Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޓްރަމްޕް އާ ބައްދަލު ކުރެއްވުމަށް ޒެލެންސްކީ އެމެރިކާ އަށް ވަޑައިގަންނަވަނީ

ޒެލެންސްކީ ވިދާޅުވީ ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިންމުމަށް ކުރަން ޖެހޭ މަޝްވަރާތައް ކުރެއްްވުމަށް، ހޯމަ ދުވަހު އެމެރިކާ އަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެމެރިކާގެ ރައީސް ޓްރަމްޕް އާ ބައްދަލު ކުރައްވައި، އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައި.

ޔުކްރެއިންގެ ރައީސް ޒެލެންސްކީ ހޯމަ ދުވަހު ވޮޝިންގްޓަންގައި ޓްރަމްޕާ ބައްދަލުކުރައްވާނެކަމަށް އިޢުލާންކުރައްވައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2025 | ހޮނިހިރު 11:30
މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ޓްރަމްޕް އާއި ޒެެލެންސްކީ ވައިޓް ހައުސްގައި ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ޓްރަމްޕް އާއި ޒެެލެންސްކީ ވައިޓް ހައުސްގައި ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލު ކުރެއްވުމަށް، ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ އެމެރިކާ އަށް ވަޑައިގަންނަވާނެ ކަމަށް އިއުލާން ކުރައްވައިފި އެވެ.

ޒެލެންސްކީ ވިދާޅުވީ ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިންމުމަށް ކުރަން ޖެހޭ މަޝްވަރާތައް ކުރެއްްވުމަށް، ހޯމަ ދުވަހު އެމެރިކާ އަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެމެރިކާގެ ރައީސް ޓްރަމްޕް އާ ބައްދަލު ކުރައްވައި، އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.ޒެލެންސްކީ މިހެން ވިދާޅުވެފައި ވަނީ އެމެރިކާގެ އެލަސްކާގައި ޓްރަމްޕް އާއި، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ދެމެދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ މުހިންމު ވާހަކަތައް ހިއްސާ ކުރެއްވުމަށް ޓްރަމްޕް ކުރެއްވި ފޯނު ކޯލަށް ފަހު އެވެ. އެގޮތުން ހޯމަ ދުވަހު ވޮޝިންޓަންގައި ޓްރަމްޕް އާ ބައްދަލު ކުރައްވާނެ ކަމަށާއި، މީހުން މެރުމާއި، ހަނގުރާމަ ނިންމުމާ ގުޅޭ ގޮތުން ތަފުސީލީ ގޮތެއްގައި މަޝްވަރާ ކުރައްވާނެ ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ. ޒެލެންސްކީ ވިދާޅުވީ އޭނާ އާއި ޓްރަމްޕް އާ ދެމެދު ގިނަ އިރުތަކަކަށް ދެމިގެން ދިޔަ މުހިންމު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށާއި، ފަހުން އެ މަޝްވަރާތަކުގައި ޔޫރަޕުގެ ލީޑަރުން ވެސް ބައިވެރިވެ ވަޑައިގެންފައިވާ ކަމަށެވެ. ހަނގުރާމަ ނިންމުމަށް ކުރެވޭ މަސައްކަތުގައި ޔޫރަޕުގެ ލީޑަރުންގެ ތާއީދު އޮތީ ޒެލެންސްކީ އަދި ޔުކްރެއިން އަށެވެ. ޒެލެންސްކީ ޓްރަމްޕްއާ ބައްދަލު ކުރައްވަނީ، އެލަސްކާގައި ޕުޓިން އާއެކު ޓްރަމްޕް ބައްދަލުވުން ބޭއްވިތާ ތިން ދުވަސް ފަހުންނެވެ. ޕުޓިން އާއެކު ޓްރަމްޕް ތާރީޚީ، އަދި މުހިންމު ބައްދަލުވުންތަކެއް ކުރިއަށް ގެންދެވި ނަމަވެސް، އެ ބައްދަލުވުން ނިމުނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ނުކުރެވި އެވެ. އިތުރަށް ޒެލެންސްކީ ވިދާޅުވެފައި ވަނީ ސުލްހަވެރިކަން ހޯދުމަށް ޔުކްރެއިން އޮތީ ވީހާ ވެސް ބޮޑަށް މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށެވެ. އަދި ޕުޓިން އާއި ޓްރަމްޕް އަދި ޒެލެންސްކީ ވެސް ބައިވެރިވާ ބައްދަލުވުމެއް ބޭއްވުމަށް ޓްރަމްޕް ހުށަހަޅުއްވާފައި ވާއިރު، އެ ހުށަހެޅުމަށް ތާއީދު ކުރައްވާ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.

އެގޮތުން މުހިންމު މައްސަލަތަކާ މެދު ލީޑަރުންގެ ފެންވަރުގައި މަޝްވަރާތައް ކުރިއަށް ގެންދެވި ދާނެ ކަމަށާއި، ތިން ރައީސުން ހިމެނޭ ބައްދަލުވުމެއް ބޭއްވުމަިީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ޔުކްރެއިން އިން ދެކޭ ކަމަށް ވެސް ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ.

މިއީ އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަކަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން، ޒެލެންސްކީ ވައިޓް ހައުސް އަށް ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ޒެލެންސްކީ ވައިޓް ހައުސް އަށް ވަޑައިގެންފައި ވަނީ މިއަހަރުގެ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ އަރިހުގައި ނައިބު ރައީސް ޖޭޑީ ވޭންސްގެ އިތުރުން، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވެސް ބަައިވެރިވެ ވަޑައިގެންނެވި އެ ބައްދަލުވުން ވަނީ ވަރަށް ހޫނުވެފަ އެވެ. އެގޮތުން ޓްރަމްޕް އާއި ޒެލެންސްކީ އާ ދެމެދު ހޫނު ޒުވާބުތަކެއް ކުރެވުނު އިރު، ނައިބު ރައީސް ވޭންސް އަދި ޒެލެންސްކީ ވެސް ވަނީ ހޫނު ބަހުސްތަކެއް ކުރައްވައިފަ އެވެ.

އޭގެ ފަހުން ވެސް ޒެލެންސްކީ އާއި ޓްރަމްޕް ބައްދަލު ކުރައްވާފައިވާއިރު، ފަހުން ދެ ބޭފުޅުންގެ ގުޅުން ވެސް ވަނީ ރަނގަޅުވެފަ އެވެ. އެގޮތުން ގިނަ މަޝްވަރާތަކެއް ކުރެއްވުމަށް ފަހު، ޔުކްރެއިން އަށް އަސްކަރީ އެހީތެރިކަން ދިނުމަށް ވެސް ޓްރަމްޕް ނިންމެވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު