Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

ފަނޑިޔާރު މަހާޒް އާއި އަޒްމިރަލްދާއާ ދެކޮޅަށް މައްސަލަތަކެއް ބައްލަވާ ކަމަށް ބުނެ، އެ ދެ ފަނޑިޔާރުން ސަސްޕެންޑު ކޮށްފައި ވަނީ ފެބްރުވަރީ މަހުގެ 26 ވަނަ ދުވަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 މެއި 2025 | ހޯމަ 08:24
ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު (ވ) އަދި މަހާޒު އަލީ ޒާހިރު (ކ)

ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު (ވ) އަދި މަހާޒު އަލީ ޒާހިރު (ކ)

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަލްއުސްތާޛް މަހާޒް އަލީ ޒާހިރު އާއި ޑޮކްޓަރު އަލްމިރަލްދާ ޒާހިރު ވަކި ކުރުމާ ދެކޮޅަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ހިމެނި ވަޑައިގަންނަވާ ހައި ކޯޓާއި، ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި އެވެ.

ފަނޑިޔާރު ކަމުގެ މަޤާމުން މަހާޒް އާއި އަޒްމިރަލްދާ ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމާ މެދު ގޮތެއް ނިންމުމަށް، ޖޭއެސްސީގެ ބައްދަލުވުން ބޭއްވީ އާދީއްތަ ދުވަހު އެވެ.

Advertisement - newsAdvertisement

އާދީއްތަ ދުވަހުގެ މެންދުރު ފަހު ބޭއްވި އެ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ ފަނޑިޔާރު ކަމުން މަހާޒް އާއި އަޒްމިރަލްދާ ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށެވެ.

ވޯޓުގައި ބައިވެރި މެމްބަރުންގެ ތެރެއިން މަހާޒް އާއި އަޒްމިރަލްދާ ވަކި ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ ފަސް މެމްބަރުންނެވެ.

އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ އިތުރުން، ދާދި ފަހުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު އަލްއުސްތާޛް ޙުސެއިން ޝަހީދު، ޖޭއެސްސީ އަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެމްބަރު ޔަޒްމީދު މުޙައްމަދު، ޤާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރު ޢަލީ ޢަބްދުއް ލަޠީފް އަދި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިޙު އެވެ.

މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުންނެވެ. އެއީ ހައި ކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒު އާއި ދަށު ކޯޓުތައް ތަމްސީލު ކުރައްވާ ސިވިލް ކޯޓުގެ ގާޒީ ފަރުޙާދު ޝަރީފް އެވެ.

ކޮމިޝަންގައި ހިމެނި ވަޑައިގަންނަވާ އެހެން މެމްބަރުންގެ ތެރެއިން، ބަންޑާރަ ނައިބު އަލްއުސްތާޛް އަޙުމަދު އުޝާމް ކޮމެޓީގެ ބައްދަލުވުމަށް ވަޑައިފެންފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މީގެ އިތުރުން އާންމުންގެ ތެރެއިން ޖޭއެސްސީ އަށް ކަނޑައަޅާފައި އިންނަވާ މެމްބަރު، ޑޮކްޓަރު އާމިނަތު އުލްމު ކުލްސޫމް ވަކި ގޮތަކަށް ވޯޓު ދެއްވާފައި ނުވެ އެވެ.

ދެން ކޮމިޝަންގައި ހިމެނި ވަޑައިގަންނަވަނީ ކޮމިޝަންގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރު ޙުސެއިން ރިޟާ އާދަމް އެވެ. އޭނާ އިންނެވީ ރިޔާސަތުގަ އެވެ.

ފަނޑިޔާރު މަހާޒް އާއި އަޒްމިރަލްދާއާ ދެކޮޅަށް މައްސަލަތަކެއް ބައްލަވާ ކަމަށް ބުނެ، އެ ދެ ފަނޑިޔާރުން ސަސްޕެންޑު ކޮށްފައި ވަނީ ފެބްރުވަރީ މަހުގެ 26 ވަނަ ދުވަހު އެވެ. އެއީ އޭރު ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް ދުސްތޫރީ މައްސަލައިގެ ޝަރީއަތެއް ފަށަން ކުޑަތަންވެފައި ވަނިކޮށެވެ.

އެ ދެ ފަނޑިޔާރުންނާ އެކު، އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަލްއުސްތާޛް ޙުސްނު ސުއޫދު ވެސް ސަސްޕެންޑު ކުރެއްވި އެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ، އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ސުއޫދު ވަނީ ފަނޑިޔާރު ކަމުން އިސްތިއުދާ ދެއްވާފައި އެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުޖޭއެސްސީސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުފަނޑިޔާރު އަޒްމިރާލްދާ ޒާހިރު

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑެތި މައްސަލަ ތަކުގައި ހެކިބަސް ދޭ ފަރާތްތަކަށް ބިރުދައްކަމުންދާ ކަމަށް ވިދާޅުވުމުން، ގާޒީ އަލީ އާދަމްގެ ސުލޫކީ މައްސަލަ އެއް ޖޭއެސްސީ އަށް ހުށަހަޅައިފި

ބޮޑެތި މައްސަލަ ތަކުގައި ހެކިބަސް ދޭ ފަރާތްތަކަށް ބިރުދައްކަމުންދާ ކަމަށް ވިދާޅުވުމުން، ގާޒީ އަލީ އާދަމްގެ ސުލޫކީ މައްސަލަ އެއް ޖޭއެސްސީ އަށް ހުށަހަޅައިފި

12 ޑިސެމްބަރު 2025
ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025
ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

04 ޖޫން 2025
ޤާނޫނުތަކާއި ޚިލާފަށް ދެ ފަނޑިޔާރުން ވަކިކުރުން އެމްޑީޕީން ކުށްވެރިކޮށްފި

ޤާނޫނުތަކާއި ޚިލާފަށް ދެ ފަނޑިޔާރުން ވަކިކުރުން އެމްޑީޕީން ކުށްވެރިކޮށްފި

14 މެއި 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު