Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމައުމޫންގެ ނުސީދާ ރައްދެއް މުއިއްޒަށް

އެންމެންވެސް ސައެންޓިފިކް ޙަޤީޤަތްތައް ޤަބޫލުކުރަންޖެހޭނެ ކަމަށް ވިދާޅުވެ މައުމޫންގެ ނުސީދާ ރައްދެއް އިންތިޚާބީ ރައީސަށް

ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމަކީ އެފަދަ ޙަޤީޤަތެއްކަމަށް ރައީސް މައުމޫން ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 އޮކްޓޯބަރު 2023 | ބުރާސްފަތި 00:29
ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްޣައްޔޫމް

ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްޣައްޔޫމް

އެންމެންވެސް ސައެންޓިފިކް ޙަޤީޤަތްތައް ޤަބޫލުކުރަން ޖެހޭނެކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ނުސީދާ ރައްދެއް ކަނޑުގެ ލޮނުގަނޑު އުފުލުމާއި ގުޅޭގޮތުން އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތަކަށް ދެއްވައިފިއެވެ.

އަލްޖަޒީރާއަށް ދެއްވި އިންޓަރވިއުގައި ޑރ މުއިއްޒު ކަނޑުގެ ލޮނުގަނޑު އުފުލުމާއި ގުޅޭގޮތުން ވިދާޅުވީ މީގެ 50 އަހަރުކުރިންވެސް އެވާހަކަ ދެއްކި ކަމަށާއި ނަމަވެސް އެމިންވަރަށް ކަނޑުގެ ލޮނިގަނޑު އުފުލިގެންދާ މަންޒަރެއް ފެނިވަޑައިނުގަންނަވާކަމަށެވެ. އެކަމާއި ގުޅޭގޮތުން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެންވެސް ސައިންޓިފިކް ހަގީގަތްތައް ގަބޫލުކުރަންޖެހޭނެކަމަށާއި ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމަކީ އެފަދަ ޙަޤީޤަތެއްކަމަށެވެ.

ރައީސް މައުމޫނަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުން އަންނަ ނުރައްކާތެރިކަން ދުނިޔެއަށް ހާމަކުރުމުގައި ބައިނަލްއަގްވާމީ މަޝްރަހުގައި އެންމެ ފުރަތަމަ ވަކާލާތުކުރެއްވި ރައީސެވެ. އަދި އޭގެފަހުން އައި ސަރުކާރުތަކުގައި ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުން އަންނަ ގެއްލުންތަކުގެ އަޑު ބައިނަލްއަގްވާމީ މުޖުތަމައުގައި ވަރަށް ބޮޑަށް އުފުލާފައެވެ.

ނަމަވެސް އިންތިޚާބީ ރައީސް ދެއްވި އިންޓަރވިއުގައި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ގުޅޭގޮތުން ސައިންސްވެރިން ދައްކާ ވާހަކަތަކާއި ގުޅޭގޮތުން އެމީހުން ރާއްޖެ އައިސް ބަލައިފިއްޔާ އެއީ ތެދެއް ނޫންކަން އެނގޭނެކަމަށާއި އެއީ އެހާ ސީރިއަސް މައްސަލައެއް ނޫންކަމަށް ވިދާޅުވުމުން ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ތިމާވެށި ހިމާޔަތްކުރުމުގައި ޑރ މުއިއްޒުގެ ސަރުކާރުން ގެންގުޅޭނީ ކޮން ސްޓޭންޑެއްތޯ އާމެދު އަންނަނީ ސުވާލުއުފައްދަމުންނެވެ.

ނާސާގެ ދިރާސާތަކުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ރަށްތަކުގެ ތެރެއިން 80 އިންސައްތައަށްވުރެ ގިނަ ރަށުގެ އުސްމިން ކަނޑުގެ ލޮނުގަނޑަށްވުރެ މައްޗަށް 1 މީޓަރަށްވެސް ނާރައެވެ. ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރުވެސް ވަރަށް އަވަސްކަން ފާހަގަކޮށް  ވަރލްޑް އަރތް ޑޭ އާ ދިމާކޮށް ވަރލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއު.އެމް.އޯ)އިން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ؛ 2013 ވަނަ އަހަރުން 2022 ވަނަ އަހަރާ ހަމައަށް، އަހަރަކު އެވްރެޖްކޮށް 4.62 މިލިމީޓަރު އުފުލިފައި ވާކަމަށެވެ. މިއީ 1993ން 2002ށް ހިނގި މުއްދަތުގައި ލޮނުގަނޑު އުފުލުނު މިންވަރުގެ ދެގުނަ އަވަސް މިންވަރެއް ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

މުއިއްޒުގެ ވާހަކަތަކަށް ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން އިންތިޚާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ވިދާޅުވެފައިވަނީ ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅު މާނަކުރަނީ ރަނގަޅަށްނޫންކަމަށެވެ. ތިމާވެށީގެ މައްސަލަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި މުއިއްޒު ނަންގަވާކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

06 އޯގަސްޓު 2017

އައިސީޔޫގައި އޮންނެވި ގާސިމް އަށް ކުއްލިއަކަށް ކޯޓަށްކީ ޚަބަރާއެކު އެމެރިކާ ސަފީރަށް ވިދާޅުވެވުނީ ހަމަ އެންމެ ލަފްޒެއް!

06 އޯގަސްޓު 2017
އައިސީޔޫގައި އޮންނެވި ގާސިމް އަށް ކުއްލިއަކަށް ކޯޓަށްކީ ޚަބަރާއެކު އެމެރިކާ ސަފީރަށް ވިދާޅުވެވުނީ ހަމަ އެންމެ ލަފްޒެއް!
01 އޯގަސްޓު 2017

ހައްޔަރު ކުރެވޭ މެމްބަރުން މަޖިލީހަށް ހާޒިކުރަން ޖެހޭ ކަމަށް މެމްބަރު ނަޝީދު ވިދާޅުވެއްޖެ

01 އޯގަސްޓު 2017
ހައްޔަރު ކުރެވޭ މެމްބަރުން މަޖިލީހަށް ހާޒިކުރަން ޖެހޭ ކަމަށް މެމްބަރު ނަޝީދު ވިދާޅުވެއްޖެ
23 ޖުލައި 2017

ޣައިރު ގާނޫނީ ތަހްގީގެއް ކަމަށް ވިދާޅުވެ ފާރިސް ބަޔާން ނުދެއްވި!

23 ޖުލައި 2017
ޣައިރު ގާނޫނީ ތަހްގީގެއް ކަމަށް ވިދާޅުވެ ފާރިސް ބަޔާން ނުދެއްވި!
25 ޖޫން 2017

ތެޔޮ ޓޭންކަރެއް ގޮވުމާއި ގުޅިގެން، ރައީސް ޔާމީން ޕާކިސްތާނުގެ ބޮޑުވަޒީރަށް ތައުޒިޔާ ވިދާޅުވެއްޖެ

25 ޖޫން 2017
ތެޔޮ ޓޭންކަރެއް ގޮވުމާއި ގުޅިގެން، ރައީސް ޔާމީން ޕާކިސްތާނުގެ ބޮޑުވަޒީރަށް ތައުޒިޔާ ވިދާޅުވެއްޖެ
13 މެއި 2017

އެމްޑީޕީއާ ގުޅުނު ވާދޫގެ އަމިއްލަ ކެނޑިޑޭޓަށް ރައީސް ނަޝީދާއި ހަސަން ލަތީފް މަރުހަބާ ވިދާޅުވެއްޖެ

13 މެއި 2017
އެމްޑީޕީއާ ގުޅުނު ވާދޫގެ އަމިއްލަ ކެނޑިޑޭޓަށް ރައީސް ނަޝީދާއި ހަސަން ލަތީފް މަރުހަބާ ވިދާޅުވެއްޖެ
09 މެއި 2017

ފްރާންސްގެ އިންތިހާބީ ރައީސަށް ރައީސް ޔާމީން ތަހުނިޔާ ވިދާޅުވެއްޖެ

09 މެއި 2017
ފްރާންސްގެ އިންތިހާބީ ރައީސަށް ރައީސް ޔާމީން ތަހުނިޔާ ވިދާޅުވެއްޖެ
05 މެއި 2017

ސަރަހައްދީ ކުރިއެރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

05 މެއި 2017
ސަރަހައްދީ ކުރިއެރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
06 މާރިޗު 2017

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
02 މާރިޗު 2017

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ
21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު