Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިންތިޚާބީ ރައީސްގެ ވާހަކަފުޅުތަކަށް ބަދަލުތަކެއް

އިންތިޚާބީ ރައީސްގެ ވާހަކަފުޅުތަކަށް ބަދަލުތަކެއް ''ފްލެޓު ހަވާލުކުރުން ނުނިމޭނަމަ 17 ނޮވެންބަރު މެންދުރު 12:00އާ ހަމައަށް ހުއްޓާނުލައި ކުރިއަށް ގެންދާނެ"

ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަން ހުއްޓާލުމަކީ އެކަމުގެ ނިކަމެތިކަން ރައްޔިތުންނަށް ލިބޭނެ ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 11 އޮކްޓޯބަރު 2023 | ބުދަ 14:23
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ސަލާމްކުރައްވަނީ

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ސަލާމްކުރައްވަނީ

އައު ސަރުކާރެއް އިންތިޚާބުކުރުގެ އިންތިގާލީ މަރުހަލާ ކުރިއަށްދާއިރު، މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ މިހާރު އޮތް ސަރުކާރުން ބައެއް ކަހަލަ ކަންކަން ކުރިއަށްގެންދާ ވާހަކައެވެ. އަދި މި ސަރުކާރަށް ތާއީދުނުކުރާ ފަރާތްތަކުން ދަނީ އެކަމާ ދެކޮޅަށް ވާހަކަދައްކަމުންނެވެ. ނަތީޖާއެއްގެ ގޮތުން، އިންތިޚާބީ ސަރުކާރުން މިވަނީ ބައެއް ކަހަލަ ކަންކަން ނުކުރުމަށް އެދި މިސަރުކާރަށް ދަންނަވާފައެވެ. ނަމަވެސް އެއީ ގާނޫނު ތަންދޭ ކަމެއް ނޫނެވެ. ހިނގަމުންދާ ސަރުކާރެއް ހުއްޓުވާލުމަކީ ނުވަތަ ދަތިކުރުމަކީ އިންތިޚާބީ ސަރުކާރަށް ކުރެވޭނެވެސް ކަމެއް ނޫނެއެވެ.

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ފޮނުއްވި ސިޓީފުޅުގައި ހަތް ކަމެއް ނުކުރުމަށް އެދިވަޑައިގެންފައި ވެއެވެ. ނަމަވެސް އެއީ އިންތިޚާބީ ރައީސަށް ލިބިވަޑައިގަންނަވާ ހައްގެއް ނޫނެވެ. ރައްޔިތުންނާ ގުޅުންހުރި މަޝްރޫއުތަކާއި، ވަޒީފާތަކާއި، ސަރުކާރު ހިންގުމަށް ބޭނުންވާ ކަންކަން ހުއްޓުވާލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަން ހުއްޓާލުމަކީ އެކަމުގެ ނިކަމެތިކަން ރައްޔިތުންނަށް ލިބޭނެ ކަމެއްކަންވެސް ޔަގީނެވެ.

ކަންކަން މިހެން އޮތްއިރު، މީގެ ފަސްއަހަރު ކުރިން އިންތިޚާބީ ރައީސް ޑރ. މުއިއްޒު ހުންނެވީ ރައްޔިތުންގެ ހައްގު އިސްކުރައްވާނެ ކަމަށް ވަކާލާތު ކުރެއްވުމުގައެވެ. 2018 ވަނަ އަހަރު ވެރިކަން ބަދަލުވުމާ ގުޅިގެން ހިޔާ ފްލެޓްތައް ބެއްސެވުމުގައި އިންތިގާލީ މަރުހަލާގައިވެސް މަސައްކަތްކުރެއްވީ ވަރަށް ބުރަކޮށެވެ. 16 ނޮވެންބަރު 2018ގައި މިހާރުގެ އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، ހިޔާ ފްލެޓުގެ ލިޔުން ހަވާލުކުރުން އެރޭ 12:00ށް ނިންމޭތޯ މަސައްކަތް ކުރަމުން ދިޔައަސް ނުނިމޭނަމަ، 17 ނޮވެންބަރު މެންދުރު 12:00އާ ހަމައަށް ހުއްޓާނުލައި ކުރިއަށްގެންދާނެ ވާހަކައެވެ. އަދި އެޓަރނީ ޖެނެރަލްގެ ލަފާފުޅު މިކަމަށް ލިބިފައިވާކަމަށް ވިދާޅުވެފައިވެއެވެ.

އެ ދުވަހު ޕީޕީއެމް/ޕީއެންސީގެ ސަރުކާރަށް ތާއީދުކުރާ މީހުން ދިޔައީ އިންތިޚާބީ ރައީސްގެ އެ ނިންމެވުމަށް ތައުރީފު ކުރަމުންނެވެ. ރައްޔިތުންގެ ހައްގުތައް އިސްކުރުމަށް އެއް ބަޔަކު ގޮވާލިއެވެ. މީގެ އިތުރުން އަނެއް ބަޔަކު ދިޔައީ ހިޔާ ފްލެޓްތައް ބަހާލާފައިވަނީ ވަކި ލިސްޓަކަށް ކަމަށާއި، ނުހައްގުން ކޮށްފައިވާ ކަމެއް ކަމަށް ބުނެ ބޮޑެތި ތުހުމަތުތައް އަޅުވަމުންނެވެ.

މީގެ އިތުރުން ހިޔާ ފްލެޓްތައް ބަހާލުމަށް ކުރި މަސައްކަތުގެ ނަތީޖާއަކުން، ބައެއް ރައްޔިތުންނަށް އެކިވަރުގެ އަނިޔާވެސް ލިބިފައިވެއެވެ. އެދުވަސްވަރު ހިޔާ ފްލެޓް ހޯދުމަށް ފޯމްލުމަށާއި، ލިޔުންތައް ހޯދުމަށް ރައްޔިތުން ބޮޑެތި ތަކުލީފުތަކެއް އުފުލިއެވެ. ކެއުމެއް ބުއިމެއްނެތި، ރޭގަނޑު ނިދުމެއްނެތި، ހައުސިންގ މިނިސްޓްރީ ކައިރީގައި ބޮޑެތި ކިޔޫ ހަދައިގެން ތިއްބެއެވެ. ބައެއް ހަމަނުޖެހުންތައް ހިނގައި، ފުލުހުންނަށް ކޮންޓްރޯލް ކުރަންޖެހޭ ހިސާބަށް ކަންތައްތައް ދިޔައެވެ. ރައްޔިތުން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މިންވަރު މިކަމުންވެސް ފެނިގެންދިޔައެވެ. ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި އެތައް ކަމެއް ކުރިނަމަވެސް، އޭރުވެސް ރައީސް ޞާލިހު ރައްޔިތުންގެ މަސްލަހަތު އިސްކުރައްވައި، ކެތްތެރިކަން އިސްކުރެއްވިއެވެ. ކަންކަން ނުކުރެއްވުމަކަށް ނާންގަވައެވެ. ހުރަހެއް ނާޅުއްވައެވެ.

ނަމަވެސް މިއަދު ހާލަތު ބަދަލުވެ ދިއުމުން، އިންތިޚާބީ ރައީސްގެ ރާގުފުޅާއި، ވިސްނުންފުޅުވެސް މިވަނީ ބަދަލުވެފައެވެ. 2018ގައި އެހެން ވާހަކަފުޅެއް، އަދި 2023ގައި މި ދައްކަވަނީ އެހެން ވާހަކަފުޅެކެވެ. މިހާރު ބައެއް ކަންކަން ނުކުރުމަށް އަންގަވާއިރު، މިއީވެސް ރައްޔިތުންގެ މަސްލަހަތު އިސްކުރުންކަމާމެދު ސުވާލު އުފެދޭ ނޫންތޯއެވެ!

އިންތިޚާބީ ރައީސް, ޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2023

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވަނީ ވަކި ބޭފުޅަކަށް ނޫން: ފިރުޒުލް

05 ނޮވެމްބަރު 2023
އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވަނީ ވަކި ބޭފުޅަކަށް ނޫން: ފިރުޒުލް
03 ނޮވެމްބަރު 2023

ނަސްރުގެ ދުވަހަށް އަންނަ އަހަރުން ފެށިގެން ދޭންޖެހޭ ސަމާލުކަން ދޭނަން: ޑރ. މުއިއްޒު

03 ނޮވެމްބަރު 2023
ނަސްރުގެ ދުވަހަށް އަންނަ އަހަރުން ފެށިގެން ދޭންޖެހޭ ސަމާލުކަން ދޭނަން: ޑރ. މުއިއްޒު
30 އޮކްޓޯބަރު 2023

ވީއައިއޭގެ މަޝްރޫއު އަންނަ އަހަރުގެ ސެޕްޓެމްބަރަށް ނިންމުމަށް އަމާޒު ހިފައި، ޚާއްސަ ކޮމެޓީއެއް އެކުލަވާލަނީ

30 އޮކްޓޯބަރު 2023
ވީއައިއޭގެ މަޝްރޫއު އަންނަ އަހަރުގެ ސެޕްޓެމްބަރަށް ނިންމުމަށް އަމާޒު ހިފައި، ޚާއްސަ ކޮމެޓީއެއް އެކުލަވާލަނީ
30 އޮކްޓޯބަރު 2023

ކޮންސްޓްރަކްޝަން ދާއިރާއަށް ޚާއްސަ ވުޒާރާއެއް ގާއިމްކުރާނަން: އިންތިޚާބީ ރައީސް

30 އޮކްޓޯބަރު 2023
ކޮންސްޓްރަކްޝަން ދާއިރާއަށް ޚާއްސަ ވުޒާރާއެއް ގާއިމްކުރާނަން: އިންތިޚާބީ ރައީސް
29 އޮކްޓޯބަރު 2023

ދެވަނަ ފިޔަވަހީގެ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ފޯމުތައް ބާތިލް ނުކުރާނަން: އިންތިޚާބީ ރައީސް

29 އޮކްޓޯބަރު 2023
ދެވަނަ ފިޔަވަހީގެ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ފޯމުތައް ބާތިލް ނުކުރާނަން: އިންތިޚާބީ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު