Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހިޔާ ފްލެޓްތައް

ކުލަކުލައިގެ އުސް ޓަވަރުތަކާއެކު އުންމީދުތައްވެސް އުފުލިފައި، ''މިއަދު ތިބީ ދޭން ބުނި ބަދަލުގެ އިންތިޒާރުގައި''

ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރަން ވަނީ ނިންމާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2023 | ހޯމަ 04:45
ހިޔާ ފްލެޓްތައް

ހިޔާ ފްލެޓްތައް

ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކޮށް ދިނުމަށް އެކި ސަރުކާރުތަކުން އެކި ނަންނަމުގައި އެކި މަޝްރޫއުތައް ހިންގާފައިވެއެވެ. އެގޮތުން މިހާރު އާބާދުވަމުންދާ ހުޅުމާލެ ފޭސް2ގައި ހިންގުނު ބޯހިޔާވަހިކަމުގެ އެންމެ ބޮޑު އެއް މަޝްރޫއަކީ ހިޔާ މަޝްރޫއެވެ. ހިޔާ ފްލެޓްގެ ނަމުގައި އަވަސް އަރުވާލައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފްލެޓްތަކެއް ހަދައި ރައްޔިތުންތަކަކަށް ފްލެޓްތައް ބަހާލިއެވެ. އެއީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު ވެސް ބައެއް ރައްޔިތުން ދިޔައީ އެ މަޝްރޫއާ ގުޅޭގޮތުން ގިނަ ކަންބޮޑުވުންތައްކެއް ފާޅުކުރަމުންނެވެ. ނަމަވެސް މިކަންބޮޑުވުންތައް އަޑުއަހާނެ ސަރުކާރުގެ އިސްވެރިއެއް ނެތެވެ. އޭރު ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަދި މިހާރުގެ އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެސް ހިޔާ މަޝްރޫއާ ގުޅޭގޮތުން ދައްކަވަމުން ގެންދެވި ވާހަކަފުޅުތައް އަޑު އެހުމެއްނެތި ބައެއް ކަންކަން ދިފާއު ކުރެއްވިއެވެ. އޭރު އެމަނިކުފާނަށް ވެސް ރައްޔިތުންގެ އެ ކަންބޮޑުވުންތައް މައްސަލައަކަށްނުވިއެވެ.

ކަންމިހެން އޮތް ނަމަވެސް ރިޔާސީ އިންތިޚާބުގެ 2023 ކެމްޕޭން ފެށުމާއެކު، ޑރ.މުއިއްޒު ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގަންނަވާ އެއްކަލަ ރައްޔިތުންގެ އަޑު އައްސަވައި، ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ. ވަރަށް ގިނަ ކަންކަން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއްމު ރައްޔިތުން ހުށަހަޅާފައިވެއެވެ. އެގޮތުން ފެލްޓްގެ ކުލި ކުޑަކޮށްދިނުމާއި، ލިފްޓުގެ ދަތިކަމާއި، މަތީ ފްލޯރތަކަށް ފެން ލިބުމުގެ ސްޕީޑްގެ އިތުރުކުރުމާއި ކުނި މެނޭޖްކުރުމާއި، އަދިވެސް ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި އިތުރު ޚިދުމަތްތައް ތައާރަފް ކުރުމާއި ގުޅޭގޮތުން ގިނަ ކަންކަން ރައްޔިތުން ހުށަހެޅިއެވެ. އަދި މިހުރިހާ ކަމެއް ވެސް ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޭރު ޑރ.މުއިއްޒު ދެއްވިއެވެ.

އިންތިޚާބަށްފަހު ޑރ.މުއިއްޒު ވަނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް 20 އޮކްޓޫބަރު 2023 ގައި އެސަރަހައްދަށް ވަޑައިގަންނަވާފައެވެ. އެދުވަހުގެ ބައްދަލުކުރެއްވުމުގައި ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރަން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނަން ނިންމާފައިވާކަން އިއުލާން ކުރެއްވިއެވެ. އެއް ލިފްޓަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑު ލިފްޓެކެވެ. އަނެއް ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެކެވެ. މި ދެ ލިފްޓް ހަރުކޮށްގެން ވެސް މިހާރު ދިމާވާ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ނަމަވެސް ހިޔާ ފްލެޓް ސަރަހައްދަކީ އާބާދުވަމުންދާ ސަރަހައްދެކެވެ. އިތުރު ތަރައްގީތައް އަންނާނެ ސަރަހައްދެކެވެ. މިހާރު ވެސް ގާތްގަނޑަކަށް މިސަރަހައްދުގައި 50،000 މީހުން ދިރިއުޅޭނެ ކަމަށް ލަފާކޮށްފައިވާއިރު، މުސްތަގުބަލުގައި މިއަދަދު އިތުރުވާނެ ކަމާމެދު ޝައްކެއް ނެތެވެ. އެހެންކަމުން މި ދެލިފްޓާއެކު ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ތަކުލީފުތަކުން ސަލާމަތްވެވިދާނެތޯ މިއީ އުފެދޭ ސުވާލެއްނުންތޯއެވެ.

ވޯލްޑް ބެންކުން އޮކްޓޫބަރު 2022 ގައި އާއްމުކުރި "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ބުނާ ގޮތުން ހިޔާގެ 25 ބުރީގެ އުސް އިމާރާތްތަކަކީ ދިވެހިން އާންމުކޮށް ދިރިއުޅެމުން އަންނަ އަދި ރާއްޖޭގެ މާހައުލާއި ގުޅޭގޮތަށް ހިންގާފައިވާ މަޝްރޫއެއް ނޫނެއެވެ. އަދި ކޮންމެ ޓަވަރެއްގައި ކުޑަ ހަތަރު ލިފްޓު ހުންނަ އިރު ޕީކް ގަޑިތަކުގައި އެތަން ތޮއްޖެހޭ ކަމަށާއި މިކަމުގެ ސަބަބުން ލޮބީ އޭރިއާ ބޮޑު ކުރުމަށް އާބަންކޯ އަށް އިތުރު ހަރަދުކުރަން ޖެހުނު ކަމަށް ވޯލްޑް ބެންކުން ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތް ނުނިންމާ ހަވާލުކުރުމުގެ ސަބަބުން އެތަންތަނުގައި ދިރިއުޅޭ މީހުން އަމިއްލަ އަށް ހަދަން ޖެހިފައިވާ ކަމަށާއި އެކަމަށްޓަކައި ބީއެމްއެލް އިން ލޯނުތަކެއް ހަމަޖައްސާފައިވީ ނަމަވެސް ގިނަ މީހުންނަށް އެވަރުގެ ހަރަދެއް ކުރަން ދަތިވާނެކަން ފާހަގަކޮށްފައިވެ އެވެ. އަދި ހިޔާގައި އުޅޭ ގިނަ ބަޔަކު ކުލި ނުދައްކާ ކަން ހާމަވެފައިވާ އިރު، ކުލި ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅެއް އެޅިފައިނުވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ހިޔާ ފްލެޓްތަކުގެ ކުލީގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް އެސަރަހައްދުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ފާޑު ވެސް ކިޔާފައިވެއެވެ. ނަމަވެސް ފިނިޝިންގ މަސައްކަތަށް 3 މަސް ކުލި ނުނަގާ ގޮތަށް ސަރުކާރުން ހަމަޖެއްސިއެވެ. އެއަށްފަހު ކުލި ނަގަންފެށީ 02 އޭޕްރީލް 2022 ގައެވެ. އެއީ ކުއްޔަށް މަހަކު 7500 ރުފިޔާއެވެ. އަދި މެއިންޓެނެންސް ފީ ގެ ގޮތުގައި 1000 ރުފިޔާއެވެ. އޭގެފަހުން 11 މެއި 2023 ގައި ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި 7،500 ރުފިޔާ ކަނޑައަޅައިފައިވީ ނަމަވެސް އެ މަހުން ފެށިގެން ކުރިއަށް އޮތް ހަތް އަހަރަށް ދައްކަން ޖެހޭނީ ކޮންމެ މަހަކު 5،300 ރުފިޔާ ކަމަށް ކަނޑައެޅިއެވެ. ހިޔާ ފްލެޓުތަކުގެ ކުއްޔަށް ސަރުކާރުން ލުއި ދިން ނަމަވެސް ޖުމްލަ ކުލި ދައްކަން ޖެހޭ އަދަދަށް ބަދަލެއް ނާންނާނެކަން އާބަންކޯއިން ފާހަގަކުރެއެވެ. އެގޮތުން ކުރިން 25 އަހަރު ދުވަހުން ކުލި ދައްކާ ހަލާސް ކުރެވޭގޮތަށް އޮތްއިރު މިހާރު ދިން ލުޔާއެކު އެ މުއްދަތު 27 އަހަރަށް ބަދަލު ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މިގޮތަށް މިސަރުކާރަށް ކަންތައްތައް ކުރަން މަޖުބޫރުވެގެންދިޔައީ ހިޔާ މަޝްރޫއު ހިންގާފައިވާ ގޮތުންނެވެ. ނަމަވެސް އިދިކޮޅުގައި ތިއްބަވައިގެން ޕީޕީއެމް/ޕީއެންސީގެ ބޭފުޅުން ދިޔައީ ކުލި ކުޑަކުރެވޭނެ ކަމަށް ގޮވާލަމުންނެވެ. އޭރު ވެސް އެބޭފުޅުން ހޭވި ހަޑިތަކުގެ ވާހަކަތަކެއް އެބޭފުޅުންނެއް ނުދައްކަވައެވެ. އަދި ފްލެޓްތަކަށް ވަނުމަށް ދިޔަ ހަރަދުތަކުގެ ވަކި "އަދަދެއް" ޕީޕީއެމް/ޕީއެންސީ ސަރުކާރުގައި ރައްޔިތުންނަށް އަނބުރާ ދޭނެ ކަމަށް ވެސް ގޮވާލާފައިވެއެވެ. އެގޮތުން ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމް ވެސް ވަނީ އެ ހަރަދުތަކުގެ ސްލިޕްތައް ފޮރުވާފައި ބެހެއްޓުމަށް އެދިފައެވެ. ނަމަވެސް ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ގިނަ ކަންކަން ކުރިއަށްދާއިރު، ފްލެޓްތަކުގެ ވެރިންނަށް ބަދަލުދޭ ވާހަކަ އެއްވެސް ވަރަކަށް ނުދެއްކުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އަދި ކުރިއަށް އޮތްތަނުގައި ޕީޕީއެމް/ޕީއެންސީ ދޭނެ ކަމަށް ގޮވާލަމުން ދިޔަ ބަދަލު ދޭނެ ދުވަހަކަށް ރައްޔިތުން ތިބީ ކެތްމަދުވެފައެވެ.

މީގެ އިތުރުން ޑރ.މުއިއްޒު ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން ހިޔާ މަޝްރޫއު ހިންގެވުމުގައި ހަޑިހާވާފައިވާ ކަމަށް ވެސް ބައެއް ރައްޔިތުން ދަނީ ބުނަމުންނެވެ.

އެހެންކަމުން ކުރިއަށް އޮތްތަނުގައި ގައުމުގެ ވަލިއްޔުލްއަމުރުގެ މަގާމުގައި ހުންނަވައިގެން ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ނުވަތަ ގިނަ ދުވަސްތަކަކަށް އެކަމަކުން ދަތިތަކާއި ތަކުލީފުތައް އުފުލަން ނުޖެހޭނެ ގޮތަކަށް މަޝްރޫއުތައް ހިންގުމަކީ ވެސް ގިނަ ރައްޔިތުންތަކެއްގެ އެދުމެކެވެ. ކުލަކުލައިގެ އުސް ޓަވަރުތައް އުފުލިގެން ދިޔުމާއެކު ރައްޔިތުންގެ އުންމީދުތައްވެސް އެގޮތުގައި ވަނީ އުފުލިފައެވެ. އެހެންކަމުން ބޭނުންވަނީ ވެސް އެފަދަ ޚިދުމަތްތަކެވެ.

ހިޔާ ފްލެޓްޑރ. މުހައްމަދު މުއިއްޒުއިންތިޚާބީ ރައީސް, ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު