Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލް-އަހްލީ އަރަބް ހޮސްޕިޓަލަށް ދިން ހަމަލާ

ޣައްޒާގެ ހޮސްޕިޓަލެއްގައި ހިންގި ގަތުލުއާންމު ކުށްވެރިކޮށް އިސްރާއީލުގެ ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އަދާލަތުން ގޮވާލައިފި

18 އޮކްޓޯބަރު 2023 | ބުދަ 08:11

ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އެތައް ބަޔަކު ޝަހީދުކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 18 އޮކްޓޯބަރު 2023 | ބުދަ 08:11
އަދާލަތު ޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން

އަދާލަތު ޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން

އިސްރާއީލުން ޣައްޒާގެ އަލް-އަހްލީ އަރަބް ހޮސްޕިޓަލުގައި ހިންގި ގަތުލުއާންމު ކުށްވެރިކޮށް އިސްރާއީލުގެ ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.

އަދާލަތު ޕާޓީން ބުނީ މުސްލިމުންގެ ފުރަތަމަ ގިބުލަކަމުގައިވާ ‏އަލްމަސްޖިދުލް އަޤްޞާ ހިމެނޭ ފަލަސްޠީނާ ދެކޮޅަށް، އެ ބިމަށް ގަދަކަމުން ވެރިވެގެން އުޅޭ ޣައިރުގާނޫނީ ސިހްޔޫނީ ދައުލަތުން ހިންގާ ރަހުމެއްނެތް ލާއިންސާނީ އިސްތިއުމާރީ އުދުވާން އެޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކުރުން އަނެއްކާވެސް ތަކުރާރުކުރާ ކަަމަށެވެ.

Advertisement - newsAdvertisement

އަދާލަތުން ބުނީ ވަކިން ޚާއްސަކޮށް މެދުނުކެނޑި 11 ދުވަސް ވަންދެން ވައިގެ މަގުން ހަމަލާދީ ފަލަސްތީނުގެ ޣައްޒާ ސުންނާފަތިކޮށް، ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އެތައް ބަޔަކު ޝަހީދުކޮށް، އެތައްހާސް ބަޔަކު ޒަޚަމްކޮށް، އެތަނަކީ އިންސާނީ ދިރުމަށް އެކަށީގެންނުވާ ތަނަކަށް ހަދާ، ހާލުގައި ޖެހިފައިވާ މީހުންނަށް ފެނާއި ކާނާއާއި ބޭސްފަރުވާއާއި ދިރިއުޅުމަށް ބޭނުންވާ އަސާސީ ވަސީލަތްތައް ފޯރުކޮދިނުމަށް ހުރަސްއެޅުމަށްފަހު އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އަލް-އަހްލީ އަރަބް ހޮސްޕިޓަލަށް ބޮންއަޅާ 500 އަށްވުރެ ގިނަ މީހުން ޝިހީދުކޮށްލުމަކީ އެއްވެސް މިންވަރަކަށް ދެބަސްވެ ދެކޮޅުހެދެންނެތް ކަމެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާއި ޚިލާފު ހަނގުރާމައިގެ ޖަރީމާއެއް ކަމަށް އަދާލަތުން ބުނެފައިވެއެވެ.

މީގެ އިތުރުން އިސްރާއީލުގެ މި ރަހުމެއްނެތް ޖަރީމާތައް ހުއްޓުވާ، ހަނގުރާމައިގެ ޖަރީމާތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅުއަޅާ ބައިނަލްއަގުވާމީ މުއައްސާކުން އެ މައްސަލަތައް ބަލާ ފިޔަވަޅު އެޅުމަށްވެސް އެޕާޓީން ވަނީ ގޮވާލާފައެވެ. އަދި އިސްރާއީލުގެ އުދުވާނަށް ވާގިވެރިވެ ކުށެއްނެތް ކުޑަކުދިންމެރުމަށް އެހީތެރިވެ ހަތިޔާރާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ހުޅަނގުގެ ގައުމުތަކުން ވަގުތުން އެކަން ހުއްޓާލުމަށް ވެސް އަދާލަތުން ގޮވާލާފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

22 މާރިޗު 2017

ވިލުފުށީ އެމްޑީޕީ ކެންޑިޑޭޓުން ހައްޔަރުކޮށް، ދައުވާކުރުން ކުށްވެރިކޮށްފި

22 މާރިޗު 2017
ވިލުފުށީ އެމްޑީޕީ ކެންޑިޑޭޓުން ހައްޔަރުކޮށް، ދައުވާކުރުން ކުށްވެރިކޮށްފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
11 މާރިޗު 2017

ފޭދޫ އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހަކު ޒަހަމް ކޮށްލައިފި

11 މާރިޗު 2017
ފޭދޫ އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހަކު ޒަހަމް ކޮށްލައިފި
02 މާރިޗު 2017

ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި

02 މާރިޗު 2017
ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
22 ފެބުރުއަރީ 2017

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް
13 ފެބުރުއަރީ 2017

މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

13 ފެބުރުއަރީ 2017
މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
06 ފެބުރުއަރީ 2017

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް