Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން ހަނގުރާމަ

އިރުއޮއްސުމާއި ހަމައަށް ފަލަސްތީނުގައި ޝަހީދުކޮށްލެވުނު މީހުންގެ އަދަދު ހާހަކަށްވުރެ އިތުރުވެއްޖެ

ދެ އާއިލާއެއްގެ 16 މެންބަރުން އެއްފަހަރާ ޝަހީދުވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2023 | ބުދަ 13:21
އިސްރާއިލްގެ ހަމަލާތަކުގައި ޝަހީދުވި މީހެއްގެ ހަށިގަނޑު ގެންދަނީ

އިސްރާއިލްގެ ހަމަލާތަކުގައި ޝަހީދުވި މީހެއްގެ ހަށިގަނޑު ގެންދަނީ

އިރުއޮއްސުމާއި ހަމައަށް ފަލަސްތީނުގައި ޝަހީދުކޮށްލެވުނު މީހުންގެ އަދަދު ހާހަކަށްވުރެ އިތުރުވެއްޖެއެވެ.

ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ގާޒާގައި ޝަހީދުވި މީހުންގެ އަދަދު އެކަނިވެސް 1055ށް އަރާ ކަމަށެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 5184ށް އަރާފައިވާ ކަމަށެވެ.

މީގެ އިތުރުން ހާން ޔޫނިސް ސިޓީއަށް އަމާޒުވި ހަމަލާއެއްގައި އެކަނިވެސް 16 މީހަކު ޝަހީދުކޮށްލާފައިވެއެވެ. އެ ސިޓީގެ ދެގެއަކަށް ދުރާލާ އިންޒާރެއް ނެތި ބޮން އަޅާ ބިމާހަމަކޮށްލާފައިވާ އިރު، ދެ އާއިލާއަކުން، ކޮންމެ އާއިލާއެއްގެ ވެސް 8 މެންބަރުން ޝަހީދުވެފައިވާ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ޖަލު، ގައްޒާގައި 2.3 މިލިއަން މީހުން ދިރިއުޅެމުން އަންނަ އިރު، ގައްޒާ އަށް އިސްރާއިލުން ފޯރުކޮށްދެމުން އަންނަ ކަރަންޓާއި، ފެނާއި ގޭހުގެ ހިދުމަތް ވަނީ ކަނޑާލާފައެވެ. އދ އިން ވަނީ ގައްޒާ އޮތީ އިންސާނީ ކާރިސާއެއްގެ ތެރޭގައި ކަމަށް ބުނެ އެހީތެރިކަމަށް ގޮވާލާފައެވެ. ނަމަވެސް އިސްރާއިލުން ވަނީ އެހީތެރިކަން ފޯރުކޮށްދޭނަމަ ހަމަލާދޭނެކަމަށް ބުނެ އިންޒާރު ދީފައެވެ.

ޣައްޒާގެ އޮފިޝަލުން ބުނެފައިވަނީ އެތަނަށް އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާއިރު، އިސްރާއީލުން ގައްޒާ ވަށާލަން ނިންމާ ތެޔޮ ކަނޑާލާފައިވާ އިރު، ތެޔޮ ހުސްވުމުން ގަޑިތަކެއްގެ ތެރޭގައި އިންޖީނުގެ މުޅިން ބަންދުވެގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

ފަލަސްތީނުއިޒްރޭލްފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު