Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެއިންގެ ގައުމީ ޓީމު

ބޭނުންވަނީ އަހަރެމެންގެ އެންމެ މޮޅު ވާޝަން: ލުއިސް ޑި ލާ ފުއެންޓޭ

ސްކޮޓްލެންޑަކީ ވަރުގަދަ ޓީމެއްކަން، ކޮލިފިކޭޝަންގައި ނެރެމުން އަންނަ ނަތީޖާއަށް ބެލިނަމަވެސް ފެންނަން އެބައޮތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 އޮކްޓޯބަރު 2023 | ބުރާސްފަތި 10:33
ސްޕެއިންގެ ކޯޗު ލުއިސް ޑި ލާ ފުއެންޓޭ

ސްޕެއިންގެ ކޯޗު ލުއިސް ޑި ލާ ފުއެންޓޭ

ސްޕެއިންގެ ގައުމީ ފުޓުބޯޅަ ޓީމަށް ބޭނުންވަނީ އެމީހުންގެ އެންމެ މޮޅު ވާޝަން ކަމަށް، އެ ޓީމުގެ ކޯޗު ލުއިސް ޑި ލާ ފުއެންޓޭ ބުނެފިއެވެ.

އޭނާ މިހެން ބުނީ، އަންނަ އަހަރު އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި ސްޕެއިނުން ސްކޮޓްލެންޑާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުންނެވެ. ފުއެންޓޭ ބުނީ، ސްކޮޓްލެންޑުގެ ފަރާތުން ވަރަށް ޓަފް ކުޅުމެއް ފެންނާނެ ކަމަށެވެ. އެ ޓީމަަށް ނުހަނު އިހުތިރާމްކުރާ ކަމަށާއި، އެމީހުންނަކީ ވަރަށް ވަރުގަދަ އިދިކޮޅު ޓީމެއް ކަމަށް ފުއެންޓޭ ވަނީ ބުނެފައެވެ. ޚާއްސަކޮށް، ކޮލިފިކޭޝަންގައި އެމީހުން ނެރެމުން އަންނަ ނަތީޖާއަށް ބެލިނަމަވެސް އެކަން ފެންނަން އޮތް ކަމަށް އޭނާ ބުންޏެވެ. ސްޕެއިންގެ ކުޅުންތެރިން، އެ މެޗުގައި ވަރަށް ބޮޑަށް ސަމާލުވެގެން ތިބެން ޖެހޭނެކަން ފާހަގަކޮށް ފުއެންޓޭ ބުނީ، އޭނާ ބޭނުންވަނީ ސްޕެއިންގެ އެންމެ މޮޅު ވާޝަން އެ މެޗުގައި ފެންނަން ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ސްޕެއިން ޓީމުގައި ހިމެނޭޭ ކޮންމެ ކުޅުންތެރިޔަކަށް ވެސް އޭނާގެ ފުރިހަމަ އިތުބާރު އޮންނަ ކަމަށެވެ. ޚާއްސަކޮށް ސްޕެއިން ޓީމުން ކުރަންއުޅޭ ކަންކަން ކޮންމެ ކުޅުންތެރިޔަކަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށްވެސް އޭނާ ބުންޏެވެ. އެކަން ފާހަގަކޮށް ފުއެންޓޭ ބުނީ، އޭނާގެ ޓީމުގައިވެސް ހުނަރުވެރި، މޮޅު ގިނަ ކުޅުންތެރިން ތިބި ކަމަށެވެ. އެހެންކަމުން ސްކޮޓްލެންޑު ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ނިކުންނައިރު، އެ ކުޅުންތެރިންގެ ފެންވަރު ދަނޑުމަތިން ސާބިތުކޮށްދޭން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކޮލިފިކޭޝަންގައި ސްޕެއިން އޮތީ ގްރޫޕް އޭގައެވެ. މި ގްރޫޕްގެ އެއްވަނާގައި ސްކޮޓްލެންޑު އޮތީ ފަސް މެޗުންވެސް މޮޅުވެ، 15 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނާގައި އޮތީ ސްޕެއިނެވެ. ހަތަރު މެޗުން ސްޕެއިނަށް ލިބެނީ ނުވަ ޕޮއިންޓެވެ. ސްޕެއިން ތިން މެޗުން މޮޅުވިއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ.

ސްޕެއިން ފުޓުބޯޅަ ޓީމުލުއިސް ޑެ ލާ ފުއެންޓޭ

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި
12 އޮކްޓޯބަރު 2025

ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި

12 އޮކްޓޯބަރު 2025
ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި
04 އޮކްޓޯބަރު 2025

ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް

04 އޮކްޓޯބަރު 2025
ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް
08 ސެޕްޓެމްބަރު 2025

ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި

08 ސެޕްޓެމްބަރު 2025
ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި
05 ޖޫން 2025

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

05 ޖޫން 2025
ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު