Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޕުޓިން އާއި ޒެލެންސްކީ އާއެކު ބައްދަލު ކުރަން ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޕުޓިންގެ ބައްދަލުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ އެއީ ފުރަތަމަ ބައްދަލުވުން ކަމަށާއި، އެ ބައްދަލުވުން ރަނގަޅު މިސްރާބަކަށް ގޮސްފި ނަމަ، ވަރަށް އަވަސް ތާރީޚެއްގައި ދެ ވަނަ ބައްދަލުވުމެއް ބާއްވަން ބޭނުންފުޅުވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 އޯގަސްޓު 2025 | ބުރާސްފަތި 07:39
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިޔާގެ ރައީސް ޕުޓިން އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިޔާގެ ރައީސް ޕުޓިން އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީ

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އަދި ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ އާއެކު ބައްދަލު ކުރައްވަން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، އެލަސްކާގައި ރަޝިޔާގެ ރައީސް ޕުޓިން އާއެކު ބާއްވަވާ ބައްދަލުވުމުގެ ކުރިންނެވެ. ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން ޓްރަމްޕް ހުކުރު ދުވަހު ޕުޓިންއާ ބައްދަލު ކުރައްވާއިރު، އެ ބައްދަލުވުމުގައި ޒެލެންސްކީ ބައިވެރި ނުކުރަން ވަނީ ނިންމައިފަ އެވެ. 

އެއީ މިވަގުތު ޒެލެންސްކީ އާއެކު ބައްދަލު ކުރައްވަން ޕުޓިން ބޭނުންފުޅު ނުވާތީ އެވެ. ނަމަވެސް އެ ބައްދަލުވުމަށް ފަހު، ބައެއް އެހެން ކަންކަން ފުރިހަމަ ކުރުމަށް ފަހު، އަދި އިންތިޒާމުތައް ހަމަޖެއްސުމަށް ފަހު ޒެލެންސްކީ އާއެކު ބައްދަލު ކުރައްވަން ޕުޓިން ބޭނުންފުޅުވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެލަސްކާގައި ޕުޓިންއާ އެކު ބާއްވާ ބައްދަލުވުމަށް ފަހު، ޕުޓިން އާއި ޒެލެންސްކީ އަދި ޓްރަމްޕް ހިމެނޭހެން ތިން ރައީސުންގެ ބައްދަލުވުމެއް ބާއްވަން ބޭނުންފުޅުވާ ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، ޕުޓިންގެ ބައްދަލުވުމުގެ ކުރިން ޔޫރަޕުގެ ލީޑަރުންނާ އެކު ފޯނު މެދުވެރިކޮށް ކުރެއްވި މަޝްވަރާތަކަށް ފަހު އެވެ.

ޓްރަމްޕާއި ޕުޓިން ބައްދަލު ކުރައްވާއިރު، އެ ބައްދަލުވުމުގައި ޒެލެންސްކީ ބައިވެރި ނުކުރާ ގޮތަށް އޮތް ނަމަވެސް، ޔޫރަޕުގެ ލީޑަރުން ތިބީ ޒެލެންސްކީއާ އެކު އެވެ. ޔޫރަޕުގެ ލީޑަރުން ވެސް ބުނެފައި ވަނީ ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިންމުމަށް ކުރެވޭ މަޝްވަރާތަކާއި، އެކަމުގައި އަޅާ ކޮންމެ ފިޔަވަޅެއްގައި ޔުކްރެއިން އަދި ޒެލެންސްކީގެ ބައިވެރިވުން އޮންނަން ވާނެ ކަމަށެވެ. 

ޕުޓިންގެ ބައްދަލުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ އެއީ ފުރަތަމަ ބައްދަލުވުން ކަމަށާއި، އެ ބައްދަލުވުން ރަނގަޅު މިސްރާބަކަށް ގޮސްފި ނަމަ، ވަރަށް އަވަސް ތާރީޚެއްގައި ދެ ވަނަ ބައްދަލުވުމެއް ބާއްވަން ބޭނުންފުޅުވާ ކަމަށެވެ. އަދި ދެ ވަނަ ބައްދަލުވުމުގައި ޕުޓިން އާއި ޒެލެންސްކީއާ އެކު އޭނާ ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. 

ޕުޓިން އާއި ޓްރަމްޕް މުހިންމު ބައްދަލުވުމެއް ބާއްވާއިރު، ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގައި ވަނީ ގިނަ ދަތިތަކެއް ދިމާވެފަ އެވެ. ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުން ވަނީ ވީ އެންމެ އަވަސް މުއްދަތެއްގައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓްރަމްޕް އަށް ވެސް ގޮވާލައްވައިފަ އެވެ. 

އެލަސްކާގައި ބާއްވާ ބައްދަލުވުމުގެ ދައުވަތު ޒެލެންސްކީ އަށް ދީފައި ނުވާއިރު، އަދި ރަޝިޔާ އިން ޔުކްރެއިން އަށް ދެމުން އަންނަ ހަމަލާތައް ވެސް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ޔުކްރެއިން އަށް ގެއްލުންވާ ފަދަ އެއްބަސްވުމަކަށް ޓްރަމްޕް އާއި ޕުޓިން އަތުވެދާނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށް ވެސް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފަ އެވެ. 

ޓްރަމްޕްގެ ބައްދަލުވުމުގެ ކުރިން އެފަދަ ވާހަކަތަކެއް ދެކެވެމުން އަންނައިރު، އެކަމަށް ރައްދު ދީ ރަޝިޔާގެ ފޮރިން މިނިސްޓްރީ އިން ބުނެފައި ވަނީ، މިއީ ސިޔާސީ ގޮތުން އަދި އަމަލީ ގޮތުން ވެސް މުހިންމު ކަމެއް ނެތް މަސައްކަތެއް ކަމަށާއި، އެއީ ރަޝިޔާ އާއި އެމެރިކާއާ ދެމެދު ކުރެވޭ މަސައްކަތަށް ހުރަސް އެޅުމުގެ މަޤުސަދުގައި ދައްކަމުން އަންނަ ވާހަކައެއް ކަމަށެވެ. 

ހަނގުރާމަ ހުއްޓާލުމަށް ގިނަ ޤައުމުތަކަކުން ރަޝިޔާ އަށް ބާރު އަޅަމުން އަންނައިރު، ރަޝިޔާ އިން ބުނެފައި ވަނީ ހަނގުރާމަ ހުއްޓާލާނީ ވަކި ޝަރުރުތަކެއްގެ ދަށުން ކަމަށެވެ. އެގޮތުން ޔުކްރެއިން އިން އެ ޤައުމުގެ ބައެއް ސަރަހައްދުތައް ދޫކޮށްލުމާއި، ޔޫރަޕުގެ ޤައުމުތަކުން ޔުކްރެއިން އަށް ދެމުން އަންނަ އަސްކަރީ އެހީތެރިކަން ހުއްޓާލުން ފަދަ ކަންކަން ހިމެނެ އެވެ. 

ނަމަވެސް ޔުކްރެއިން އާއި ޒެލެންސްކީ ވެސް ވަނީ އެ ޝަރުތުތަކަށް އެ ޤައުމުން އެއްބަސް ނުވާނެ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. ޚާއްސަކޮށް ޔުކްރެއިންގެ ބިމުގެ ބައެއް ދޫކޮށް ނުލާނެ ކަމަށް ޒެލެންސްކީ ވަނީ ހަރުކަށިކަމާ އެކު ވިދާޅުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު