Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން

ޔޫކްރެއިންގެ ސުލްހަ އަށް ޕުޓިން ހުރަސް އަޅުއްވަފި ނަމަ ހަރުކަށި ނަތީޖާ ތަކެއް އޭނާ އަށް ކުރިމަތިވާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރު ދެއްވައިފި

ޕުޓިންއާއެކު ބާއްވާ ބައްދަލުވުން ރަނގަޅަށް ހިނގައިފިނަމަ، ޒެލެންސްކީ ހިމެނޭ ދެވަނަ ބައްދަލުވުމެއް އަވަހަށް ބޭއްވިދާނެ ކަމަށް ޓްރަމްޕް ވަނީ ހާމަ ކުރައްވާފައި.

ރާއްޖެ އެމްވީ | 13 އޯގަސްޓު 2025 | ބުދަ 19:58
(ވައަތުން ކަނާތައް) ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޔޫކްރެއިންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީ

(ވައަތުން ކަނާތައް) ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޔޫކްރެއިންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީ

ރަޝިޔާގެ ވްލަޑިމިއަރ ޕުޓިން ޔޫކްރެއިން ގައި ސުލްހަ ޤާއިމު ކުރުމަށް ހުރަސް އަޅުއްވައިފި ނަމަ، އޭނާ އަށް "ހަރުކަށި ނަތީޖާތަކެއް" ކުރިމަތި ކުރުވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ.

އަދި ހަމަ އެއާ އެކު، ބުދަ ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ އެ ދެބޭފުޅުންގެ ބައްދަލުވުމުގެ ފަހުން، ވަރަށް އަވަހަށް ޔޫކްރެއިންގެ ލީޑަރު ހިމެނޭ ދެވަނަ ބައްދަލުވުމެއް ބޭއްވިދާނެ ކަމަށެވެ.

ޓްރަމްޕް، ޕުޓިން އާ ދެކޮޅަށް އަޅުއްވާނެ ފިޔަވަޅުތައް ބަޔާން ކުރައްވާފައެއް ނުވެއެވެ. ނަމަވެސް، ހުކުރު ދުވަހު އެލާސްކާގައި ޓްރަމްޕް އާއި ރައީސް ޕުޓިންއާ ދެމެދު ބޭއްވޭ ބައްދަލުވުމުން ނަތީޖާއެއް ނުނިކުމެއްޖެ ނަމަ އިޤްތިޞާދީ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގެ އިންޒާރު ދެއްވާފައިވެއެވެ.

ޓްރަމްޕްގެ މި ބަސްފުޅުތަކުގެ އިތުރުން، ޓްރަމްޕް އާއި ޔޫރަޕްގެ ލީޑަރުން އަދި ރައީސް ވުލަޑިމިއަރ ޒެލެންސްކީ ބައިވެރިވެވަޑައިގެންނެވި ވަރޗުއަލް ބައްދަލުވުމަކަށްފަހު އިވުނު އަޑުތަކުން، އެލާސްކާގެ ބައްދަލުވުމުން ޔޫކްރެއިން ވިއްކާލައި އެ ގައުމުގެ ސަރަޙައްދުތައް ބައިބައިކޮށްލާފާނެ ކަމުގެ ބިރުވެރި ކަމަށް، ކީވް އަށް ކޮންމެވެސް ވަރެއްގެ އުންމީދެއް ލިބޭނެ ކަމަށް ބެލެވެއެވެ.

ނަމަވެސް، ޔޫކްރެއިން އާއި ޔޫރަޕްގެ ޑިމާންޑްތަކަށް ރަޝިޔާ އިން ވަރަށް ބޮޑަށް ދެކޮޅު ހަދާނެ ކަމަށް ބެލެވެއެވެ. އަދި ރަޝިޔާ އިން ކުރިން ބުނެފައި ވަނީ 2024 ވަނަ އަހަރުގެ ޖޫން މަހު ޕުޓިން ބަޔާން ކުރެއްވި ގޮތަށް ރަޝިޔާ ގެ ސްޓޭންސް ބަދަލުވެފައެއް ނުވާ ކަމަށެވެ.

ހުކުރު ދުވަހުގެ ބައްދަލުވުމަށްފަހު ހަނގުރާމަ ހުއްޓާލުމަށް ޕުޓިން އެއްބަސް ނުވެއްޖެ ނަމަ ރަޝިޔާ އަށް އެއްވެސް ނަތީޖާއެއް ކުރިމަތިވާނެތޯ އެހުމުން، ޓްރަމްޕް ވިދާޅުވީ "ކުރިމަތިވާނެ" ކަމަށެވެ.

އެ ނަތީޖާތަކަކީ ކޮބާތޯ ސުވާލު ކުރުމުން، ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވީ، "ވަރަށް ހަރުކަށި ނަތީޖާތަކެއް ކުރިމަތި ވާނެ" ކަމަށެވެ.

ނަމަވެސް ޓްރަމްޕް އިތުރަށް ވިދާޅުވެފައި ވަނީ އެލާސްކާގައި އެ ދެބޭފުޅުންގެ ބައްދަލުވުމުގެ މަޤްޞަދަކީ އަވަސް ފޮލޯއަޕް ބައްދަލުވުމަކަށް "މޭޒު ތައްޔާރުކުރުން" ކަމަށެވެ. އެ ބައްދަލުވުމުގައި ޒެލެންސްކީ ބައިވެރިވެވަޑައިގަންނަވާނެއެވެ.

"ފުރަތަމަ ބައްދަލުވުން ރަނގަޅަށް ހިނގައިފިނަމަ، އަޅުގަނޑުމެން އަވަހަށް ދެވަނަ ބައްދަލުވުމެއް ބާއްވާނަން," ޓްރަމްޕް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުން ވަނީ އެކަން ހަމަ ވަގުތުން ކުރަން، އަދި އަޅުގަނޑުމެން އަވަސް ދެވަނަ ބައްދަލުވުމެއް ބާއްވާނަން،" ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ދެވަނަ ބައްދަލުވުމެއް ބޭއްވުމަށް ވަކި މުއްދަތެއް ދެއްވާފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
25 ޖެނުއަރީ 2017

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު