Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެރިޓޭޖް މިނިސްޓްރީގެ މަސައްކަތްތައް

ކޮންމެ ރަށެއްގައިވެސް މިއަދާ ހަމައަށް ހުރި ތަރިކައާބެހޭ މައުލޫމާތު އެއްކުރެވިއްޖެ: ތާރިގު

އާސާރީ ތަންތަނާއި ތަރިކައިގެ ސަބަބުން އެ ރަށެއްގެ މީހުންނަށް އާމްދަނީ ލިބުމަށް މަގުފަހިވެގެންދޭ

ޝަބާ ޔޫސުފް
ޝަބާ ޔޫސުފް | 15 އޮކްޓޯބަރު 2023 | އާދީއްތަ 17:46
ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތާރިގު

ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތާރިގު

ކޮންމެ ރަށެއްގައިވެސް މިއަދާ ހަމައަށްހުރި ތަރިކައާބެހޭ މައުލޫމާތު އެއްކުރެވިއްޖެ ކަމަށް، ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތާރިގު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ތާރިގު ވިދާޅުވީ، ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާއެއް ވުޖޫދުވެގެން ކުރި މަސައްކަތް މުޅި ރާއްޖެއިންވެސް ފެންނަން ހުރިކަމަށެވެ. އަދި ރަށްރަށުގައި ވީރާނާވާން ދޫކޮށްލެވިފައި ހުރި އެތައް ތަނެއް މަރާމާތުކުރެވިއްޖެ ކަމަށާއި، ކުރެވުނު މަސައްކަތްތަކުގެ ސަބަބުން މީހުންގެ ހޭލުންތެރިކަން އިތުރުވެފައި ވާކަމަށެވެ. އަދި ގާނޫނާއި ގަވާއިދުތަކުގެ އޮނިގަނޑަށް އައި ބަދަލުތަކާއި އެ އުސޫލުތަކުގެ ތެރެއިން ރައްޔިތުންނަށް މީގެ އަގު ވަޒަންކުރެވުނު މިންވަރު ފެންނާނެކަމަށެވެ.

މީގެއިތުރުން، ކޮންމެ ރަށެއްގައިވެސް ހުންނަ އާސާރީ ތަންތަނާއި ތަރިކައިގެ ސަބަބުން އެ ރަށެއްގެ މީހުންނަށް އާމްދަނީ ލިބުމަށް މަގު ފަހިވެގެންދާކަމަށާއި، ކުޑަކުދިންނާއި ޒުވާނުންނަށް އިލްމާއި ހުނަރު ލިބިގެންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރަށްރަށުގެ މައުނަވީ ތަރިކަ ދިރުވައި އާލާކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި ތާރިގު ވިދާޅުވީ، އެ ރަށެއްގެ ތަރިކަ ދިރުވައި އާލާކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެ ބައެއްގެ ޒިންމާއެއްކަމަށެވެ. އެގޮތުން މައުނަވީ ތަރިކައިގެ ގޮތުގައި ހުންނަ އެ ރަށެއްގެ ޒަމާންވީ އާދަކާދައާއި، ކާބޯތަކެއްޗާއި، ކުޅިވަރާއި، ވާހަކަދައްކާ ބަހުރުވައަކީވެސް ދިރުވައި އާލާކުރަންޖެހޭ ކަންކަން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ތާރިގު އިތުރަށް ވިދާޅުވީ ރަނގަޅު، ވަރުގަދަ ގައުމިއްޔަތެއް ބިނާކުރުމަށް އެންމެ ވަރުގަދަ މަަސައްކަތްތައް ކުރެވޭނެ ދާއިރާއަކީވެސް ފަންނާއި ސަގާފަތާއި ތަރިކައިގެ ދާއިރާކަމަށެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު