Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

އެމެރިކާ އާއި އީރާންގެ މަޝްވަރާތަކުގެ ހަތަރު ވަނަ ބުރު ފަަސްކޮށްފި

ބައެއް އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ހޮނިހިރު ދުވަހު ބާއްވަން ތާވަލު ކޮށްފައި އޮތް ބައްދަލުވުމަށް މީގެ ކުރިން އެމެރިކާ އިން އެއްބަސްވެފައި ނުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 މެއި 2025 | ހުކުރު 10:09
އެމެރިކާގެ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިކްޓޮފް (ވ) އާއި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ

އެމެރިކާގެ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިކްޓޮފް (ވ) އާއި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ

އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާ ބައްދަަލުވުންތަކުގެ ހަތަރު ވަނަ ބުރުގެ ބައްދަލުވުން ފަސް ކޮށްފި އެވެ.

އޮމާން މެދުވެރި ވެގެން ކުރިއަށް ގެންދާ މި މަޝްވަރާއް ބައްދަލުވުންތަކާ ގުޅޭ ގޮތުން އެ ޤައުމުން ބުނީ، "ލޮޖިސްޓިކަލް" ސަބަބުތަކާ ހުރެ އެ ބައްދަލުވުމުގެ ހަތަރު ވަނަ ބުރު ފަސްކޮށްފައިވާ ކަމަށެވެ.

އޮމާންގެ ފޮރިން މިނިސްޓަރު ބަދުރު އަލް ބުސައިދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެއި މަހުގެ ތިން ވަނަ ދުވަހު ބާއްވަން ހަަމަޖެހިފައިވާ ބައްދަލުވުން އެހެން ތާރީޚަކަށް ފަސްކޮށްފައިވާ ކަމަށެވެ. 

އެހެން ތާރީޚަކަށް ބައްދަލުވުން ފަސް ކުރި ނަމަވެސް، ދެން ބައްދަލުވުން އޮންނާނެ ތާރީޚެއް ހާމަ ކޮށްފައި ނުވެ އެވެ. އޭގެ ބަދަލުގައި އޭނާ ވިދާޅުވީ، ދެ ފަރާތުން އެއްބަސްވާ ތާރީޚެއް ފަހުން ހާމަ ކުރައްވާނެ ކަމަށެވެ. 

އެހެން ނަމަވެސް ބައެއް އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ހޮނިހިރު ދުވަހު ބާއްވަން ތާވަލު ކޮށްފައި އޮތް ބައްދަލުވުމަށް މީގެ ކުރިން އެމެރިކާ އިން އެއްބަސްވެފައި ނުވެ އެވެ.

އީރާންގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްގައި ބުނެފައިވާ ގޮތުން، އެ މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ދިޔައިރު ވެސް، އެމެރިކާ އިން ދިޔައީ އެ ޤައުމާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ފުރަަތަމަ ދައުރުގެ ތެރޭގައި ވަނީ ނިއުކްލިއާ އެއްބަސްވުމުން ބޭރުވެފަ އެވެ. އަދި މިހާރު ދެ ވަނަ ދައުރެއް ފުރުއްވަމުން އަންނައިރު، ޓްރަމްޕް ވިދާޅުވެފައި ވަނީ އެއްބަސްވުމަކަށް ނާންނަ ނަމަ، އީރާނަށް ހަމަލާ ދިނުމަށް ވެސް އެމެރިކާ އިން ފަސް ނުޖެހޭނެ ކަމަށެވެ. 

އެމެރިކާއީރާންއޮމާންޑޮނަލްޑް ޓްރަމްޕްމަޝްވަރާތައްނިއުކްލިއަރ އެއްބަސްވުން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު