Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ބޭނުންފުޅުވަނީ އެކުގައި މަސައްކަތް ކުރަން، ވާނެބާ؟

ކޯލިޝަނެއް މިހާތަނަށް ދެމެހެއްޓެވުނީ ރައީސް ޞާލިހަށް އެކަނި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2023 | ހުކުރު 04:34
މުއިއްޒު ކޯލިޝަންގައި ހިމެނޭ ބޭފުޅުން

މުއިއްޒު ކޯލިޝަންގައި ހިމެނޭ ބޭފުޅުން

މިހާތަނަށް ރާއްޖޭގެ ވެރިކަމަށް އެއްވެސް ޕާޓީއަކަށް އެކަނި އާދެވިފައެއް ނުވެއެވެ. ކޮންމެ ފަހަރަކު ވެސް އިންތިޚާބެއް ކާމިޔާބު ކުރުމަށް ކޯލިޝަންތައް ހަދައެވެ. މިފަހަރުވެސް ތަފާތެއް ނޫނެވެ. އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވީ 3 ޕާޓީއެއްގެ ކޯލިޝަނާއެކުގައެވެ. އެއީ މުއިއްޒު ތަމްސީލު ކުރައްވާ ޕާޓީ، ޕީއެންސީ އާއި އިދިކޮޅުގެ މައި ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމް އާއި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ޕާޓީ އެމްއެންޕީއެވެ. މުއިއްޒު ވިދާޅުވަނީ އެމަނިކުފާނު ބޭނުންފުޅުވަނީ މި ބޭފުޅުންނާއެކު ކުރިއަށް އޮތް ދައުރުގައި އެކުވެރިކަމާއެކު މަސައްކަތް ކުރުމަށް ކަމަށެވެ.

އައު ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި މިހާތަނަށް ހަތަރު އިންތިޚާބެއް ބާއްވައި ހަތަރު ރައީސަކު ވަނީ ހޮވާފައެވެ. ކޮންމެ ވެރިއަކު ވެސް ކޯލިޝަނަކާއެކު ވެރިކަމަށް ވަޑައިގެންނެވިއިރު މިހާތަނަށް 3 ވެރިކަމުގެ ތެރެއިން ކޯލިޝަނެއް ދެމެހެއްޓުނު ހަމައެކަނި ވެރިއަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއެވެ. އެމަނިކުފާނާ ދެކޮޅަށް ރިޔާސީ އިންތިޚާބުގައި ކޯލިޝަނުގެ ބައެއް ބޭފުޅުން މަސައްކަތް ކުރެއްވިއިރު ވެސް ދައުރު ނިންމަވާލައްވަނީ ކޯލިޝަނުގެ ބޭފުޅުންނާއެކުގައެވެ. އޭގެ ކުރީގެ ދެ ވެރިކަމެއް ދިވެހިން ވަނީ ދެކެފައެވެ. އެ ދެ ވެރިކަމުގައި ވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކޯލިޝަން ރޫޅި މިތުރުން ވެގެންދިޔައީ ހަތުރުންނަށެވެ. ރައީސް ޞާލިހަށް ވެސް ކޯލިޝަން ދެމެހެއްޓެވުނީ އެމަނިކުފާނު ކެތްތެރިކަމުގެ ސަބަބުންނޭ ބުނުން ދޮގަކަށް ނުވާނެއެވެ.

މުއިއްޒުއަކީ ސިޔާސީ ދާއިރާއަށް އައު ބޭފުޅެއް ނޫނެވެ. އެމަނިކުފާނު ހިމެނިވަޑައިގެންނެވި ސަރުކާރެއް ވެސް ވަނީ ތަޖުރިބާ ކުރެވިފައެވެ. އެ ސަރުކާރުގެ ފަސް އަހަރު ވެގެންދިޔައީ ރާއްޖޭގައި އެންމެ ބައިބައިވުން ބޮޑު، ސިޔާސީ ގޮތުން ހަމަނުޖެހުންތައް ފެނިގެންދިޔަ ފަސް އަހަރަށެވެ. ޚިޔާލުތަފާތުވާ ކޮންމެ ސިޔާސީ ބޭފުޅެއް އިންނަން ޖެހުނީ ޖަލުގެ ކުޑަގޮޅީގައެވެ. އޭރުވެސް ކެބިނެޓުގައި މިހާރުގެ އިންތިޚާބީ ރައީސް އިންނެވިއެވެ.

ތެދެކެވެ. ވެރިކަމަށް ދެން ވަޑައިގަންނަވާނީ މުއިއްޒުއެވެ. ޔާމީނެއް ނޫނެވެ. ވެރިކަން ކުރައްވާނެ ގޮތް ތަފާތު ވެދާނެއެވެ. ނަމަވެސް އެކުގައި މަސައްކަތް ކުރުމަށް މުއިއްޒު އުއްމީދު ކުރައްވައި އެގޮތަށް ކޯލިޝަނުގެ އެންމެންނަށް ގޮވާލެއްވިއިރު މިހާރުވެސް އެ ކޯލިޝަނުގައި ރެނދުލާން ވަނީ ފަށައިފައެވެ. އަދި ހުވާ ނުކުރައްވައެވެ. ހާމަކަންބޮޑުގޮތެއްގައި ދެ "ވެރިން" އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އަދި އެއް ޕާޓީން އަނެއް ޕާޓީއަށް ނުސީދާ ރައްދުތައް ދޭން ވަނީ ފަށައިފައެވެ. މުއިއްޒުގެ ކޯލިޝަނުގެ ގިނަ މީހުން ތާއީދު އޮތް ކުރީގެ ރައީސް ޔާމީނުގެ ބާރު ކަނޑުވާލުމަށް އެމަނިކުފާނާއި ޕީއެންސީން ކުރާ މަސައްކަތް ދަނީ ފެންނަމުންނެވެ.

އިންތިޚާބުވެވަޑައިގެންނެވިތާ މަސް ދުވަސް ވަނީއެވެ. އިދިކޮޅުގެ ލީޑަރުގެ ގޮތުގައި ސިފަ ކުރައްވާ ޔާމީން، އިންތިޚާބުގެ އެއް ދުވަސް ފަހުން ހުންނެވީ ގެކޮޅުގައެވެ. އަދިވެސް ދެ ބޭފުޅުން ރަސްމީކޮށް ބައްދަލު ކުރެއްވި މަންޒަރެއް ނުފެނެއެވެ. ގެކޮޅަށް ބަދަލު ކުރި ދުވަހު ދެ ބޭފުޅުން އެކުގައި ފެނުނު ގޮތަށް އަދި އެކުގައި ނުފެނެއެވެ. ނަމަވެސް ކޮންމެ ޕޯޑިއަމެއްގައި މުއިއްޒު ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނެ އެއް ކަމަކީ ޔާމީން މިނިވަން ކުރުން ކަމަށެވެ.

ޔާމީން ބޭނުންފުޅުވަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އަދިވެސް ޕީޕީއެމް/ޕީއެންސީގެ މެމްބަރުން މަގުމައްޗަށް ނުކުތުމަށެވެ. ނަމަވެސް އިންތިޚާބަށްފަހު އެ ހަރަކާތްތައް ވެސް ހުއްޓިއްޖެއެވެ. މުއިއްޒުގެ ހުރިހާ އެއްވުމެއްވެސް އޮންނަނީ ޔާމީނަށް ފެނިވަޑައިނުގަންނަވާނެހާ ދުރުގައި ސޯޝަލް ސެންޓަރުގައެވެ.

ދެން އޮތީ ކޯލިޝަނުގެ ތިންވަނަ ޕާޓީއެވެ. އެމްއެންޕީއެވެ. އެ ޕާޓީއަކީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މުއިއްޒާ ވާދަކުރި ޕާޓީއެކެވެ. އެ ޕާޓީ މުއިއްޒުއާ ކޯލިޝަން ހެދީ ޤައުމުގެ ހައްގުގައި ކަމަށާއި ވެރިކަމުގައި އެއްވެސް ހިއްސާއެއް ބޭނުން ނުވާ ކަމަށް ވެސް ޕީޕީއެމް/ޕީއެންސީން މީގެ ކުރިން ވަނީ ބުނެފައެވެ. ނަމަވެސް މިހާރު އަޑުތައް ފެތުރޭ ގޮތުގައި އެމްއެންޕީން ވެސް ކޭކުން ބައެއް ބޭނުންވެއެވެ. ނުދީފިނަމަ އެ އެކުވެރިކަން ވެސް އޮންނާނެހެން ހިޔެއް ނުވެއެވެ.

އެމްޑީޕީން ވަކިވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އުފެއްދެވި، ދަ ޑިމޮކްރެޓްސް ވެސް މި ކޯލިޝަނުގައި ހިމެނޭކަމަށްވެއެވެ. އައު ސަރުކާރުގައި އެ ޕާޓީގެ ހިއްސާ އޮންނާނެ ކަމަށް އެ ޕާޓީގެ މެމްބަރުން ވެސް ދަނީ ބުނަމުންނެވެ. މުއިއްޒު ވެސް ވަނީ އެފަދަ އިޝާރާތެއް ދެއްވާފައެވެ. އެހެންކަމުން ޕީޕީއެމުން، އެންމެ ޚިޔާލު ތަފާތު ކަމަށް މި ހުރިހާ ދުވަހު ބުނަމުން ދިޔަ ބޭފުޅުންނާއެކުވެސް މަސައްކަތް ކުރަން ޖެހޭނެއެވެ.

މި ހުރިހާ ބޭފުޅުންނަކީ ވެސް މީގެ ކުރިން އެކި ގޮތްގޮތުން ސިޔާސީ މަޝްރަހުގައި އެކުގައި މަސައްކަތް ކުރައްވައި، އެކުގައި ކުރިއަށްދިއުމުގައި ފެއިލް ވެފައި ތިއްބެވި ބޭފުޅުންނެވެ. ދެން އޮތް ސުވާލަކީ މިހާރު މަތިމަތިން ދައްކާ އެކުވެރިކަން ދެމެހެއްޓޭނެތޯއެވެ. ފަސް އަހަރުގެ ކޯލިޝަން ދެމެހެއްޓޭނެތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލީ ވަޒީރަށް ދައުލަތުގެ މާލިއްޔަތު މަސައްކަތްކުރާ ގޮތް އެނގިލައްވާތޯ؟

މާލީ ވަޒީރަށް ދައުލަތުގެ މާލިއްޔަތު މަސައްކަތްކުރާ ގޮތް އެނގިލައްވާތޯ؟

19 ނޮވެމްބަރު 2017
ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!

ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!

26 އޮކްޓޯބަރު 2017
ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

23 އޮކްޓޯބަރު 2017
ވިލު ސްޓޫޑިއޯ އާއި އަޅި: އަލެއް ކަމަކު މަސައްކަތް ވަރަށް ފައްކާ

ވިލު ސްޓޫޑިއޯ އާއި އަޅި: އަލެއް ކަމަކު މަސައްކަތް ވަރަށް ފައްކާ

21 އޮކްޓޯބަރު 2017
ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

25 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު