Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނުގެ ހާލަތު

އިންޑިޔާއިން ފަލަސްތީނަށް 38.5 ޓަނުގެ އެހީ ފޮނުވައިފި

22 އޮކްޓޯބަރު 2023 | އާދީއްތަ 06:17

އިންޑިޔާއިން ފަލަސްތީނަށް ފޮނުވީ 6.5 ޓަނުގެ ބޭހާއި އަދި ކާރިސާތަކަށް ބޭނުންވާ 32 ޓަނުގެ އެހީ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 22 އޮކްޓޯބަރު 2023 | އާދީއްތަ 06:17
އިންޑިޔާ އިން ޣައްޒާ އަށް އެހީ ފޮނުވުން

އިންޑިޔާ އިން ޣައްޒާ އަށް އެހީ ފޮނުވުން

އިންޑިޔާ އިން ފަލަސްތީނުގެ ރައްޔިތުންނަށް 38.5 ޓަނުގެ އިންސާނީ އެހީ ފޮނުވައިފި އެވެ.

މިކަން ރިޕޯޓު ކުރައްވަމުން އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިޔާއިން ފަލަސްތީނަށް ފޮނުވީ 6.5 ޓަނުގެ ބޭހާއި އަދި ކާރިސާތަކަށް ބޭނުންވާ 32 ޓަނުގެ އެހީ ކަމަށެވެ.

މި އެހީގެ ތެރޭގައި ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ބޭހާއި، ސާޖިކަލް ސާމާނާއި، ޓެންޓާއި، ޓާޕަލިން، ސެނިޓަރީ ޔުޓިލިޓީސް އަދި ފެން ސާފުކުރާ ޓެބްލެޓް ފަދަ ތަކެތި ހިމެނެ އެވެ.

އަރިންދަމް ވިދާޅުވި ގޮތުގައި އިންޑިޔާގެ އެހީ ހިފައިގެން ދާ އިންޑިއާގެ އަސްކަރީ ވައިގެ އުޅަނދު ޣައްޒާގެ އެހީއާ އެކީ މިހާރު ދަތުރު ކުރަނީ މިސްރުގެ އަލް އަރިޝް އެއާޕޯޓަށް ކަމަށެވެ. އަދި ޣައްޒާއަށް އެ އެހީތައް ފޯރުކޮށްދިނުމަށް ބޭނުންކުރާނީ ޣައްޒާ އަދި މިސްރުގެ ރަފާހް ބޯޑަރު ކަމަށް ވެސް އަރިންދަމްގެ ޓްވީޓުގައި ވިދާޅުވި އެވެ.

ޔަހޫދީ އިސްރާއީލުގެ ޒަޔަނިސްޓުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތަކުގައި، ރޭގައި ދިން ހަމަލާތަކުގައި އެކަނިވެސް 9 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. އެގޮތުން އަލްޖަޒީރާގައި ބުނެފައިވަނީ އިސްރާއީލުން ރޭގެ އެކި ވަގުތުތަކުގައި ޣައްޒާއަށް ބޮން އެޅި ތަންތަނުގެ ތެރޭގައި ޝޮޕިން ޕްލާޒާއެއް ހިމެނޭ ކަމަށެވެ. މި ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު އިތުރުވެދާނެކަމަށް ބެލެވެއެވެ.

އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން 1 މިލިއަނަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުންގެ ގެދޮރު ގެއްލި، 4،400 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލައިފައި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 މެއި 2017

ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ

23 މެއި 2017
ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
05 އެޕްރީލު 2017

އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި

05 އެޕްރީލު 2017
އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި
28 މާރިޗު 2017

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ
13 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
24 ޖެނުއަރީ 2017

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް