Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިޒްރޭލް-ފަލަސްތީން

ޓިއަރ ގޭސް ކެނިސްޓަރ ވަދެގެން ދިޔައީ މޫނަށް، އަނގައިންނާއި ނޭފަތުން އަރަމުން ދިޔައީ އޮލަ ދުން!

ޓިއަރ ގޭސް ކެނިސްޓަރ ބާރު ސްޕީޑްގައި އައިސް  ވަދެގެން ދިޔައީ އޭނާގެ ވައަތް ފަރާތު މޫނު މައްޗަށް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 10 ޖޫން 2018 | އާދީއްތަ 18:02
ތަބްލާ- ހަމަލާ އެރި ވަގުތު ރޮއިޓާސްގެ ފޮޓޯގްރާފަރަކު ނެގި އޭނާގެ ފޮޓޯ

ތަބްލާ- ހަމަލާ އެރި ވަގުތު ރޮއިޓާސްގެ ފޮޓޯގްރާފަރަކު ނެގި އޭނާގެ ފޮޓޯ

އަނިޔާވެރިކަން ހައްދު ފަހަނައަޅާފައިވާ އިޒްރޭލްގެ ސިފައިން ގައްޒާގެ ބޯޑަރު ސަރަހައްދުގައި ދެމުން ގެންދާ ހަމަލާތައް އިންތިހާއަށް އަނިޔާވެރިއެވެ. ގޮތެއް ބަލާނުލައި ހަތިޔާރެއްނެތި އިހުތިޖާޖު ކުރަމުންދާ ފަލަސްތީނުގެ މުސްލިމު އާއްމު ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާގެ ވާހަކަ ދައްކާ ކޮޅުން ނުލާނެއެވެ. ކޮންމެ ދުވަހަކުވެސް އެފަދަ ބިރުވެރި ނުރައްކާ ހާދިސާތަކެވެ.

އެފަދަ އެއް ހާދިސާއަކީ މިދިޔަ ހުކުރު ދުވަހު ހިނގި ބިރުވެރި ހާދިސާއެވެ. އިޒްރޭލް ސިފައިން ދިން މި ހަމަލާގެ ޝިކާރައަކަށް މިފަހަރު ވީ އުމުރުން އެންމެ 23 އަހަރުގެ ޒުވާން ހައިތަމް އަބޫ ތަބްލާއެވެ. އޭނާވެސް ދިޔައީ އެހެން މީހުންނެކޭ އެއްގޮތަށް އިހުތިޖާޖުކުރަމުންނެވެ. ދީނާއި ވަތަނުގެ ދިފާއުގައެވެ. ނަމަވެސް މަންޒަރު ބަދަލުވީ އިޒުރޭލް ސިފައިންގެ މީހަކު އެއްލި ޓިއަރ ގޭސް ކެނިސްޓަރ ބާރު ސްޕީޑްގައި އައިސް ވަދެގެން ދިޔައީ އޭނާގެ ވައަތް ފަރާތުން މޫނު މައްޗަށެވެ. އޭގެން އަރަމުން ދިޔަ އޮލަ ދުންގަނޑު އޭނާގެ އަންގައިންނާއި ނޭފަތުން އަރަމުންދިޔައެވެ. އޭރު ލައިގެން ހުރި ޓީޝާޓް ފޯވަމުން ދިޔައީ އެތަނުން އޮހޮރެމުން ދިޔަ ލެއިންނެވެ.

ހަމަލާދިން ވަގުތު ތަބްލާ

ތަބްލާއަކީ އާދަވެގެން އިހުތިޖާޖުގައި ބައިވެރިވާ ޒުވާނެކެވެ. އޭނާގެ ބޭބެ ބުނާގޮތުގައި އެންމެ ހުކުރު ދުވަހެއްވެސް އެމީހުން ވަށްޓާނުލައެވެ. ހާދިސާ ހިނގި އިރު ތަބްލާއާއި ދާދި ގާތުގައި ހުރި ރޮއިޓާރސް ގެ ފޮޓޯގްރާފަރު އަބު މުސްތަފާ މި މަންޒަރު ސިފަކުރީ ވަރަށް ބިރުވެރި މަންޒަރެއްގެ ގޮތުގައެވެ. އޭނާ ބުނިގޮތުގައި "އިޒްރޭލް ސިފައިންގެ މީހަކު އެމީހުން ދުއްވަމުން ދިޔަ ޖީޕް މަޑުކޮށް އެދިމާލަށް އެ ބޮމް އެއްލި. އެއާއެކު ވަދެގެން ދިޔައީ ތަބްލާގެ މޫނަށް. ދެން މޫނުން ނުކުންނަމުން ދިޔައީ އޮލަ ދުން. އެއާއި އެކު އެތަނުން ދުނި ޖަހާފައި ލޭ ފައިބަމުން ދިޔަ. ދެން އޭނާ މަޑުމަޑުން ބިމަށް ތިރިވި"

އޭނަ ކިޔައި ދިނެވެ.

ތަބްލާގެ މޫނަށް އެރި ކެނިސްޓަރ ނެގީ ބޮޑު އޮޕަރޭޝަނަކަށް ފަހުގައެވެ. އަދި އޭނާގެ ހާލު ވަރަށް ސީރިއަސްއެވެ. ނޭވާ ލައްވަނީ ވެންޓިލޭޓަރުގެ އެހީގައެވެ.

ތަބްލާއަށް ދިން މި ހަމާލާގެ ވާހަކަ ސޯޝަލް މިޑިއާގައި ދައުރު ވަމުން ދާއިރު ގިނަ ބަޔަކު އެކަން ސިފަކުރަނީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައެވެ. މިއަދު ތަބްލާ ލައިފް ސަޕޯޓް މެޝިނުގައި މަރާ ހަނގުރާމަ ކުރަމުންދާއިރު، މުސްލިމު އުންމަތް އޮތީ ނިދާފައިތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.

ތަބްލާ ލައިފް ސަޕޯޓްގައި

މިގެ ހަފްތާއެއްހާ ދުވަސް ކުރިންވެސް އިޒްރޭލް ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ 21 އަހަރުގެ ޒުވާން ނަރުސް ރަޒާން އަލްޖަރް ވަނި ޝަހީދުކޮށްލާފައެވެ. އެ ހިތްދަތި ހާދިސާގެ ވާހަކަވެސް މުޅި އިންޓަރނެޓް ފްލަޑް ކޮށްލިއެވެ.

ރަޒާން ޝަހީދުކޮށްލާފައިވަނީ އިސްރާއީލާއި ގައްޒާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ފަލަސްތީނުގެ އާއްމުންނާއި އިސްރާއީލް ސިފައިންނާއި ކުރިމަތިލަމުން ދަނިކޮށް، އަނިޔާވާ ފަލަސްތީނުގެ މީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދެމުންދަނިކޮށެވެ.

ކޮންމެ ހުކުރު ދުވަހަކީ ޣައްޒާއާއި އިސްރާއީލް ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައި އިހްތިޖާޖްކުރާ ފަލަސްތީނުގެ އާއްމުންނާއި ދެކޮޅަށް ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުން އިސްރާއިލުގެ އަސްކަރިއްޔާއިން ކުރާ ދުވަހެކެވެ.

ފަލަސްތީނުގެ އާއްމު ރައްޔިތުން ގޮވަމުންދަނީ އިސްރާއީލުން ވެރިވެގެންފައިވާ އެމީހުންގެ ގެދޮރަށް އަނބުރާ ދިޔުމުގެ ހައްޤު ދިނުމަށެވެ. އެހެނަސް އެ އަޑު އަހަނީ ކާކު ތޯއެވެ. ދުނިޔެ އޮތީ ނިދާފައެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2020

''މަކުއްދާ މަރެވެންނޫ، ސަލާމަތެ ކޮށްދީ'' މިއާދޭސް އަޑުނާހާ ދިޔައީ މަސްކޮޅު ކިރުވާލަން!

17 މާރިޗު 2020
''މަކުއްދާ މަރެވެންނޫ، ސަލާމަތެ ކޮށްދީ'' މިއާދޭސް އަޑުނާހާ ދިޔައީ މަސްކޮޅު ކިރުވާލަން!
05 ޖެނުއަރީ 2020

ސުލައިމާނީ އަވަހާރަކޮށްލުމާ ހަމަޔަށް ކަންކަން ދިޔައީ ކިހިނެއް؟

05 ޖެނުއަރީ 2020
ސުލައިމާނީ އަވަހާރަކޮށްލުމާ ހަމަޔަށް ކަންކަން ދިޔައީ ކިހިނެއް؟
10 ސެޕްޓެމްބަރު 2019

ޗައިނާ މެޗުން އެނގިގެންދިޔައީ ރާއްޖެ ޓީމުގެ ހާލަތު!

10 ސެޕްޓެމްބަރު 2019
ޗައިނާ މެޗުން އެނގިގެންދިޔައީ ރާއްޖެ ޓީމުގެ ހާލަތު!
04 ސެޕްޓެމްބަރު 2019

ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!

04 ސެޕްޓެމްބަރު 2019
ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!
09 ޖޫން 2018

'ގޮވުމުގެ ކުރިން ސަރަހައްދުގައި ގޭސް ވަސް، ދެން އެރީ ގުޑުމެއް'

09 ޖޫން 2018
'ގޮވުމުގެ ކުރިން ސަރަހައްދުގައި ގޭސް ވަސް، ދެން އެރީ ގުޑުމެއް'
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު