Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮމާނުން އޮން އެރައިވަލް ވިސާ ދިނުން

އޮމާނުން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދެނީ ޝަރުތުތަކަކާއެކު

އޮމާންއަށް ދަތުރުކުރާ ދިވެހިންނަށް އެއްވެސް ޝަރުތަކާނުލާ އޮން-އެރައިވަލް ވިސާ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާ ފޮރިން މިނިސްޓްރީން ދަނީ މަޝްވަރާކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2023 | ބުދަ 00:39
ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީ

ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް އޮންއެރައިވަލް ވިސާ ދެނީ ޝަރުތުތަކަކާ އެކު ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަހަރުގެ މަރޗް މަހުގެ 30 ވަނަ ދުވަހު ބުނެފައިވަނީ ދިވެހިންނަށް ކުރިއާލައި ވިސާ ނެގުމެއް ނެތި އޮމާނަށް ދަތުރުކުރެވޭނެ ކަމަށެވެ. ނަމަވެސް އެއިއިރު އެ ކަން ވަނީ ވަކި ޝަރުތުތަކަކާ އެކު ކަމަކަށް ނުބުނެއެވެ. ދިވެއްސަކު އޮމާން އަށް ވިސާ އާ ނުލާ އެތެރެވާން އުޅުމުން އަނބުރާ ފޮނުވާލި މައްސަލައެއް ސޯޝަލް މީޑިޔާގައި ހާމަވުމާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އޭރު އެ މައުލޫމާތު ހާމަކުރީ އޮމާން ސަރުކާރުން ދިން މައުލޫމާތުގެ މައްޗަށް ކަމަށެވެ. ނަމަވެސް ފަހުން މިނިސްޓްރީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކަން ކުރެވެނީ ދެ ޝަރުތެއްގެ މަތިންކަމަށް އެނގިފައިވާކަމަށް ބުނެފައިވެއެވެ.

Advertisement - newsAdvertisement

އޮމާންއަށް ދަތުރުކުރާ ދިވެހިންނަށް 14 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބެނީ ދެ ޝަރުތުތައް ފުރިހަމަވުމުންނެވެ.

1- އިނގިރޭސިވިލާތް، އެމެރިކާ، ޝެންގަން ޤައުމުތައް، ކެނެޑާ، އޮސްޓްރޭލިއާ ނުވަތަ ޖަޕާންގެ މުއްދަތު ހަމަނުވާ ވިސާއެއް އޮތުން ނުވަތަ އެއިން ޤައުމެއްގެ ރަށްވެހިކަން އޮތުން.

2- ހޮޓެލް ބުކިންގ، ދެކޮޅު ޓިކެޓް އަދި ހެލްތު އިންޝޫރަންސް އޮތުން.

އެހެންކަމުން އޮމާންއަށް ދަރުތުކުރައްވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ނުވާނަމަ ދުރާލާ ވިސާ ނަގައިގެން ދަތުރުކުރުމަށް މިނިސްޓްރީން އެދެއެވެ.

އަދި، އޮމާންއަށް ދަތުރުކުރާ ދިވެހިންނަށް އެއްވެސް ޝަރުތަކާނުލާ އޮން-އެރައިވަލް ވިސާ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމާގުޅޭގޮތުން އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާ ފޮރިން މިނިސްޓްރީން މަޝްވަރާކުރަމުންދާކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

ޚާރިޖީ ވުޒާރާއޮމާން

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
އެމެރިކާ އާއި އީރާންގެ މަޝްވަރާތައް "އުންމީދީ": ވިކްޓޮފް

އެމެރިކާ އާއި އީރާންގެ މަޝްވަރާތައް "އުންމީދީ": ވިކްޓޮފް

25 ޖޫން 2025
އެމެރިކާގެ ހުށަހެޅުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް އީރާނުން ބުނެފި

އެމެރިކާގެ ހުށަހެޅުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް އީރާނުން ބުނެފި

04 ޖޫން 2025
އެމެރިކާ އާއި އީރާންގެ މަޝްވަރާތަކުގެ ހަތަރު ވަނަ ބުރު ފަަސްކޮށްފި

އެމެރިކާ އާއި އީރާންގެ މަޝްވަރާތަކުގެ ހަތަރު ވަނަ ބުރު ފަަސްކޮށްފި

02 މެއި 2025
އެމެރިކާގެ ޑިފެންސް ސެކްރެޓަރީގެ އިންޒާރު އީރާނަށް

އެމެރިކާގެ ޑިފެންސް ސެކްރެޓަރީގެ އިންޒާރު އީރާނަށް

01 މެއި 2025

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު