Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަތުރުވެރިކަން

2025 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުން 13.2 އިންސައްތައަށް އިތުރުވެގެންދާނެ

2023 ވަނަ އަހަރު 7.6 އިންސައްތަ އުފެއްދުންތެރިކަން ކުރިއަރާނެކަމަށް ކުރިން ލަފާކުރެވުނު އަންދާޒާ ވަނީ މިހާރު 9.4 އިންސައްތައަށް މުރާޖައާކޮށްފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2023 | އާދީއްތަ 03:23
ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރައިގެންދާނެކަމަށް ވަނީ ލަފާކޮށްފައި

ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރައިގެންދާނެކަމަށް ވަނީ ލަފާކޮށްފައި

2025 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުން 13.2 އިންސައްތައަށް އިތުރުވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާން 2024ން 2026ގައި ބުނެފައިވަނީ 2022 ވަނަ އަހަރު ނިމުނުއިރު އުފެއްދުންތެރިކަން ވަނީ އަންދާޒާތައް ފަހަނައަޅައި، 13.9 އިންސައްތަ ކުރިއަރާފައިވާ ކަމަށެވެ. މިއީ މި އަހަރުގެ ބަޖެޓަށް ކުރި އަންދާޒާއަށްވުރެ 1.6 ޕަސެންޓޭޖް ޕޮއިންޓް އިތުރު އަދަދެެއްކަމަށް ބުނެފައިވެއެވެ.

އަދި މި ކުރިއެރުމާއެކު 2022 ވަނަ އަހަރު ނިމުނުއިރު ކޮވިޑް-19ގެ ކުރިން އޮތް ހިސާބަށް އިގުތިސާދު ވަނީ އިއާދަވެފައެވެ. 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި ފެށިގެންދިޔަ ރަޝިއާ - ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އިތުރު އިގުތިސާދީ ލޮޅުންތަކަކާ ކުރިމަތިލާންޖެހިދާނެކަމަށް ލަފާކުރެވުނު ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާގެ ވިލުންވެރިކަމުގެ ސަބަބުން، މި ހަނގުރާމައިގެ އަސަރު ރާއްޖޭގެ އިގުތިސާދީ ދުވެލި ކުރިއަރަމުންދިޔަ މިންވަރަށް ކޮށްފައިވަނީ ކުރިންލަފާކުރި މިންވަރަށްވުރެ ކުޑަކޮށް ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާނުގައި ބުނެފައިވަނީ 2022 ވަނަ އަހަރުގެ އުފެއްދުންތެރިކަން ކުރީގެ އަންދާޒާތަކަށްވުރެ އިތުރުވުމުގައި މައިގަނޑުގޮތެއްގައި ހިއްސާވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމެވެ. 2022 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން 22.4 އިންސައްތައިން ކުރިއަރައިފައިވީއިރު މިއީ ކުރީގެ އަންދާޒާތަކަށްވުރެ 5.2 ޕަސެންޓޭޖް ޕޮއިންޓް އިތުރު އަދަދެކެވެ.

އަދި މި ކުރިއެރުމަކީ ފަތުރުވެރިން އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތްކުރާ އެއް ގައުމުކަމަށްވާ ޗައިނާގެ ބޯޑަރު ބަންދުކޮށްފައި ވަނިކޮށް ހޯދުނު ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ، ފަތުރުވެރިކަމުގެ ދާއިރާ މެދުރާސްތާގައި ކުރިއެރާނެކަމަށް ލަފާކުރެވެނީ އަހަރަކު އެވަރެޖްކޮށް 8.8 އިންސައްތައިންނެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލާއި، ހަނިމާދޫ އަދި ގަމުގައި އެއާޕޯޓުތައް ތަރައްގީ ކުރުމުގެ މަސައްކަތް ނިމުމުން މި އަދަދު ދެގުނައަށް އިތުރުވެ 2025 ވަނަ އަހަރުގައި ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުން 13.2 އިންސައްތައަށް އިތުރުވެގެންދާނެކަމަށް ލަފާކުރެވެއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އެހެން ގިނަ ދާއިރާތައްވެސް ވަނީ ކުރިން އަންދާޒާކުރި މިންވަރަށްވުރެ ބާރު ދުވެއްޔެއްގައި 2022 ވަނަ އަހަރު ކުރިއަރައިފައިވެއެވެ.

އިމާރާތްކުރުމާއި ރިއަލް އެސްޓޭޓްގެ ދާއިރާގެ އުފެއްދުންތެރިކަން 2022 ވަނަ އަހަރު 23.3 އިންސައްތަ ކުރިއަރާނެކަމަށް 2023 ވަނަ އަހަރުގެ ބަޖެޓު ތައްޔާރުކުރިއިރު އަންދާޒާކުރި ނަމަވެސް، 2022 ވަނަ އަހަރު ނިމުނުއިރު މި ދާއިރާގެ އުފެއްދުންތެރިކަން އިތުރުވެފައިވަނީ 11.8 އިންސައްތައިންނެވެ. ސަބަބަކީ 2022 ވަނަ އަހަރުގެ ފުރަތަމަ މަސްތަކުގައި މި ދާއިރާ ކުރިއެރި ބާރުމިނަށްވުރެ، އަހަރުގެ ފަހު ކުއާޓަކުރުގައި މި ދާއިރާގެ ކުރިއެރުން މަޑުޖެހުމެވެ.

2022 ވަނަ އަހަރުގެ ފަހުކޮޅު މުޅި ދުނިޔޭގައިވެސް އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ ވިޔަފާރިއާއި އިމާރާތްކުރުމުގެ ދާއިރާގެ ހަރަކާތް ވަނީ މަޑުޖެހިފައެވެ. އެހެންނަމަވެސް ދުނިޔޭގެ ބާޒާރުގެ ސަޕްލައިޗެއިނަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވެމުން އަންނާތީ، 2023 ވަނަ އަހަރު މި ދާއިރާގެ އުފެއްދުންތެރިކަން 8.1 އިންސައްތަ ކުރިއަރާނެކަމަށް ކުރެވުނު އަންދާޒާ، މިހާރު ވަނީ 9.5 އިންސައްތައަށް މުރާޖައާކޮށްފައެވެ.

އަދި މެދުރާސްތާގެ އަންދާޒާތަކަށް ބަލާއިރު 2024 ވަނަ އަހަރުން ފެށިގެން 2026 ވަނަ އަހަރާ ހަމަޔަށް، ކޮންމެ އަހަރަކު އެވަރެޖްކޮށް މި ދާއިރާގެ އުފެއްދުންތެރިކަން 7.7 އިންސައްތަ ކުރިއަރާނޭކަމަށް ބެލެވެއެވެ. މި ކުރިއެރުން އަންނާނެކަމަށް ލަފާކުރެވެނީ ސަރުކާރުގެ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކާއި، އަމިއްލަ ފަރާތްތަކުގެ ރެޒިޑެންޝިއަލް ޕްރޮޖެކްޓްތަކުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ އެސްޓެބްލިޝްމަންޓްތަކުގެ އިމާރާތްކުރުން ފުޅާވުމުގެ ސަބަބުންނެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން 2022 ވަނަ އަހަރުގެ އިގުތިސާދީ ދުވެއްޔަށް އެންމެ ބޮޑަށް ހިއްސާކޮށްފައި ވަނީ ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާއިންނާއި، އިމާރާތްކުރުމާއި ރިއަލް އެސްޓޭޓްގެ ދާއިރާއިންނެވެ. އެގޮތުން 2022 ވަނަ އަހަރު ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާ 17.1 އިންސައްތަ ކުރިއަރާފައިވާއިރ،ު އެ އަހަރު ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ ވަނީ 11.5 އިންސައްތަ ކުރިއަރައިފައެވެ. އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަނ،ް ސިއްހީ އަދި ތައުލީމީ ދާއިރާވެސް ވަނީ 4.2 އިންސައްތަ ކުރިއަރައިފައެވެ.

2023 ވަނަ އަހަރު 7.6 އިންސައްތަ އުފެއްދުންތެރިކަން ކުރިއަރާނެކަމަށް ކުރިން ލަފާކުރެވުނު އަންދާޒާ ވަނީ މިހާރު 9.4 އިންސައްތައަށް މުރާޖައާކޮށްފައެވެ. އަދި މެދުރާސްތާގައި އަހަރަކު އެވަރެޖްކޮށް 6.3 އިންސައްތައިން އިގުތިސާދު ކުރިއަރާނެކަމަށް ކުރިން ލަފާކުރިނަމަވެސް، މިހާރު އަންދާޒާކުރެވެނީ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު ހުންނާނީ އެވަރެޖްކޮށް 6.8 އިންސައްތައިގައި ކަމަށެވެ.

މެދުރާސްތާގެ އެވަރެޖް އިގުތިސާދީ ދުވެލީގެ އަންދާޒާ މަތިވާނެކަމަށް ލަފާކުރެވޭ މައިގަނޑު ސަބަބަކީ 2025 ވަނަ އަހަރު ވެލަނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލާއި، އައްޑޫ އަދި ހަނިމާދޫ އެއާޕޯޓުތައް ތަރައްގީކޮށް ނިމުމުން، ފަތުރުވެރިކަން ކުރިއަރައި، އިގުތިސާދުގެ އެހެނިހެން ދާއިރާތަކަށްވެސް މިކަމުގެ ހެޔޮ އަސަރު ކުރާނެކަމަށް ބެލެވުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު