Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަލަސްތީން އިސްރާއީލް ހަނގުރާމަ

"އަހަރެންގެ ދަނބިދަރިފުޅު ސަލާމަތްކޮށްދީ، އެމަންޖެގެ ގައިން ލޭތައް އެ ދަނީ ފައިބަމުން..."

އޭނާ ދިރިއުޅެމުން ދިޔަ ގެއަށް ޢަމާޒު ކޮށްގެން އިޒްރޭލުން ދިން ޢުދުވާނީ ޙަމަލާގައި، ހުދާގެ ދަރިފުޅު ވަނީ މި ދުނިޔެ ދޫކޮށްފަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 20 އޮކްޓޯބަރު 2023 | ހުކުރު 09:44
އޮކްޓޯބަރު 7 ވަނަ ދުވަހުން ފަށައިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތަކަކީ ތާރީޚު ނުދެކޭ ފަދަ ވަރުގަދަ ޙަމަލާތެކެއް

އޮކްޓޯބަރު 7 ވަނަ ދުވަހުން ފަށައިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތަކަކީ ތާރީޚު ނުދެކޭ ފަދަ ވަރުގަދަ ޙަމަލާތެކެއް

"އެ މީހުން، އަހަރަމެންގެ ގެތަކުން ނެރެ އެއްލާލީ ވެލިގަނޑުތެރެއަށް، ހިރަފުސްގަނޑުގެ ތެރެއަށް". . . މިއީ 2 ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް ދިގުލައިގެން ގޮސްފައި ވާ އިޒްރޭލުގެ ޢުދުވާންތަކުގައި ގެދޮރު ގެއްލުނު ޣައްޒާގެ ރަށްވެއްސެއްގެ ދުލުން ބޭރުވި ޖުމުލައެކެވެ. އެ ބުނެލި ޖުމުލައިގައި ހުރި އަސަރެއް، މިހެން ލިޔެލާ ބަސްތަކަކުން ބަޔާންކޮށެއް ނުދެވޭނެއެވެ. ޣައްޒާގެ ޚާން ޔޫނިސްގައި އދގެ ރެފިއުޖީ އޭޖެންސީއިން ހިންގާ ސްކޫލެއްގެ ކައިރީގައި އަޅާފައި ވާ ވަޤުތީ ހިޔާވައްސެއްގައި އިން ސަލްވާ އަބޫޠަޔާގެ ވާހަކަތައް އަޑު އަހާލުމަކީ، މިއަދު އަޅުގަނޑުމެންނަށް ލިބިފައި މިއޮތް ޙަޤީޤީ މިނިވަންކަމުގެ އަގު ވަޒަން ކުރުމަށް ލިބިދޭ ފުރުޞަތަކަށްވެސް ވެދާނެއެވެ. 

ސަލްވާ ސިފަ ކުރި ގޮތުގައި، އޭނާ ދިރިއުޅެމުން ދިޔަ ގެޔަކީ، ދިރިއުޅުމަށް ބޭނުން ވާ ހުރިހާ ކަމެއް ފުރިހަމަ ކޮށްފައި ހުރި ގެއެކެވެ. އެތައް އަހަރެއްގެ މަސައްކަތުން ނަގާ ކޮޅަށް ޖެހި ގެ ދޫކޮށް، ވަޤުތީ ހިޔާވައްސެއްގައި މި ވަޤުތު ދިރިއުޅޭން މަޖުބޫރުވެފައި ވާ އިރު، އެތަނުގައި އޭނާ އިންނަން ޖެހޭނީ ކިހާ ދުވަހެއް ވަންދެން ކަމެއްވެސް ބުނާކަށް ނޭނގެއެވެ. އދގެ ސްކޫލުން ބޭރުގައި ވަޤުތީ ޓެންޓެއް ޖަހައިގެން ސަލްވާ ދިރިއުޅެން ފަށާފައި ވަނީ، ސްކޫލު ތެރޭގައި ފޫހަރާލާނެ ހަމަ އެންމެ ތަންފުކެއްވެސް ނެތިގެންނެވެ.

ހުދާ ޢަރަފާތަކީވެސް އިޒްރޭލުގެ ޢުދުވާންތަކުގެ ވޭން ތަޙައްމަލު ކުރަމުން ދާ މަންމައެކެވެ. އޭނާ ދިރިއުޅެމުން ދިޔަ ގެއަށް ޢަމާޒު ކޮށްގެން އިޒްރޭލުން ދިން ޢުދުވާނީ ޙަމަލާގައި، ހުދާގެ ދަރިފުޅު ވަނީ މި ދުނިޔެ ދޫކޮށްފައެވެ. ޚުދު، ހުދާއަށްވެސް ވަނީ އަނިޔާވެފައެވެ.

އިޒްރޭލުގެ ޢުދުވާންތަކާ ހަމައަށް، ހުދާގެ ގެއަކީވެސް ދިރިއުޅުމަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްފައި ހުރި ގެއެއް ކަމަށް އޭނާ ބުންޏެވެ.

45 ކިލޯމީޓަރު ނުވަތަ 25 މޭލު ދިގަށް ދެމިގެން ދާ ޣައްޒާއަކީ ގާތްގަނޑަކަށް 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. 2007 ވަނަ އަހަރު ފަލަސްޠީނުގައި ހިނގި ދާޚިލީ ދެބަސްވުންތަކަކަށް ފަހު ޣައްޒާގެ ކޮންޓްރޯލް ނަގާފައި ވަނީ ހަމާސް ޖަމާޢަތުން ކަމަށް ވާ އިރު، އިޒްރޭލުން ޣައްޒާއަށް ޙަމަލާތައް ދެމުން ދަނީ، ހަމާސް ޖަމާޢަތުން އިޒްރޭލަށް ދިން ޙަމަލާތަކެއްގެ ރައްދުގައި ކަމަށް ބުނަމުންނެވެ. ޙަމަލާތައް ފެށުމާއެކު، އެމީހަކަށް ވީ ގޮތަކުން ފުރާނަ ސަލާމަތް ކުރެވޭތޯ ކޮންމެ މީހަކުވެސް އަވަސްވެގަތެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުން ފަށައިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތަކަކީ ތާރީޚު ނުދެކޭ ފަދަ ވަރުގަދަ ޙަމަލާތެކެކެވެ. މި ފަހަރުގެ ޢުދުވާންތަކުގައި މަރުވި މީހުންގެ ޢަދަދު 4900 އަށް ވުރެ މައްޗަށް އަރާފައި ވާ އިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދިންނެވެ. 

ހުރިހާ ކޮޅަކުން ފިއްތާލާފައި އޮންނަ ޣައްޒާގެ ރަށްވެހިންނަކީ މިދިޔަ 17 ވަރަކަށް އަހަރު ދުވަސްވެސް އިންތިހާ ދަތި ޙާލުގައި ދިރިއުޅެފައިވާ ބައެކެވެ. ޛަރޫރީ އެތައް ޚިދުމަތަކުން މަޙްރޫމު ވެފައި ވަނިކޮށް، އޮކްޓޯބަރު 7 ވަނަ ދުވަހު އިޒްރޭލުން ދޭން ފެށި ޙަމަލާތަކާއެކު، ޣައްޒާއިން ފެނާއި ކަރަންޓުގެ ޚިދުމަތްވެސް އިޒްރޭލުން ވަނީ މެދުކަނޑާލާފައެވެ.

ޖިސްމާނީ އަނިޔާގެ އިތުރުން، ޣައްޒާގެ ރަށްވެހިން ތަޙައްމަލު ކުރަމުން ދާ ނަފްސާނީ އަނިޔާއަކީ، އެނޫން ތަނެއްގައި ތިބި ބަޔަކަށް ކުޑަ ކޮށްވެސް އިޙްސާސް ކޮށްލެވޭނެ ފަދަ ވޭނެއް ނޫނެވެ. ޣައްޒާގެ ރަށްވެހިން، ދިރިއުޅުމުގެ ކޮންމެ ސިކުންތެއްވެސް ގުނަމުން ދަނީ، އަނިޔާވެރިންގެ ޝިކާރައަކަށްވެ، ވޭންދެނިވި ގޮތަކަށް މި ދުނިޔެ އަޅާ ދާން ޖެހިދާނެ ކަމުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ. ހިނދުކޮޅެއްގެ ތެރޭގައި، ލޯބިވާ ޢާއިލާގެ އެންމެހާ މެންބަރުން، ތާ އަބަދުގެ ޢާލަމަށް ދަތުރުކޮށްފާނެ ކަމުގެ ބިރުވެރިކަމުގެ ތެރޭގައެވެ.

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2022

"އަހަރެންގެ ޝައުގުވެރިކަމެއް ނެތް"، ބެންޒެމާ މި ބުނަނީ ފައިނަލްގައި ކުޅެން ބޭނުންނުވާ ވާހަކަ؟

17 ޑިސެމްބަރު 2022
"އަހަރެންގެ ޝައުގުވެރިކަމެއް ނެތް"، ބެންޒެމާ މި ބުނަނީ ފައިނަލްގައި ކުޅެން ބޭނުންނުވާ ވާހަކަ؟
28 ޖޫން 2022

އަފްޣާން ބިންހެލުން: އަހަރެންގެ އާއިލާއިން 11 މެންބަރުން މަރުވި، އަހަރެންނަށް އެހީވެދީ!

28 ޖޫން 2022
އަފްޣާން ބިންހެލުން: އަހަރެންގެ އާއިލާއިން 11 މެންބަރުން މަރުވި، އަހަރެންނަށް އެހީވެދީ!
02 ފެބުރުއަރީ 2020

ހޫބޭ ޕްރޮވިންސްގެ މަންމަ އެއްގެ އާދޭސް "ހެޔޮނުވާނެ އަހަރެންގެ ދަރިފުޅު މިތަނުން ނެރެދީ"

02 ފެބުރުއަރީ 2020
ހޫބޭ ޕްރޮވިންސްގެ މަންމަ އެއްގެ އާދޭސް  "ހެޔޮނުވާނެ އަހަރެންގެ ދަރިފުޅު މިތަނުން ނެރެދީ"
10 ޖޫން 2018

ޓިއަރ ގޭސް ކެނިސްޓަރ ވަދެގެން ދިޔައީ މޫނަށް، އަނގައިންނާއި ނޭފަތުން އަރަމުން ދިޔައީ އޮލަ ދުން!

10 ޖޫން 2018
ޓިއަރ ގޭސް ކެނިސްޓަރ ވަދެގެން ދިޔައީ މޫނަށް، އަނގައިންނާއި ނޭފަތުން އަރަމުން ދިޔައީ އޮލަ ދުން!
13 ޖެނުއަރީ 2018

ތަޅާ އަނގައިން ލަދުން ބޯ ހަލާކު!.

13 ޖެނުއަރީ 2018
ތަޅާ އަނގައިން ލަދުން ބޯ ހަލާކު!.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު