Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައްޖު ކޯޓާ

ސޮަދަޤާތް ފައުންޑޭޝަނަށް އަނެއްކާވެސް 50 ހައްޖު ކޯޓާ ދީފި

22 ޖުލައި 2017 | ހޮނިހިރު 17:19

ރާއްޖެއަށް ލިބިފައިވާ 1000 ހައްޖު ކޯޓާގެ ތެރެއިން 700 ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށްދީފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 22 ޖުލައި 2017 | ހޮނިހިރު 17:19
ސޮދަގާތް ފައުންޑޭޝަނުން ހައްޖަށް ގެންދާ ފަރާތްތަކާއި މެޑަމް ފާތުމަތު އިބްރާހިމް ބައްދަލުކުރައްވާ

ސޮދަގާތް ފައުންޑޭޝަނުން ހައްޖަށް ގެންދާ ފަރާތްތަކާއި މެޑަމް ފާތުމަތު އިބްރާހިމް ބައްދަލުކުރައްވާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފާތިމަތު އިބްރާހިމްގެ ސޮދަގާތް ފައުންޑޭޝަނަށް މި އަހަރުވެސް 50 ހައްޖު ކޯޓާ ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

ރާއްޖެ އެމްވީއަށް އިތުބާރުހުރި މަސްދަރުތަކުން އެނގިފައިވާގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ހިންގަވާ ސޮދަގާތް ފައުންޑޭޝަނަށް ހައްޖު ކޯޓާގެ ތެރެއިން 50 ކޯޓާ ދިނުމަށް ނިންމާފައިވަނީ ހައްޖު ކޯޕަރޭޝަންގެ ތެރެއިންނެވެ. އެގޮތުން ރާއްޖެއަށް ލިބިފައިވާ 1000 ހައްޖު ކޯޓާގެ ތެރެއިން 700 ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށްދީފައިވާއިރު، އޭގެތެރެއިން 200 ކޯޓާ ވަނީ އިސްލާމިކް މިނިސްޓްރީއަށް ނަގައިފަ އެވެ. އަދި ސަދަޤާތް ފައުންޑޭޝަނަށް ދީފައިވަނީ އެ 200 ކޯޓާގެ ތެރެއިން 50 ކޯޓާ އެވެ.

މިކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް ހޯދުމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރަށް ތަކުރާރުކޮށް ގުޅުމުންވެސް އޭނާ ފޯނަށް ޖަވާބުދެއްވާފައެއް ނުވެ އެވެ. އަދި އިސްލާމިކް މިނިސްޓްރީގެ އެކި ބޭފުޅުންނަށް ގުޅުމުންވެސް އެއްވެސް ބޭފުޅަކު ފޯނަށް ޖަވާބުދެއްވާފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފާތިމަތު އިބްރާހިމްގެ ސޮދަގާތް ފައުންޑޭޝަނުން ހައްޖަށް ގެންދާ ފަރާތްތަކާއި، އެކަމަނާ މިއަދު ބައްދަލުކުރައްވާފައިވާއިރު، އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. އެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ސަރުކާރުގެ ކެމްޕޭން ހަރަކާތްތައް ކުރިއަށްގެންދާ މުލިޔާގޭގައެވެ.

މިދިޔަ އަހަރުވެސް ސޮދަގާތް ފައުންޑޭޝަނަށް 50 ކޯޓާ ދީފައިވާއިރު، ހައްޖު ކޯޓާ އެ ފައުންޑޭޝަނަށް ދީފައިވަނީ އެއްވެސް ގޮތަކަށް އިއުލާންކުރުމެއް، ބީލަމެއްވެސް ބޭއްވުމެއް ނެތި އެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 31 މެމްބަރުންގެ ސޮޔާއެކު އަނެއްކާވެސް މަޖިލީހަށް ހުށަހަޅައިފި

09 އެޕްރީލު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 31 މެމްބަރުންގެ ސޮޔާއެކު އަނެއްކާވެސް މަޖިލީހަށް ހުށަހަޅައިފި
09 އެޕްރީލު 2017

ރައީސް ނަޝީދުގެ ޝަރީއަތުގެ އަޑުއެހުމެއް އަނެއްކާވެސް ތާވަލުކޮށްފި

09 އެޕްރީލު 2017
ރައީސް ނަޝީދުގެ ޝަރީއަތުގެ އަޑުއެހުމެއް އަނެއްކާވެސް ތާވަލުކޮށްފި
01 އެޕްރީލު 2017

ޤާސިމް އިބްރާހިމް ފުލުހަށް ހާޒިރުވުމަށް އަނެއްކާވެސް އަންގައިފި

01 އެޕްރީލު 2017
ޤާސިމް އިބްރާހިމް ފުލުހަށް ހާޒިރުވުމަށް އަނެއްކާވެސް އަންގައިފި
21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް