Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުލުބްނާނަށް އަނެއްކާވެސް ނުތަނަވަސްކަން

"ބޫން...ބޫން...ބޫން...! ފެނުނުހާވެސް އެއްޗަކީ، އަހަރަމެންނާ ދިމާއަށް ޙަމަލާތައް އަންނަތަން"

12 އޮކްޓޯބަރު 2023 | ބުރާސްފަތި 04:51

މީގެ 17 އަހަރު ކުރިން ކުރި ހަނގުރާމައަށް ބަލާއިރު، ލުބްނާނުން އެކަނިވެސް 1200 އެއްހާ މީހުން މަރުވި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 12 އޮކްޓޯބަރު 2023 | ބުރާސްފަތި 04:51
ހަނގުރާމަ ހިންގަމުން ދަނީ ލުބްނާނުގެ ދެކުނު ބޯޑަރުން ބަލާއިރު އެންމެ 200 އެއްހާ ކިލޯމީޓަރު ދުރުގައި

ހަނގުރާމަ ހިންގަމުން ދަނީ ލުބްނާނުގެ ދެކުނު ބޯޑަރުން ބަލާއިރު އެންމެ 200 އެއްހާ ކިލޯމީޓަރު ދުރުގައި

އެއީ މީގެ ހަފުތާއެއްހާ ދުވަސް ކުރިއެވެ. ލުބްނާނުގެ ދެކުނުގައި ދިރިއުޅެމުން ދިޔަ ދަނޑުވެރި ޢާއިލާތަކުން ތައްޔާރު ވަމުން ދިޔައީ ތާޒާވެ، ފައްކާވެފައިވާ ޒައިތޫނިތައް ބިނުމުގެ މަސައްކަތް ފެށުމަށެވެ. ނަމަވެސް، ތަޤުރީރުގައި ނިޔާ ކުރީ މުޅިން ތަފާތު ކަމެކެވެ. ޒައިތޫނި ދަނޑުބިންތައް ދޫކޮށް، އަމިއްލަ ފުރާނަ ސަލާމަތް ކުރުމަށް ހިޔާވައްސެއް ހޯދަން ދުއްވައިގަތުމަށް މަޖުބޫރުވީއެވެ. ދުވަހަކީ 2006 ވަނަ އަހަރުގެ ހަނގުރާމައަށް ފަހު، ބޯޑަރު ހުރަސްކޮށް އިޒްރޭލާއި ހަމާސް ޖަމާޢަތާ ދެމެދު އެންމެ ވަރުގަދައަށް ޙަމަލާތައް ބަދަލު ކުރަން ފެށި ދުވަހެވެ.

ލުބްނާނުގެ ދެކުނުގެ އަވަށްތަކުގެ އަހުލުވެރިންނަށް، އޮކްޓޯބަރު 9 ވަނަ ދުވަހަކީ ނަމާން، އަދި އެހާމެ ބިރުވެރި ހަނދާންތަކެއް އައު ކޮށްދިން ދުވަހެކެވެ. އެ ދުވަހަކީ އީރާނުގެ އެއްބާރުލުމާއެކު ހަރަކާތްތެރިވާ ލުބްނާނުގެ ހަތިޔާރު އެޅި ހަނގުރާމަ ހިޒްބުއްލާ ޖަމާޢަތާއި އިޒްރޭލާއި ދެމެދު 2006 ވަނަ އަހަރު ކުރި ވަރުގަދަ ހަނގުރާމައިގެ ހަނދާންތައް އައު ކޮށްދިން ދުވަހަކަށް ވިއެވެ. އިޒްރާލުގެ ފައުޖުތަކާއި، ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ހަމާސް ޖަމާޢަތާ ދެމެދު ގަދަ ވެފައި ވާ ހަނގުރާމަގަނޑު ހިންގަމުން ދަނީ ލުބްނާނުގެ ދެކުނު ބޯޑަރުން ބަލާއިރު އެންމެ 200 އެއްހާ ކިލޯމީޓަރު ދުރުގައެވެ.

މީގެ 17 އަހަރު ކުރިން ކުރި ހަނގުރާމައަށް ބަލާއިރު، ލުބްނާނުން އެކަނިވެސް 1200 އެއްހާ މީހުން މަރުވިއެވެ. ގިނައީ އާންމު ރައްޔިތުންނެވެ. އިޒްރޭލުން މަރުވީ އެންމެ 157 މީހުންނެވެ.

އޮކްޓޯބަރު 9 ވަނަ ދުވަހު، އިޒްރޭލާއި ލުބްނާން ހިއްސާ ކުރާ ބޯޑަރު ސަރަޙައްދުގެ މަސްރަޙު ނުތަނަވަސް ވެގެން ދިޔައީ ހަމާސް ޖަމާޢަތުން އިޒްރޭލަށް އެތެރެވުމަށް ލުބްނާނު ހުރަސް ކުރި ހިސާބުންނެވެ. އެހެން ދެ ބައެއްގެ މެދުގައި ބަދަލު ކުރަމުން ދާ ޙަމަލާތަކެއްގެ މެދަށް، ލުބްނާނަށް ވަންނަން ޖެހުމަކީ ލުބްނާނުގެ އެތައް ބަޔަކު މިއަދުވެސް ކުރަމުން ދާ ޝަކުވާއެކެވެ. ލުބްނާނަކީ ޚުދު އެ ޤައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިފައި އޮތް ޤައުމަކަށް ވާ އިރު، އަނެއްކާވެސް ނުތަނަވަސްކަން އިތުރު ވީތީއެވެ.

ލެބަނަންފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

29 ނޮވެމްބަރު 2025
އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި
24 ނޮވެމްބަރު 2025

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި
14 ނޮވެމްބަރު 2025

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި
13 ސެޕްޓެމްބަރު 2025

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި
12 ޖުލައި 2025

އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

12 ޖުލައި 2025
އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ
27 ޖޫން 2025

ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

27 ޖޫން 2025
ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި
07 ޖޫން 2025

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް
06 ޖޫން 2025

އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި

06 ޖޫން 2025
އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި
16 މެއި 2025

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި
15 މެއި 2025

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް