Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއިލް ފަލަސްތީން ހަނގުރާމަ

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަނީ 'ނަސްލު ނައްތާލުމުގެ' ކެމްޕޭނެއް - އދ ގައި ހުންނަ ފަލަސްތީނުގެ މަންދޫބު

އިސްރާއީލުން ވަނީ ޣައްޒާއަށް ވައިގެ މަގުން ހަމަލާތަކެއް ދީ މުޅި ހިސާބު ސުންނާފަތިކޮށްލާފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 އޮކްޓޯބަރު 2023 | ބުދަ 03:57
އދ ގައި ހުންނަ ފަލަސްތީނުގެ މަންދޫބު ރިޔާޒް މަންސޫރު

އދ ގައި ހުންނަ ފަލަސްތީނުގެ މަންދޫބު ރިޔާޒް މަންސޫރު

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް 'ނަސްލު ނައްތާލުމުގެ' ކެމްޕޭނެއް ހިންގާކަމަށް އދ ގައި ހުންނަ ފަލަސްތީނުގެ މަންދޫބު ރިޔާޒް މަންސޫރު ތުހުމަތު ކުރައްވައިފިއެވެ.

އދ.ގައި ހުންނަވާ ފަލަސްތީނުގެ މަންދޫބު އަންގާރަ ދުވަހު ސިފަކުރެއްވި ގޮތުގައި އިސްރާއީލުން ޣައްޒާއަަށް ބޮން އަޅަމުންދިއުމާއި ހަމާސްގެ ކޮންޓްރޯލް އޮންނަ ފަލަސްތީނުގެ ސަރަހައްދު މުޅިން ވަށާލުމަށް ވައުދު ވުމަކީ "ނަސްލު ނައްތާލުމަށް ވުރެ ކުޑަ ކަމެއް ނޫން" ކަމަށެވެ.

އިސްރާއީލުގެ ތާރީހުގައި ވެސް ހަމާސްގެ ހަނގުރާމަވެރިން ދިން އެންމެ ނުރައްކާތެރި ހަމަލާގައި ހޮނިހިރު ދުވަހު އިސްރާއީލުގެ ސަރަހައްދު ތަކަށް ހަމާސްގެ ހަނގުރާމަވެރިން ވަަދެ ބަޑިޖަހާ 1،000 އަށް ވުރެ ގިނަ މީހުން މަރާލައި ސަތޭކައެއްހާ ރަހީނުކޮށްފައިވެއެވެ. ރައްދު ދިނުމަށް ކަމަށް ބުނެ އިސްރާއީލުން ވަނީ ޣައްޒާއަށް ވައިގެ މަގުން ހަމަލާތަކެއް ދީ މުޅި ހިސާބު ސުންނާފަތިކޮށްލާފައެވެ.

ޔަހޫދީ ދައުލަތް، އިސްރާއީލުގެ ހަރުކަށި ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ވަނީ 2.3 މިލިއަން މީހުން ދިރިއުޅޭ ޤައްޒާއަށް ކާބޯތަކެއްޗާއި ތެޔޮ ފޯރުކޮށްދިނުން ހުއްޓުވުމަށް "ޓޯޓަލް ބްލޮކޭޑް" އެއް ހޯމަ ދުވަހު އިއުލާންކޮށްފައެވެ. މިކަން ބައިނަލްއަގުވާމީ ދުނިޔެއިން ވަނީ ކުށްވެރިކޮށްފައެވެ. ނަމަވެސް ހަރުކަށި ދައުލަތް ތަކުން މިކަމަށް ދަނީ ތަރުހީބުދެމުންނެވެ.

އދ ގައި ހުންނަ ފަލަސްތީނުގެ މަންދޫބު ރިޔާޒް މަންސޫރު ވިދާޅުވީ ފާޅުކަން ބޮޑު ގޮތެއްގައި އިންސާނިއްޔަތުކަން ނަގާލާ، ރައްޔިތުންގެ ބޮލަށް ބޮން އަޅާ، ހަނގުރާމައިގެ އުސޫލެއްގެ ގޮތުގައި ބަނޑުހައިހޫނުކަން ބޭނުންކޮށް، އެމީހުންގެ ގައުމިއްޔަތު ވުޖޫދުން ނައްތާލުމަކީ ނަސްލު ނައްތާލުމަށް ވުރެ ކުޑަ ކަމެއް ނޫން ކަމަށެވެ.

ރިޔާޒް މަންސޫރު ވިދާޅުވީ މި އަމަލުތަކަކީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށެވެ.

އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ހޯމަ ދުވަހު ވިދާޅުވީ އިސްރާއީލުން ޣައްޒާ މުޅިން ވަށާލާނެކަން އިއުލާން ކުރުމުން "ފުން ހާސްކަމެއް" ލިބިފައިވާ ކަމަށެވެ. މިހާރު އޮތް ހަމަނުޖެހެމުގެ ކުރިން ވެސް ޣައްޒާގެ އިންސާނީ ހާލަތު އޮތީ އިންތިހާއަށް ގޯސްކޮށް ކަމަށާއި، އިސްރާއިލުގެ އެ އަމަލާއެކު އެކަން ވަރަށް ބޮޑަށް ގޯސްވެގެންދާނެ ކަމަށް ގުޓަރޭސް ވިދާޅުވިއެވެ.

ފަލަސްތީނުއިޒްރޭލްހަނގުރާމަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު