Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޓާޓޯގެ ކަންބޮޑުވުންތައް

ފަތުރުވެރިކަމުގެ ހާލަތު ނާޒުކު، ޓްރެވަލް އެޖެންޓުންނާއި ގުޅޭ ގާނޫނެއް ވުޖޫދުވާން ޖެހޭ: މަޓާޓޯ

ސަރވޭގެ ނަތީޖާއަށް ބަލާ 7 ކަމެއް ފާހަގަކޮށް އެކަންކަމަށް ހައްލު ގެނައުމަށް މަޓާޓޯއިން ވަނީ ގޮވާލާފަ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 އޮކްޓޯބަރު 2023 | ހޯމަ 17:57
މަޓާޓޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މަޓާޓޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގެ ފަތުރުވެރިކަމުގެ ހާލަތު މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތަކަށް އަވަސްގޮތަކަށް ހައްލު އަންނަންޖެހޭކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާޒް (މަޓާޓޯ)އިން ބުނެފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ހިމެނޭގޮތުން 2000 މީހަކު ބައިވެރިކޮށްގެން މަޓާޓޯއިން ކުރިޔަށްގެންދިޔަ ސަރވޭގެ ނަތީޖާ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ އާންމުކޮށްފައެވެ. ސަރވޭގެ ނަތީޖާ އާއި ފާހަގަވާ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ މިސަރވޭފައި ލޯކަލް އެޖެންޓުންނާއި ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި ލިވަބޯޑްސްތަކާއި ޓޫރިޒަމްގެ ޕްރޮފެޝަނަލުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މައުލޫމާތު އެއްކޮށްފައިވާކަމަށެވެ.

9 ދާއިރާއަކުން ސަރވޭ ކުރިޔަށްގެންދިޔައިރު 30 ސުވާލެއް ކޮށްފައިވާކަމަށާއި ރަސްމީކޮށް އަދި ނުރަސްމީކޮށް މަޝްވަރާ ބައްދަލުވުންތަކެއްވެސް ކުރިޔަށްގެންގޮސްފައިވާކަމަށް އަބްދުﷲ ވިދާޅުވިއެވެ.

އެންމެފަހުން ރާއްޖޭގައި މިފަދަ ދިރާސާއެއްކޮށްފައިވަނީ 2011 ވަނަ އަހަރު ކަމަށާއި އެފަހަރުގެ ދިރާސާއިން ހާމަވީ ރާއްޖެ އަންނަ ފަތުރުވެރިންގެ 25 އިންސައްތަ އަކީ ލޯކަލް އެޖެންޓުން ގެންނަ ފަތުރުވެރިންކަމަށެވެ. މިހާރު އެއަދަދު ހުރީ 34 އިންސައްތައިގައި ކަމަށާއި ވަކިން ޚާއްސަކޮށް ކޮވިޑާއި ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލިއިރު ފުރަތަމަ ތިން މަސް ދުވަހު އެންމެ ގިނަ ފަތުރުވެރިން ގެނައީ ލޯކަލް އެޖެންޓުންކަމަށް އަބްދުﷲ ވިދާޅުވިއެވެ.

މީގެއިތުރުން ލޯކަލް އެޖެންޓުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް އެކި ފަހަރު މަތިން މަސައްކަތްކޮށްފައިވާނެކަމަށާއި ހުރި ގޮންހުންތަކަށް ހައްލު ގެނައުމަށް ގާނޫނެއް ގެނައުމަށް ދެ ފަހަރެއްގެ މަތިން ބިލެއްވެސް ޑްރާފްޓްކޮށްފައިވާނެކަމަށް އަބްދުﷲ ވިދާޅުވިއެވެ.

އަބްދުﷲ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން ރާއްޖެ އަންނަ ފަތުރުވެރިން ބަލަނީ އެންމެ ރަނގަޅު މެޓްރިކްސް ބޭނުންކޮށްގެން ނޫންކަމަށެވެ.

އެންމެފަހުން ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް 1.4 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު މީރާއަށް ޓެކްސްގެ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާއިން 1.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ ކޮންމެ ފަތުރުވެރިއަކަށް 536 ޑޮލަރުކަމަށާއި އެ އަދަދަކީ ސަރުކާރަށް ސީދާ ވަންނަ ފައިސާކަމަށް އަބްދުﷲ ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރުގެ ބެޑް ކެޕޭސިޓީއަކީ 62،000 ކަމަށްވާއިރު ރާއްޖެ އައި 1.4 މިލިއަން ފަތުރުވެރިން ބޭނުންކޮށްފައިވަނީ މީގެތެރެއިން 44 އިންސައްތަ ބެޑް ކަމަށްވާއިރު މިއީ ވިސްނާލަންޖެހޭކަމެއްކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޓާޓޯގެ ނައިބު ރައީސް މުހައްމަދު ޝާޒު ވިދާޅުވިއެވެ.

ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 18 ރިސޯޓް އަލަށް ހުޅުވޭއިރު އިތުރު ގެސްޓް ހައުސްތައް ހުޅުވޭނެކަމަށާއި އެހެންކަމުން މިއީ މިހާރުއްސުރެ ވިސްނަންޖެހޭ ކަމެއްކަމަށް ޝާޒު ވިދާޅުވިއެވެ. އެކަމަށްޓަކައި ގައުމީ އެއަރލައިން މިހާރަށްވުރެ ވަރުގަދަވާން ޖެހޭކަމަށްވެސް ޝާޒު ވިދާޅުވިއެވެ. އަދި މިހާރު ފަތުރުވެރިކަމުގެ ސިނާއަތް ދަނީ ވަޅުގަނޑަކަށް ވެއްޓެމުންކަމަށާއި އެކަމުން އަރައިގަންނަންޖެހޭކަމަށް ޝާޒު ވިދާޅުވިއެވެ.

ސަރވޭގެ ނަތީޖާއަށް ބަލާ 7 ކަމެއް ފާހަގަކޮށް އެކަންކަމަށް ހައްލު ގެނައުމަށް މަޓާޓޯއިން ވަނީ ގޮވާލާފައެވެ.

އޭގެތެރޭގައި ހިމެނެނީ ލޯކަލް ޓްރެވަލް އެޖެންޓުންނާއި ގުޅޭ ބިލެއް ނެތުން، ލޯކަލް އެޖެންޓުންނަަށް ހިމާޔަތް ލިބޭ އުސޫލުތަކެއް ޓެކްސް ނިޒާމުން ތައާރަފްކުރުން އަދި ޓެކްސް ކުޑަކުރެވޭނެ ގޮތެއް ކަނޑއެޅުން،އޮންލައިން ޓެރެވަލް އެޖެންސީތަކުގައި ވާދަވެރިކަން ހަމަހަމަ ކަމެއް ނެތުމާއި ބޭންކް ޕޭމަންޓުތަކުގައި ދަތިވުމާއި ބޭރުގެ ޓްރެވަލް އެޖެންޓުންނާއި އެޖެންސީތައް ރެގިއުލޭޓްކުރެވޭނެ ގޮތެއް ކަނޑައެޅުމެވެ.

މަޓާޓޯއިން ފާހަގަކުރާ ގޮތުގައި ރާއްޖޭގެ ސަރުކާރަށް ޓެކްސް ނުދައްކާ ޓްރެވަލް އެޖެންސީތަކަށް އެމްއެމްޕީއާރުސީގެ އިވެންޓްތަކުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދާ ދިޔުމަކީ ކަންބޮޑުވުމެއްކަމަށާއި އެކަމަށް ހައްލު އަންނަންޖެހޭކަމަށެވެ. އަދި ރާއްޖެއިން ބޭރު މީހުން ރާއްޖޭގައި ޓްރެވަލް އެޖެންސީތައް ހިންގަމުންދާއިރު އެކަންކަން ބެލޭނެ އިންތިޒާމުތަކެއް ހަމަޖެހިފައިނުވާއިރު އެސްއެމްއީގައިވެސް ޓްރެވަލް އެޖެންސީތަކަށް ޖާގަ ލިބެންޖެހޭކަމަށެވެ.

މަޓާޓޯއިން ބުނީ ދެން އަންނަ ސަރުކާރަކުން މިކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް މަސައްކަތްކުރާނެކަމަށް އުންމީދުކުރާކަމަށެވެ.

އިތުރަށް ކިޔާލަން

22 މެއި 2017

ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް

22 މެއި 2017
ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް
01 މެއި 2017

ގްރީން ޒޯނުގައި ހުރި ޓްރެވަލް އެޖެންސީއެއް ފަޅާލުމަށް ފަހު، ރޯކޮށްލައިފި

01 މެއި 2017
ގްރީން ޒޯނުގައި ހުރި ޓްރެވަލް އެޖެންސީއެއް ފަޅާލުމަށް ފަހު، ރޯކޮށްލައިފި
01 މެއި 2017

މޭޑޭގައި ނުކުތް ހާލަތު ބަދަލެއް ނުވޭ، އަލުން ސަފުތައް ރުކުރުވާލަންޖެހޭ: އަމީން

01 މެއި 2017
މޭޑޭގައި ނުކުތް ހާލަތު ބަދަލެއް ނުވޭ، އަލުން ސަފުތައް ރުކުރުވާލަންޖެހޭ: އަމީން
26 އެޕްރީލު 2017

ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ ހާލަތު އޮސްޓްރޭލިޔާ އެމްބެސެޑަރާ ހިއްސާކޮށްފި

26 އެޕްރީލު 2017
ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ ހާލަތު އޮސްޓްރޭލިޔާ އެމްބެސެޑަރާ ހިއްސާކޮށްފި
25 މާރިޗު 2017

ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!

25 މާރިޗު 2017
ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!
23 މާރިޗު 2017

ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި

23 މާރިޗު 2017
ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި
18 މާރިޗު 2017

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
09 މާރިޗު 2017

ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު ދެއްކުމަށް ހިލްޓަންގެ މައްޗަށް ހުކުމް ކޮށްފި

09 މާރިޗު 2017
ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު ދެއްކުމަށް ހިލްޓަންގެ މައްޗަށް ހުކުމް ކޮށްފި
06 މާރިޗު 2017

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު