Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަދާލަތު ޕާޓީ

އަދާލަތު ޕާޓީއާއި އަލުން ގުޅިވަޑައިގަތުމަށް މިނިސްޓަރ ޝަހީމް ނިންމަވައިފި

އަދާލަތު ޕާޓީގެ ލީޑަރޝިޕަށް ވާދަކުރުމަށް ކެބިނެޓް ދޫކުރާކަށް ނުޖެހޭނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 30 އެޕްރީލު 2025 | ބުދަ 19:32
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު

އަދާލަތު ޕާޓީގެ ސީނިއަރ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އެޕާޓީއަށް ޚިދުމަތްކޮށްފައިވާތީ އަލުން ޕާޓީއާއި ގުޅިވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނިންމަވައިފި އެވެ.

މިނިސްޓަރ ޝަހީމް ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއަހަރު ފަހުކޮޅުގައި އަދާލަތު ޕާޓީގެ އައު ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެކްސްގައި ވިދާޅުވެފައިވަނީ ރައީސް މުއިއްޒުގެ ދޯހަޅިކަމާއި ހުރެ ޤައުމު ވެއްޓިފައި މިއޮތް ޙާލަތުން ސަލާމަތްކުރުމަށް، ރައީސް މުއިއްޒުގެ ކެބިނެޓް ދޫކުރައްވާ ޚާލިސްކަމާއެކު މިނިސްޓަރ ޝަހީމް ޢަދާލަތު ޕާޓީގެ ލީޑަރޝިޕަށް ވާދަކުރައްވާނަމަ އެކަމަށް އުފަލާއެކު މަރުޙަބާ ދަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

މިކަމަށް ރައްދު ދެއްވައި މިނިސްޓަރ ޝަހީމް ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ ލީޑަރޝިޕަށް ވާދަކުރުމަށް ކެބިނެޓް ދޫކުރާކަށް ނުޖެހޭނެ ކަމަށާއި ޕާޓީގެ މެމްބަރެއް މަޤާމެއްގައި ހުންނަން ދުސްތޫރު މަނާ ނުކުރާ ކަމަށެވެ.

އަދި އަދާލަތު ޕާޓީގެ މެމްބަރުން އޭނާ އިންތިޚާބު ކުރައްވައިފިނަމަ ކޮންގްރެސް އިން ނިންމާ ގޮތަކަށް ޕާޓީއާއިގެން ކުރިއަށްދާނެ ކަމަށްވެސް މިނިސްޓަރ ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރ ޝަހީމްގެ މިނިންމެވުމަށް ގިނަ އިލްމުވެރިން ދަނީ ޝަހީމްއަށް މަރުހަބާ ދަންނަވަމުންނެ އެވެ.

އަދާލަތު ޕާޓީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ޝަހީމް އެ ޕާޓީއިން ވަކިވެވަޑައިގަތީ 14 ފެބްރުއަރީ 2017 ގައެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭރުގެ ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ޝަހީމްވަނީ ވާދަކުރައްވާފަ އެވެ.

9049 މެމްބަރުން ތިބި އަދާލަތު ޕާޓީ އުފެއްދީ 18 އޮގަސްޓް 2005 ވަނަ އަހަރެވެ.

އަދާލަތު ޕާޓީމުޙައްމަދު ޝަހީމް އަލީ ސަޢީދުއިމްރާން އަބްދުﷲރައީސް މުއިއްޒު

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
15 ނޮވެމްބަރު 2025

ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ

15 ނޮވެމްބަރު 2025
ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ
22 އޮކްޓޯބަރު 2025

ހުރިހާ ނުބައެއް ފެށިގެން އައީ މުއިއްޒު ރިޔާސީ ޓިކެޓް ވަގަށް ނެގި ހިސާބުން: އިމްރާން

22 އޮކްޓޯބަރު 2025
ހުރިހާ ނުބައެއް ފެށިގެން އައީ މުއިއްޒު ރިޔާސީ ޓިކެޓް ވަގަށް ނެގި ހިސާބުން: އިމްރާން
20 އޮކްޓޯބަރު 2025

ރައީސް މުއިއްޒަށް އަދާލަތު ޕާޓީގެ ވަރުގަދަ ދެ އިލްތިމާސް!

20 އޮކްޓޯބަރު 2025
ރައީސް މުއިއްޒަށް އަދާލަތު ޕާޓީގެ ވަރުގަދަ ދެ އިލްތިމާސް!
03 އޮކްޓޯބަރު 2025

ވިޔަފާރިވެރިންނަށް 5 ހަފުތާގެ ތެރޭގައި ފައިސާ ދޫކުރަން ރައީސް ނިންމަވައިފި

03 އޮކްޓޯބަރު 2025
ވިޔަފާރިވެރިންނަށް 5 ހަފުތާގެ ތެރޭގައި ފައިސާ ދޫކުރަން ރައީސް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު