮސްފައިވާތީ ވެސް އެޗްއާރުސީއެމްއިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ވަށައިގެންވާ ހުރިހާ ހެކިތަކަށް ރިއާޔަތްކޮށް ހާދިސާ ހިނގައިދިއަ ގޮތްކަމުގައި ވަކި ގޮތެއް ކަނޑައެޅޭނެ މަރުހަލާއަކަށް ފުލުހުންގެ ތަހުގީގު ގޮސްފައި ނުވަނީސް، ހާދިސާ ހިނގައިދިއަގޮތް ކަމަށް ދޭހަވާނެފަދަ ގޮތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނޫސްވެރިންނާ މައުލޫމާތު ހިއްސާކޮށްފައިވާތީ ވެސް އެޗްއާރުސީއެމް އިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި މިއީ ފުލުހުންނާމެދު އާންމުންގެ އިތުބާރު ގެއްލި ތަހްގީގުގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދޭނެ ކަމެއް ކަމަށް ބުނެފައިވެއެވެ.

އެއްވެސް ފަރާތެއްގެ ނުފޫޒުން އެއްކިބާވެތިބެ، ވަށާޖެހޭ، ފުރިހަމަ އަދި ނަޒާހާތްތެރި ތަހްގީގެއް ހިންގުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ކޮމިޝަނުން ގޮވާލާފައިވެއެވެ. އަދި ފުލުހުންގެ ތަހްގީގް ކުރިއަށް ދާ ގޮތް އެ ކޮމިޝަނުން މޮނިޓަރ ކުރަމުން ގެންދާނެކަމަށް ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިސްބަތުން ރަށްރަށުގައި ޖީއެސްޓީ ބޮޑުކޮށް ނަގާއިރު އަސާސީ ޚިދުމަތްތަކުގެ އަގު މާލެއަށް ވުރެ ބޮޑުވެގެން ނުވާނެ: ރޮޒައިނާ

ނިސްބަތުން ރަށްރަށުގައި ޖީއެސްޓީ ބޮޑުކޮށް ނަގާއިރު އަސާސީ ޚިދުމަތްތަކުގެ އަގު މާލެއަށް ވުރެ ބޮޑުވެގެން ނުވާނެ: ރޮޒައިނާ

25 ސެޕްޓެމްބަރު 2017
އަލިފާނުގެ ހާދިސާގައި އެޑްމިޓްކުރި މީހާ އިތުރު ފަރުވާއަށް ބޭރަށް!

އަލިފާނުގެ ހާދިސާގައި އެޑްމިޓްކުރި މީހާ އިތުރު ފަރުވާއަށް ބޭރަށް!

09 އޯގަސްޓު 2017
އެމްއެމްއޭގެ ހިތްވަރު ގަދަ ޒުވާނަކު މޫދަށް ވެއްޓުނު ކުޑަކުއްޖަކު ސަލާމަތް ކޮށްފި!

އެމްއެމްއޭގެ ހިތްވަރު ގަދަ ޒުވާނަކު މޫދަށް ވެއްޓުނު ކުޑަކުއްޖަކު ސަލާމަތް ކޮށްފި!

05 އޯގަސްޓު 2017
ބިއްލޫރި މޭޒެއްގެ މައްޗަށް ވެއްޓުނު ޒުވާނާ ހޮސްޕިޓަލުން ދޫކޮށްލައިފި

ބިއްލޫރި މޭޒެއްގެ މައްޗަށް ވެއްޓުނު ޒުވާނާ ހޮސްޕިޓަލުން ދޫކޮށްލައިފި

05 އޯގަސްޓު 2017
އަދީބުގެ ލޯ ވަނީ އިންފެކްޓް ވެފައި، ލޮލުގެ ޕްރެޝަރު ވެސް މަތިވެއްޖެ: ވަކީލް

އަދީބުގެ ލޯ ވަނީ އިންފެކްޓް ވެފައި، ލޮލުގެ ޕްރެޝަރު ވެސް މަތިވެއްޖެ: ވަކީލް

08 ޖުލައި 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު