Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފްރާންސް ޤައުމީ ޓީމު

"އަހަރެންގެ ޝައުގުވެރިކަމެއް ނެތް"، ބެންޒެމާ މި ބުނަނީ ފައިނަލްގައި ކުޅެން ބޭނުންނުވާ ވާހަކަ؟

ބެންޒެމާ ލިޔެފައިވަނީ "އަހަރެންގެ ޝައުޤުވެރިކަމެއް ނެތް" މިހެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2022 | ހޮނިހިރު 07:11
ފްރާންސްގެ ފަރިތަކުރުންތަކުގެ ތެރެއިން ބެންޒެމާ

ފްރާންސްގެ ފަރިތަކުރުންތަކުގެ ތެރެއިން ބެންޒެމާ

މިއަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތަށް އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ކުރިމަތިލީއިރު، އެންމެންގެ ލޯ އަމާޒުވީ ފޯވާޑް ކަރީމް ބެންޒެމާ އަށެވެ.

ކުލަބް ފުޓުބޯޅައިގައި އޭނާ ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އަހަރުގެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލެންޑޯ އެވޯޑު ވެސް އޭނާ ހޯދިއެވެ. އެހެންކަމުން ވޯލްޑް ކަޕްގައި ފްރާންސްގެ ފޯވާޑް ލައިން އެންމެ ވަރުގަދަ ވާނީ ބެންޒެމާއާއެކު ކަމަށް ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވެސް ޤަބޫލު ކުރިއެވެ. މުބާރާތަށް ބެންޒެމާ ފްރާންސް ޓީމާއެކު ޤަތަރަށް ދަތުރު ވެސް ކުރިއެވެ. ނަމަވެސް ޤަތަރުގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން އޭނާ އަށް އަނިޔާވެ ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން އިނގުމުން ބެންޒެމާ ވަނީ ޤަތަރު ދޫކޮށް ގޮސްފައެވެ. އޭނާ އެނބުރި ދިޔައީ ކުލަބް ރެއާލް ޓީމާ ގުޅެން ކަަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ކޯޗު ބެންޒެމާގެ ނަން ޓީމުގައި ބޭންދިއެވެ. ނިންމީ ނަން އުނި ނުކުރުމަށެވެ.

މުބާރާތުގައި ފްރާންސް މިހާރު އޮތީ ފައިނަލުގައެވެ. ތަށި ދިފާއު ކުރަން އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗަކީ ޑެޝޯމްޕްސްގެ އިރުޝާދުގައި ފްރާންސް އިން ކުޅޭނެ އެންމެ ޕްރެޝަރު މެޗެވެ. ބްރެޒިލަށްފަހު އެއްވެސް ޓީމަކަށް އަދި މިހާތަނަށް ތަށި ދިފާއު ކުރެވިފައި ނުވާއިރު، ފްރާންސް ނިކުންނާނީ އެކަން ބަދަލު ކޮށް، ރެކޯޑެއް ހެދުމަށެވެ. ސެމީ ފައިނަލުން މޮޅުވެ ފްރާންސް ފައިނަލަށް ދިޔުމާއެކު، އެ ޤައުމުގެ މީޑިއާ ތަކުން ދެއްކީ ބެންޒެމާގެ ވާހަކައެވެ. ފައިނަލްގައި ބެންޒެމާ ލައްވާ ކުޅުވަން ކޯޗު ޑެޝޯމްޕްސް ބޭނުންވާ ވާހަކައެވެ. ފައިނަލަށް ބެންޒެމާ ފްރާންސް ޓީމާ ގުޅޭނެ ވާހަކައެވެ.

މި ހުރިހާ ވާހަކަ ތަކެއް ފެތުރެމުން ދަނިކޮށް ބެންޒެމާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓެއް ކޮށްފައެވެ. ތޮއްޕެއް އަޅައިގެން އިނދެ ބެންޒެމާ ކުރި ޕޯސްޓުން ސަމާލުކަން ލިބުނީ އޭނާ ލިޔެފައިވާ ކެޕްޝަނަށެވެ. ބެންޒެމާ ލިޔެފައިވަނީ "އަހަރެންގެ ޝައުޤުވެރިކަމެއް ނެތް" މިހެންނެވެ. ގިނަ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ބެންޒެމާ އެ ބުނަނީ ފައިނަލްގައި ކުޅެން އޭނާގެ ޝައުޤުވެރިކަން ނެތް ވާހަކައެވެ. ނަމަވެސް އެއީ ކޮން ސަބަބަކާ ހެދި ކަމެއް އޭނާ ބުނެފައެއް ނުވާ ކަމަށެވެ. ރިޕޯޓުތައް ބުނާ ގޮތުން މުބާރާތުގެ އެއްވެސް މެޗެއްގައި ނުކުޅެ، ހަމައެކަނި ފައިނަލްގައި ކުޅެން ބެންޒެމާ ބޭނުންނުވަނީ އެވެ.

ސެމީ ފައިނަލް މެޗަށްފަހު ނޫސްވެރިން ވަނީ ކޯޗު ޑެޝޯމްޕްސްއާ އެ ސުވާލު އަމާޒުކޮށްފައެވެ. އޭރު ޑެޝޯމްޕްސް ބުނީ އޭނާ އެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ. އެއަށްފަހު އޭނާ ވަނީ ޖެހިގެން އޮތް ސުވާލު ކުރުމަށް އެދިފައެވެ. އިތުރަށް އެ ވާހަކަ ނުދައްކާ ޑެޝޯމްޕްސް ބުނީ މިވަގުތަކީ އުފާ ފާޅު ކުރުމުގެ ވަގުތު ކަމަށެވެ. އެއަށްފަހު ފޯކަސް ހުންނާނީ ކުރިއަށް އޮތް ފައިނަލް މެެޗަށް ކަމަށެވެ.

މުބާރާތުގެ ފައިނަލްގައި ފްރާންސް އިން އާޖެންޓީނާއާ ދެކޮޅަށް ކުޅޭނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ފްރާންސްކަރިމް ބެންޒެމާކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

26 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު