Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން - އިސްރާއީލް

ޣައްޒާ އަށް އިސްރާއީލުން ދޭ ހަމަލާތަކުގައި ކުށެއް ނެތް އާއްމުން ނިޔާވުން ބަލައެއް ނުގަނެވޭނެ - ޕޫޓިން

ޕޫޓިން މިފަދައިން ވިދާޅުވެފައި ވާއިރު އިސްރާއީލުން ވަނީ ޣައްޒާގައި ތިބި މިލިއަނެއްހާ މީހުން އެ ސަރަހައްދު ދޫކޮށް ދާން އަންގާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 އޮކްޓޯބަރު 2023 | ހުކުރު 10:50
ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕޫޓިން

ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕޫޓިން

ޣައްޒާ އަށް އިސްރާއީލުން ދޭ ހަމަލާތަކުގައި ކުށެއް ނެތް އާއްމުން ނިޔާވުން ބަލައެއް ނުގަނެވޭނެ ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ހުކުރު ދުވަހު ޣައްޒާ އަށް މެދު ނުކެނޑި އިސްރާއީލުން ދެމުންދާ ހަމަލާތަކާއި ގުޅިގެން ވާހަކަދައްކަވަމުންނެވެ،

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ އަސަރު ކުށެއް ނެތް އާއްމު ރައްޔިތުންނަށް ކުރާ ކަމަށާއި އާއްމުންގެ އެތައް ބަޔަކަށް އަނިޔާވެ އެތައް ބަޔަކު ނިޔާވަމުންދާ ކަމަށް ޕޫޓިން ވަނީ ބުނެފައެވެ.

އެއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕޫޓިން ވަނީ ބުނެފައެވެ.

ޕޫޓިން މިފަދައިން ވިދާޅުވެފައި ވާއިރު އިސްރާއީލުން ވަނީ ޣައްޒާގައި ތިބި މިލިއަނެއްހާ މީހުން އެ ސަރަހައްދު ދޫކޮށް ދާން އަންގާފައެވެ.

އަދި ކުރިއަށް އޮތް 24 ގަޑި އިރު ތެރޭގައި އެ މީހުން އެހެން ސަަރަހައްދުތަކަށް ބަދަލުވުމަށް ވެސް ވަނީ އަންގާފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ފަހު އެ ސަރަހައްދަށް ވަރަށް ބޮޑެތި ހަމަލާތަކެއް ރައްދު ކުރާނެ ކަމަށް ބެލެވެއެވެ.

އެގޮތުން ޢައްޒާ އަށް ޓޭންކުގެ ހަމަލާތަކެއް ދިނުމަށް އިސްރާއީލުން ދަނީ ރާވަމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޕޫޓިން ވިދާޅުވީ އާއްމުން ދިރިއުޅޭ ސަރަހައްދުތަކުގައި ބަރު ހަތިޔާރާއި އެކު ހަރަކާތްތެރިވުމަކީ ހުރިހާ ފަރާތްތަކަށް ވެސް ނުހަނު ގެއްލުމާއި ކުރިމަތިލާން ޖެހިދާނެ ކަމެއް ކަަމަށެވެ.

އިސްރާޢީލުގެ އަމަލުތައް ހުރީ އިތުރަށް ލޭ އޮހޮރުވުމަށް ހިތްވަރު ލިބޭ ގޮތަށް ކަމަށް ވެސް ޕޫޓިން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

ފާޑުކިޔަނީ ތެދުވެރިކަމެއް ނެތް މީޑިއާތަކުން: ޓްރަމްޕް

30 އެޕްރީލު 2017
ފާޑުކިޔަނީ ތެދުވެރިކަމެއް ނެތް މީޑިއާތަކުން: ޓްރަމްޕް
24 މާރިޗު 2017

އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން ދިން ހަމަލާތަކުގައި މޫސަލްގައި 230 މީހުން މަރުވެއްޖެ

24 މާރިޗު 2017
އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން ދިން ހަމަލާތަކުގައި މޫސަލްގައި 230 މީހުން މަރުވެއްޖެ
21 މާރިޗު 2017

ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި

21 މާރިޗު 2017
ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި
14 މާރިޗު 2017

ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ

14 މާރިޗު 2017
ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ
16 ފެބުރުއަރީ 2017

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

16 ފެބުރުއަރީ 2017
ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު