Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ތަޅާ އަނގައިން ލަދުން ބޯ ހަލާކު!.

ބައެއް މީހުންނަކީ ބޮޑެތި ހުކުމްތައް އައިސްފައިވާ މީހުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2018 | ހޮނިހިރު 13:22
މިނިސްޓަރ ސައީދު: ވަޒީރުކަމަށް ވަޑައިގެންނެވީ ޖޭޕީގެ ސްލޮޓެއްގައި

މިނިސްޓަރ ސައީދު: ވަޒީރުކަމަށް ވަޑައިގެންނެވީ ޖޭޕީގެ ސްލޮޓެއްގައި

އަނެއްކާ ވެސް މިއީ ތަފާތު މޫސުމެކެވެ. ވައި އެނބުރޭ މިމޫސުމުގައި ފުއްޓަރު ބޭރަށްލާފައިވާ ފަނާތައް ހީވަނީ ހަމަ ދެންމެ ދެންމެ ކަހާލަ ފާނެ ހެންނެވެ. އިރުވައި މޫސުމެއް ކަމަކު އޮޑީގައި ތިބެގެން ޖަހަން ފެށި ސަކަރާތް ވިހަވެ، މީހާ ބަދުނާމްވެ، ހަފޮޅުން ބޭރަށް ފުންމާލަން ޖެހޭވަރަށް ބޮލާފޮށާ އެޅިދާނެހެން ވެސް ބައެއް މީހުންނަށް ހީވާ ދުވަސްވަރެކެވެ.

ކޮންމެހެން ދިއުޅި ދިގު ކުރާކަށް ހާސަރުތަކެއް ދަމާނެ ކަމެއް ނެތެވެ. މަރުތޭލުން ސީދާ މޮހޮރު ބޮލުގައި ޖަހާލާނަމެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ އިސްފަޑީގައި މިއަދު ތިބި ގިނަ މީހުންނަކީ ދުވަހަކު ކޮޅުން ވެސް ސިޔާސީ މައިދާނުން އެހިސާބަށް އާދެވޭ ވަރުގެ އުރައްޕެއް ހުރި ބައެއް ކަމަކަށް ގިނަ ބަޔަކު ޤަބޫލެއް ނުކުރެއެވެ. ކުޑައިކޮށް ވެސް ރާއްޖޭގެ ސިޔާސީ މަޝްރަހުގެ އާޖުފާޖު ދަންނަ އެއްވެސް މީހަކަށް އަމުދުން އެކަމެއް ނޯޅެއެވެ. އެމީހުންގެ ފަސްބައި ހުރި ގޮތުންނެވެ. އެމީހުންގެ ވަތުބަތަނާތަކުންނެވެ. އެމީހުންގެ މާޒީ ބަލާލުމުންނެވެ. މިކަމުގައި ސައީދެއް ނިހާނެއް އަދި އަދުރޭއެއް ކިޔާނެ ކަމެއް ނެތެވެ. ޝައިނީއެއް ޒަމީރެއް އަދި އެހެން މީހަކު ވެސް އިސްތިސްނާވެގެނެއް ނުވެއެވެ. އަމުދުން ޚުދު ރައީސް ޔާމީނަށް ވެސް އެމަޤާމަށް އާދެވިދާނެ ކަމަކަށް ޤަބޫލުކުރި ބަޔަކު މި އުޑު ބަޅުކުރި ހިސާބުގައި މަދެވެ.

އެކަމުގެ ނަތީޖާއެއްގެ ގޮތުން އެވެރިން އެމަޤާމްތަކަށް އާދެވުމުގައި އެހެން ބައެއްގެ އަތް އަޅާލުން ވަރަށް ބޮޑެވެ. އެހެން މީހެއްގެ މުއްފަތުން ބޮޑުވުން ލާޒިމް ވެފައި ވެއެވެ. ބައެއްގެ މޯހިރުގައި އުޅުނުއިރު ލައްކަ ވާހަކަ ދައްކައި ބަސްމަގު ރީތި ހުޝާމިދުތައް ކުރަން ޖެހިފައިވެއެވެ.

އެއް ބަޔަކީ ރަށުގައި ހުއްޓާ ގޮތެއް ނެތި ހުއްޓާ ގެނެސް އުނުއޮރިޔާން ނިވައި ކޮށްދިނުމާ ގޭތަށިމަތިން ކާންދީގެން ކަރަތަކުން ކިޔަވައިދީ ބޮޑެތި މީހުންނަށް ހަދައިދިން މީހުންނެވެ. ލައްކައިން ގުނާލެވޭވަރަށް ފައިސާ ހޭދަކޮށްގެންނެވެ. ނުވިތާކަށް އަމަލީ މައިދާނަށްވެސް ނެރެ ބޮޑެތި ސިންގާހާ ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރުންގެ ގޮނޑީގައި ބައިތިއްބައިދިނެވެ. އަމިއްލަ ދަރިންހެންނެވެ. އަމިއްލަ މުދަލުން ވާރުތަ ވެރިންނަށް ބަހާހެން ހިއްސާ ދޭހާ ކައިރިކޮށްގެންނެވެ.

އަނެއް ބަޔަކީ ދުނިޔޭގެ އަޖަލުގައި ޖެހި ބޮޑެތި ސިންގާހާ ހުކުމްތައް އައިސް ތިބި މީހުންނެވެ. ކުރެވުނު ކުށާ ހުރެ އެއިން މަޤާމަކަށް ކުރިމަތިލާން ލަދުން ވެސް ނުކެރޭހާ މީހުންނެވެ. ދެން ތިބި މީހުންނަކީ އުޅެވުނު ގޮތުން މީހުން ބަލައިގަންނަން ފޫހިވި މީހުންނެވެ.

މިމީސް މީހުން ސިޔާސީ މައިދާނަށް ނެރުނީ ހެޔޮއެދޭ ބައެކެވެ. ޕީޕީއެމުން ނަމަ ރައީސް މައުމޫނު ހުނިޖަހާލާފައި ނެގެއެވެ. އެމަނިކުފާނުގެ އެންޑޯސްމަންޓުން އެދާއިރާއަށް ނެރުނީ އެމަނިކުފާނަށް ކުރާ ގަދަރު އެމީހުންނަށްޓަކައި އެހެން މީހުން ވެސް ކުރަން ވިދާޅުވެގެންނެވެ. އަތުކުރީ ލައިގެން ހިނގާ އެމީހުން ބަޔަކަށް ހެދީތީއެވެ. ކެމްޕޭނުތަކުގައި އެމީހުންނަށް ވުރެ ބޮޑަށް ރައީސް މައުމޫނުގެ ފޮޓޯފުޅު ދައްކައިގެންނެވެ. ކެންޕޭނު މެޓީރިއަލްތަކުގައި ރައީސް މައުމޫނުގެ ބަސްފުޅުތަކާއި އެމަނިކުފާނާއެކު ނަގާފައިވާ ފޮޓޯތައް ހިމަނައިގެންނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަކީ ވެސް އެފަދަ ބޭފުޅެކެވެ. ނިކަމެތިންނަށް އަޅައިލި ބީދައިން އެމަނިކުފާނުގެ މަސައްކަތުން މިއަދު މިނިސްޓަރުންނާއި މަޖިލިސް މެންބަރުންނަށް ހަދާފައި ތިބީކީ މަދު ބައެއް ނޫނެވެ.

އެކަމަކު ޒަމާނަށް އައި ބަދަލާ އެކު އޭގެ ތެރެއިން ބަޔަކު ބަދަލުވެއްޖެއެވެ. މީހާއަށް މީހާއަށް އޮޅިއްޖެއެވެ. އެއްބަޔަކަށް ކުއްޅަވަކުގައި ތަނޑި އިންނަ ކޮޅު އެޅިއްޖެއެވެ. ރަށުގައި ލައިއުޅުނު ގަންޖިފަރާސްގަނޑާ އަނދެ އުޅުނު މުންޑުގަނޑުމަތިން އަމުދުން ހަނދާނެއް ނެތެވެ. އެއަށްވުރެ ބޮޑަށް ވަޒީރުކަން މުހިއްމު ވެއްޖެއެވެ. ގެންގުޅެ ބޮޑުކުރި މީހާ ބޮލަށް ފަސްފުރަން ފެށިއްޖެއެވެ. ހެޔޮކަމަކަށް ތެޔޮހަމެކޭ ބުނެ ކާންދިން އަތުގައި ދަތްއަޅައިފިއެވެ. މިއަދުގެ ވަޒީފާގެ އަވައިގާ ޖެހި މިހާރުގެ ބޮހަށް ހުޝާމިދު ކުރުމުގައި ކިޔޭ ނުކިޔޭ އޮޅިއްޖެއެވެ.

ކޮންމެއަކަސް ލިބުނު މޮޅައިގެން އެމީހުންނަށް ތިބެވޭ ގޮތް ނުވެ ކުރާންފެށި ކަމަކުން ގިނަ ބަޔަކު ހަޖޫޖަހަން ފަށައިފިއެވެ. އެހިސާބަށް ގެނެސްދިން މީހުންނަށް އެފަދަ ހާލެއް ޖައްސާފައި ގޮސް މިއޮށް ހުރިހާ ދުވަހު އުޅުނުއިރު ވެސް އެވެރިން ތިބީ ސުއްބު ވެސް ނުބުނެއެވެ. އެކަމަކު އަމިއްލައަށް އަނގަފުޅާކޮށް ކުނިހުތުރު ގޮވަން ފެށީމާ ހިމޭނުން ހުރެވޭނީ ފަހެ ކާކަށް ހެއްޔެވެ. މަޤާމާ ޖާހާ މަންސަބަށްޓަކައި ތިޔައީ ދެން ބޮޑުވަރެވެ. ތިޔަ ތަޅާ އަނގައިން ހަމަ ލަދުން ބޯ ހަލާކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިޤްތިޞާދު ހަލާކުވަނީވެސް، ޔޫރަޕާއި ގުޅުން ކެނޑެނީވެސް ސަޢީދުމެން ފަދަ ބޭފުޅުންނާއި ހެދި!

އިޤްތިޞާދު ހަލާކުވަނީވެސް، ޔޫރަޕާއި ގުޅުން ކެނޑެނީވެސް ސަޢީދުމެން ފަދަ ބޭފުޅުންނާއި ހެދި!

03 ޖުލައި 2018
ޓިއަރ ގޭސް ކެނިސްޓަރ ވަދެގެން ދިޔައީ މޫނަށް، އަނގައިންނާއި ނޭފަތުން އަރަމުން ދިޔައީ އޮލަ ދުން!

ޓިއަރ ގޭސް ކެނިސްޓަރ ވަދެގެން ދިޔައީ މޫނަށް، އަނގައިންނާއި ނޭފަތުން އަރަމުން ދިޔައީ އޮލަ ދުން!

10 ޖޫން 2018
ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު

ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު

15 ފެބުރުއަރީ 2018
ކޯލިޝަން ޕާޓްނަރު މި ދައްކަވާ ވާހަކައިން ލަދުން ބޯހަލާކު!

ކޯލިޝަން ޕާޓްނަރު މި ދައްކަވާ ވާހަކައިން ލަދުން ބޯހަލާކު!

04 ޖެނުއަރީ 2018
ބައިނަލްއަޤްވާމީ ފަރުތަކުގެ އަހަރާއި ރާއްޖެ ކުރިމަތިލަނީ 20 ފަރު ހަލާކުކުރުމުގެ ޕްލޭނަކާއިއެކު!

ބައިނަލްއަޤްވާމީ ފަރުތަކުގެ އަހަރާއި ރާއްޖެ ކުރިމަތިލަނީ 20 ފަރު ހަލާކުކުރުމުގެ ޕްލޭނަކާއިއެކު!

29 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު