Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑޯ އަށް ސަޕްރައިޒްއެއް

ޓީމްގެ ކުޅުންތެރިންގެ ފަރާތުން ރޮނާލްޑޯ އަށް ބޮޑު ސަޕްރައިޒްއެއް!

ކުޅުންތެރިން ރޮނަލްޑޯއަށް ދިނީ ބޮޑު ކޭކެއް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2023 | ހުކުރު 03:24
ކޭކް ގެނައުމުން ރޮނަލްޑޯއަށް ލިބުނީ ބޮޑު އުފަލެއް: ފޮޓޯ-އަލް ނަސްރު

ކޭކް ގެނައުމުން ރޮނަލްޑޯއަށް ލިބުނީ ބޮޑު އުފަލެއް: ފޮޓޯ-އަލް ނަސްރު

ޓީމްގެ ކުޅުންތެރިންގެ ފަރާތުން ރޮނާލްޑޯ އަށް ބޮޑު ސަޕްރައިޒް އެއް ދީފިއެވެ.

ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިޔާގެ އަލް-ނަސްރު ކުޅުންތެރިން އޭނާއަށް ސަޕްރައިޒް ދިނީ ޔޫރޯ ކޮލިފައިންގައި ގައުމީ ޓީމަށް ކުޅުމަށްފަހު އެނބުރި އައިސް ކްލަބްގެ ފަރިތަކުރުންތަކާ ގުޅުމުން, ޕްރެކްޓިސް ފެށުމުގެ ކުރިންނެވެ. ރޮނާލްޑޯ ދަނޑުމަތީގައި ހުއްޓާ, އޭނާއަށްވުރެ ފަހުން ގިނަ ކުޅުންތެރިން ނިކުތީ ރޮނާލްޑޯގެ ކާމިޔާބީ ބަޔާންކޮށްފައިވާ ބޮޑު ކޭކެއް ހިފައިގެންނެވެ. ކޭކު ހިފައިގެން ރޮނާލްޑޯ ކައިރިއަށް އައުމުން އޭނާގެ މޫނުމަތިން ބޮޑު އުފާވެރިކަމެއް ފެނުނެވެ. ކޭކުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ މިއަހަރު ރޮނާލްޑޯގެ އާދަޔާ ހިލާފް ފޯމެވެ. 38 އަހަރުގައި މިއަހަރު 40 ގޯލް ޖަހާފައިވާތީ އެކަން ފާހަގަކޮށްފައި ވެއެވެ. އަދި ގައުމީ ޓީމަށް 203 މެޗު ކުޅެ 127 ލަނޑު ޖަހާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

މެންޗެސްޓަރ ސިޓީގެ ޒުވާން ފޯވާޑް ހާލަންޑާއި, ޕީއެސްޖީގެ އެމްބާޕޭއާއެކު މިއަހަރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި 38 އަހަރުގައި ރޮނާލްޑޮ ހިމެނެއެވެ. އޭނާ ވެފައިވަނީ ފުޓްބޯޅައިން ދުނިޔެއަށް ބޮޑު ހިތްވަރެއް ކަމުގައެވެ. ޔޫރޯ ކޮލިފައިންގައި މިދިޔަ ހަފްތާގައި ކުޅުނު ދެމެޗުގައިވެސް ގައުމީ ޓީމްގައި ރޮނާލްޑޯ ލަނޑު ޖެހިއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު