Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުރުއާނުގެ ހުލާސާ ތަފްސީރު

ފަނޑިޔާރު މަހާޒް ލިޔުއްވި ގުރުއާނުގެ ޚުލާޞާ ތަފްސީރު ނެރެދެއްވައިފި

މި ތަފްސީރު ނިމޭ އިރު އޮންނާނީ 06 ވޮލިއުމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2023 | އަންގާރަ 06:48
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ލިޔުއްވި ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ލިޔުއްވި ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ލިޔުއްވި ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރު ފޮތް ނެރުއްވައިފިއެވެ.

ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރު ފޮތުގެ ވޮލިއުމް 1 ނެރުއްވާފައިވަނީ ރާއްޖެ އިސްލާމްވިތާ 897 އަހަރު ފުރޭ ދުވަހާ ގުޅުވައިގެންނެވެ. މަހާޒު އަމިއްލަ ބްލޮގުގައި ވިދާޅުވެފައިވަނީ ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރު ލިޔުއްވުމުގެ ހިޔާލު އައީ ޤުރުއާން އެމްވީ އެޕްލިކޭޝަން ޢާންމުންނާ ހަމައަށް އައި ދުވަހުން ފެށިގެން ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާއާމެދު އެކި ކަހަލަ ޚިޔާލުތައް ލިބެމުން އައި ކަމަށެވެ.

އަދި ޝަކުވާތައްވެސް ލިބިވަޑައިގެންނެވި ކަމަށާއި، މި ހުރިހާ ޚިޔާލުތަކާއި، ޝަކުވާތައް މަހާޒުގެ ކޮއްކޮ ނިހާޒު ފޯރުކޮށްދެއްވާ ކަމަށެވެ. އަދި މި ޚިޔާލުތައް ބައެއް ފަހަރު ހިއްސާ ކުރައްވާފައިވަނީ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި، އާންމުން ކަމަށެވެ. މި ޚިޔާލުތަކުން ފާހަގަވީ ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ތަރުޖަމާގައި ހުރި އެކި ކަހަލަ އައިބުތައް ކަމަށާއި، ޚިޔާލުތައް ލިބެން ފެށުމުން ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ އިސްލާހުކޮށް މުރާޖަޢާ ކުރުމުގެ ޚިޔާލު ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ކީރިތި ޤުރުއާނުގެ އައު ތަރުޖަމާއެއް ދިވެހިންނާ ހަމައަށް ގެނެސް ދިނުމުގެ ޚިޔާލު ވެސް ކުރެއްވުނު ކަމަށެވެ.

މަހާޒު ވިދާޅުވީ މި މަސައްކަތުގައި ތަފްސީރު ފޮތްތައް ކިޔައި ހެދުމުން ކުރީގެ ވިސްނުން ބަދަލު ކުރަން މަޖުބޫރުވި ކަމަށެވެ. ކީރިތި ޤުރުއާނަކީ ހަމައެކަނި ލަފުޒީ ތަރުޖަމާއަކުން ފުއްދައިލެވޭނެ އެއްޗެއް ނޫންކަމުގައި ވިސްނެން ފެށި ކަމަށާއި، އާޔަތްތަކުގެ މާނަ ގެނެސް ދިނުމުގައި ކޮންމެވެސް ވަރަކަށް އާޔަތުގެ ތަފްސީރު ގެނައުމަކީ މުހިންމު ކަމެއް ކަމުގެ އިހުސާސްކުރެވުނު ކަމަށެވެ. އަދި ދިވެހި ބަހުން ލިޔެފައިވާ ކީރިތި ޤުރުއާނުގެ ތަރުޖަމާތަކަށް ބަލާއިރު، އާޔަތްތަކުގެ މާނަ ކުރުކޮށް ބުނެ ނުދެވިގެން ބްރެކްޓް ތަކުގައްޔާއި "އެބަހީ، ޔަޢުނީ" ތަކުގައި އިތުރު ތަފުސީލު ބަޔާން ކޮށްފައި ވުމުން، އެ މަސައްކަތް ކުރެއްވި ފަރާތްތައް އުފުއްލަވާފައިވާ ބުރަ އިހުސާސް ކުރެވުނެ ކަމަށެވެ. މި ސަބަބުތަކާހުރެ ލިޔަން ފަށާނީ ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރެއް ކަމުގައި ނިންމެވި ކަމަށް މަހާޒު ވިދާޅުވިއެވެ.

އެންމެ ފުރަތަމަ މި ތަފްސީރު ލިޔަން ފެށީ 2016 ނޮވެމްބަރ 05 ވަނަ ދުވަހުގެރޭ އޭ.ޑީ.ކޭ ހޮސްޕިޓަލުގައި އިންނަވައިގެން ކަމަށް މަހާޒް ވިދާޅުވިއެވެ. ފުރަތަމަ ލިޔުއްވަން ފެއްޓެވީ ސޫރަތުއް ނަބައުގެ ތަފްސީރު ކަމަށާއި، އެ ފެށުނު ގޮތަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި 28 ވަނަ ފޮތާއި، 29 ވަނަ ފޮތާއި 30 ވަނަ ފޮތް ލިޔެ ނިމުނު ކަމަށް މަހާޒް ވިދާޅުވިއެވެ. ދެން ފެށީ ކީރިތި ޤުރުއާނުގެ ކުރީ ކޮޅުން ކަމަށާއި، އެންމެ ފުރަތަމަ ފަސްފޮތް (ފުރަތަމަ ވޮލިއުމް) ނުކުންނައިރު، 10 ވަނަ ފޮތާ ހަމައަށް، (ދެވަނަ ވޮލިއުމް) މިހާރު ވަނީ އިސްލާމިކް މިނިސްޓްރީން ފާސްކޮށް ދެއްވާފައި ކަމަށް މަހާޒް ވިދާޅުވިއެވެ. އަދި ތިންވަނަ ވޮލިއުމް ލިޔުމުގެ 95 އިންސައްތަ ނިމިފައިވާ ކަމަށް ވެސް މަހާޒް ވިދާޅުވިއެވެ.

މަހާޒް ވިދާޅުވީ މަސްދަރުތައް ނަގާފައިވަނީ ސަޢޫދިޢަރަބިޔާގެ އައްތަފްސީރުލް މުޔައްސިރު އާއި އަލްމުޚްތަޞަރު ފީ ތަފްސީރިލް ޤުރާނިލްކަރީމް ދެ ފޮތުން ކަމަށެވެ. މީގެ އިތުރުން އިބްނު ކަޘީރުގެ ތަފްސީރާއި ތަފްސީރު ޤުރުޠުބީ ފަދަ ތަފްސީރުތައް ވެސް އެކި މައުޟޫޢޫތަކުގައި ބަލާފައިވާނެ ކަމަށް މަހާޒް ވިދާޅުވިއެވެ.

މި ތަފްސީރު ނިމޭ އިރު އޮންނާނީ 06 ވޮލިއުމަށެވެ. ކޮންމެ ފަސްފޮތަކީ ވޮލިއުމެކެވެ. ފުރަތަމަ ވޮލިއުމަކީ 444 ސަފުހާގެ ވޮލިއުމެކެވެ. މި ތަފްސީރުގައި ކޮންމެ އާޔަތެއްގެ ތަފްސީރު ލިޔެފައި ވަނީ ފަރުވާތެރިކަމާއެކު އެ އާޔަތުގެ ތަފްސީރު ކުރުކޮށް ދިވެހިން ބުނެދެވޭނެ ގޮތް ވިސްނައިގެން އެކަމަށް ސަމާލުކަން ދީގެން ކަމަށް މަހާޒް ވިދާޅުވިއެވެ. ދީނީ މުސްކުޅި ބަހުރުވަ ދޫކޮށް، ސާފުކޮށް ތިލަ ޢިބާރާތް ބޭނުން ކުރުމަށް ބާރު އަޅުއްވާ ލިޔުމުގައި ދެތިން ތަންކޮޅެއްގައި މެނުވީ މުޅިން ވެސް ބޭނުން ކޮށްފައި ހުންނާނީ ތާނަ އަކުރު ކަމަށް މަހާޒް ވިދާޅުވިއެވެ. ޢަރަބި ލަޒުފުތައް ލިޔެފައި ހުންނާނީ ތިކިޖެހި ތާނައިން ކަމަށާއި، މިއީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގައި ތަފްސީރު ބޭނުން ކުރުމުގެ ފަސޭހައަކަށް ކަމަށް ވިދާޅުވިއެވެ.

މި ފޮތް މި ވަގުތު މާލެ އާއި ހުޅުމާލޭގެ ނޮވެލްޓީ ބުކްޝޮޕުން ލިބޭނެ ކަމަށް މަހާޒް ވިދާޅުވިއެވެ. އަގަކީ 390 ރުފިޔާއެވެ. އަދި ލަސްތަކެއް ނުވެ ގުރުއާން އެމްވީ އެޕްލިކޭޝަނަށް މި ތަފްސީރު ފެންނާނެ ކަމަށް މަހާޒް ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު