Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

އިޓަލީ އޮތީ ނުތަނަވަސްކަމެއްގައި

ސްޕަލެޓީ ބުނީ، އިޓަލީގެ ފުޓްބޯޅައިގެ ޒުވާން ބައެއް ކުޅުންތެރިންނަށް ކުރިމަތިވި އަސަރު މުޅި ޓީމަށް ކޮށްފައިވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 އޮކްޓޯބަރު 2023 | އަންގާރަ 05:53
އިޓަލީގެ ކޯޗު ލޫސިއާނޯ ސްޕަލެޓީ

އިޓަލީގެ ކޯޗު ލޫސިއާނޯ ސްޕަލެޓީ

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި އިންގްލެންޑާ ދެކޮޅަށް ނިކުންނައިރު، އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އޮތީ ނުތަނަވަސްކަމެއްގައި ކަމަށް އެ ޓީމުގެ ކޯޗު ލޫސިއާނޯ ސްޕަލެޓީ ބުނެފި އެވެ.

ޔޫރޯ ކޮލިފިކޭޝަންގައި އަންގާރަ ދުވަހުގެ ރޭ އިންގްލެންޑާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ސްޕަލެޓީ ބުނީ، އިޓަލީގެ ފުޓްބޯޅައިގެ ޒުވާން ބައެއް ކުޅުންތެރިންނަށް ކުރިމަތިވި އަސަރު މުޅި ޓީމަށް ކޮށްފައިވާ ކަމަށެވެ. އެއީ އޭނާ އަމިއްލަ ގޮތުން ވެސް ހިތާމަކުރާ ކަމަށް ސްޕަލެޓީ ބުންޏެވެ. ސަބަބަކީ އެއީ އޭގެ ތެރެއިން ކޮންމެ ކުޅުންތެރިޔަކީ ވެސް މޮޅަށް ކުޅޭ، ރަނގަޅު ކުޅުންތެރިންނަށްވުމުން ކަމަށް އޭނާ ބުންޏެވެ.

ސްޕަލެޓީ ބުނީ އެކަމުގައި ތާށިވެގެން އިޓަލީ ޓީމަށް ނޯވެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި މުޅި ޓީމު ކުރިއަށް ދާން ޖެގޭ ކަމަށާއި، އަމާޒު ހިފާފައިވާ ކަންކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެ ކުޅުންތެރިންނާ މެދު މިހާރު ވިސްނަން ޖެހޭނީ އެނބުރި އައުކަން ފާހަގަކޮށް ސްޕަލެޓީ ބުނީ، އެހާ ހިސާބުން އެ ކުޅުންތެރިންގެ ކަންކަމަށް ބެލުމަށްފަހު ޓީމަށް ނަގާނީތޯ ނުވަތަ ނޫންތޯ ނިންމާނީ ކަމަށެވެ. އިޓަލީން އަބަދު ވެސް މަސައްކަތް ކުރާނީ ނަތީޖާ ނެރެން ކަމަށާއި، އެހެންކަމުން ވަކި އެއްވެސް ކުޅުންތެރިޔަކަށް ބަރޯސާ ނުވާނެ ކަމަށް ވެސް ސްޕަލެޓީ ބުންޏެވެ. އޭނާ ބުނި ގޮތުގައި ޓީމުގައި ނުތަނަވަސްކަމެއް އޮތް ނަމަވެސް، އިޓަލީ އަށް ރަނގަޅު ކުޅުމެއް ދެއްކޭނެކަމުގެ އުންމީދު ބޮޑެވެ. އެހެންކަމުން އެ މެޗުން ނަތީޖާ ނެރުމަށްޓަކައި، ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށް ސްޕަލެޓީ ވަނީ ބުނެފަ އެވެ.

ޖިނާއީ ތަހުގީގެއް ފުލުހުން ކުރިއަށް ގެންދާތީ، އިޓަލީ ގައުމީ ޓީމުގެ ސްކޮޑުން ސަންޑްރޯ ޓޮނާލީ އަދި ނިކޮލޯ ޒަނިއޯލޯ ވަނީ އުނިކޮށްފަ އެވެ. އޭގެ ފަހުން މޯލްޓާއާ ދެކޮޅަށް އިޓަލީން ކުޅުނީ އެ ދެ ކުޅުންތެރިން ނުލަ އެވެ. ނަމަވެސް އެ މެޗުން އިޓަލީ ވަނީ މޮޅުވެފަ އެވެ. އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި އިޓަލީން އެ ޓީމާ ދެކޮޅަށް ނިކުންނާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ އިން 23:45 ގައެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

ވިކްޓްރީ އޮތީ އުނދަގޫ ހާލަތެއްގައި، މާޒިޔާ އަތުން މޮޅުވާން އެބަޖެހޭ: ސުޒެއިން

23 އެޕްރީލު 2017
ވިކްޓްރީ އޮތީ އުނދަގޫ ހާލަތެއްގައި، މާޒިޔާ އަތުން މޮޅުވާން އެބަޖެހޭ: ސުޒެއިން
16 އެޕްރީލު 2017

އިސްކޯގެ މުސްތަޤުބަލު އޮތީ ރެއާލް މެޑްރިޑާ އެކު: ޒިދާން

16 އެޕްރީލު 2017
އިސްކޯގެ މުސްތަޤުބަލު އޮތީ ރެއާލް މެޑްރިޑާ އެކު: ޒިދާން
11 އެޕްރީލު 2017

ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!

11 އެޕްރީލު 2017
ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!
04 އެޕްރީލު 2017

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ
25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
19 ފެބުރުއަރީ 2017

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު