Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ޖުޑިޝަރީގެ މުހިންމު ދެ ބިލެއް ފާސްނުވެ، އަނބުރާ ކޮމެޓީއަށް ފޮނުވައިފި

18 އޮކްޓޯބަރު 2023 | ބުދަ 10:07

ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ މީގެ 11 މަސް ކުރިން ތަޅުމަށް ފޮނުވުމަށް ޖުޑިޝަރީ ކޮމެޓީ އިން ފާސްކުރި ބިލެއް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 18 އޮކްޓޯބަރު 2023 | ބުދަ 10:07
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ހުއްޓިފައި އޮތް ޖުޑިޝަރީގެ މުހިންމު ދެ ބިލެއް ފާސްނުކުރުމަށް ނިންމައި ރިވިއު އަށް އަނބުރައި ޖުޑިޝަރީ ކޮމެޓީ އަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހި 4 ބިލުގެ ތެރެއިން ޖުޑިޝަރީ ކޮމެޓީއަށް އަނބުރައި ފޮނުވުމަށް ނިންމީ 2 ބިލެކެވެ. އެއީ:

Advertisement - newsAdvertisement

މީގެ ތެރެއިން ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދިނީ 34 މެމްބަރުންނެވެ. އެ ބިލާ އެއްކޮޅަށް ވޯޓު ދިނީ އެންމެ 9 މެމްބަރުންނެވެ.

އެ ބިލު އަނބުރާ ޖުޑިޝަރީ ކޮމެޓީ އަށް ފޮނުވުމަށް ފާސްވީ ޖުމްލަ ވޯޓުގައި ބައިވެރިވި 41 މެމްބަރުންގެ ތެރެއިން 35 މެމްބަރުންގެ ވޯޓުންނެވެ. ކޮމެޓީ އަށް އަނބުރާ ފޮނުވުމަށް 6 މެމްބަރަކު ވޯޓު ދިނެވެ.

މި ބިލަކީ މީގެ 11 މަސް ކުރިން ތަޅުމަށް ފޮނުވުމަށް ޖުޑިޝަރީ ކޮމެޓީ އިން ފާސްކުރި ބިލެކެވެ. އެގޮތުން މި ބިލުގައި ބުނީ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ އަމަލެއް ފަނޑިޔާރަކު ކޮށްގެން، ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމާ ހާލަތުގައި، އެ ފަނޑިޔާރެއްގެ ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދައާ މެދު އަމަލުކުރެވޭނެ އުސޫލުތައް ގާނޫނުގައި ބަޔާންކުރެވެން ވާނެ ކަމަށެވެ.

އެގޮތުން އެ އިސްލާހުގައި ވަނީ ފަނޑިޔާރުކަމުގެ މަގާމުގައި ހުރި މީހަކު ކުރި އަމަލަކީ، އޭގެ ސަބަބުން ފަނޑިޔާރުކަމުގެ މަގާމުގެ އަދި ޝަރުއީ ދާއިރާގެ އިތުބާރުގެއްލޭފަދަ ބޮޑު އަމަލަކަށް ޖޭއެސްސީން ކަނޑައަޅާފައިވާ އަމަލެއްކަމުގައި ސާބިތުވެއްޖެނަމަ، ވަކީލުކަމުގެ ހުއްދަ ބާތިލްކުރެވޭނެކަމަށެވެ. އަދި ދެވަނަ ފަހަރަށް ވަކީލުކަން ކުރުމުގެ ފުރުސަތެއް މިފަދަ ކުށެއް ސާބިތުވެއްޖެނަމަ އެވަކީލަކަށް ނުލިބޭނެކަމަށްވެސް އެ އިސްލާހުގައިވެއެވެ.

މީގެ އިތުރުން، ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމެޓީން ފާސްކުރީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ.

މި ބިލުގައިވާ ގޮތުން ވިހެއުމާ ގުޅިގެން ނުވަތަ ދަރިޔަކު ލިބުމާ ގުޅިގެން ފަނޑިޔާރުންނަށް ވެސް ވަކި ހާއްސަ ޗުއްޓީއެއް ލިބޭނެއެވެ. އެގޮތުން އަންހެން ފަނޑިޔާރެއް ނަމަ ހަ މަސް ދުވަހުގެ ޗުއްޓީއެއް އަދި ފިރިހެން ފަނޑިޔާރެއް ނަމަ އެއް މަސް ދުވަހުގެ ޗުއްޓީ ލިބޭ ގޮތަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓުގައި ބައިވެރިވި 39 މެމްބަރުންގެ ތެރެއިން 31 މެމްބަރަކު ވޯޓު ދީފައިވާއިރު, ފާސްކުރުމަށް ވޯޓު ދީފައިވަނީ ޖުމްލަ 8 މެމްބަރުން ނެވެ.

މި ބިލު ވެސް އަނބުރައި ކޮމެޓީއަށް ފޮނުވާފައިވާއިރު، މި ބިލު ކޮމެޓީއަށް ފޮނުވީ 35 މެމްބަރުންގެ ވޯޓުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

29 މާރިޗު 2017

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި

29 މާރިޗު 2017
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި
29 މާރިޗު 2017

ކާނަލް ނާޒިމް ކަރެކްޝަންގެ އަނބުރާ ޖަލަށް ގެންގޮސްފި

29 މާރިޗު 2017
ކާނަލް ނާޒިމް ކަރެކްޝަންގެ އަނބުރާ ޖަލަށް ގެންގޮސްފި
14 މާރިޗު 2017

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ
28 ފެބުރުއަރީ 2017

ވިއްކާ ބިންތައް އަނބުރާ ހޯދަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި

28 ފެބުރުއަރީ 2017
ވިއްކާ ބިންތައް އަނބުރާ ހޯދަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި
27 ފެބުރުއަރީ 2017

ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި

27 ފެބުރުއަރީ 2017
ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް