Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮމާން-ރާއްޖެ

ފޮރިން މިނިސްޓަރ ޚަލީލު އޮމާން ގެ ފޮރިން، ފައިނޭންސް މިނިސްޓަރުންނާ ބައްދަލު ކުރައްވައިފި

މި ދަތުރުފުޅު ކުރައްވަނީ އޮމާނުގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައިދީގެ ދަޢުވަތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުނޭ

ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2024 | ބުދަ 10:45
ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލު އޮމާންގެ ޚާރިޖީ ވަޒީރު ބަދްރު އަލްބުސައިދީ އާ ވަނީ ބައްދަލު ކުރައްވާފައި

ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލު އޮމާންގެ ޚާރިޖީ ވަޒީރު ބަދްރު އަލްބުސައިދީ އާ ވަނީ ބައްދަލު ކުރައްވާފައި

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، އޮމާނަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ. މި ދަތުރުފުޅަކީ މިހިނގާ ޑިސެމްބަރު 10 ން 13 ށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި، މި ދަތުރުފުޅު ކުރައްވަނީ އޮމާނުގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައިދީގެ ދަޢުވަތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓަރ ޚަލީލު ވަނީ ބުދަ ދުވަހު އޮމާނުގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދުރު އަލްބުސައިދީ އާއި އޮމާނުގެ މާލީ ވަޒީރު ސުލްޠާން ބިން ސާލިމް ބިން ސަޢީދު އަލްހަބްސީއާ ވަކި ވަކިން ބައްދަލުކުރައްވާފައެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަވުން ތަކުގައި ވިޔަފާރި، ފަތުރުވެރިކަން، އަދި ތަޢުލީމީ ރޮނގުން އެއްބާރުލުން ދިނުމާއި އަދި އިންވެސްޓްމަންޓް ކުރިއެރުވުމާއި ދެގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ތެރެއިން ދިވެހިރާއްޖެ އާއި އޮމާނުގެ ގުޅުން ވަރުގަދަކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމުގައެވެ.

މިނިސްޓަރ ޑރ. ޚަލީލްގެ މި ދަތުރުފުޅުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. 

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލްއޮމާން

އިތުރަށް ކިޔާލަން

25 ޖޫން 2025

އެމެރިކާ އާއި އީރާންގެ މަޝްވަރާތައް "އުންމީދީ": ވިކްޓޮފް

25 ޖޫން 2025
އެމެރިކާ އާއި އީރާންގެ މަޝްވަރާތައް "އުންމީދީ": ވިކްޓޮފް
04 ޖޫން 2025

އެމެރިކާގެ ހުށަހެޅުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް އީރާނުން ބުނެފި

04 ޖޫން 2025
އެމެރިކާގެ ހުށަހެޅުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް އީރާނުން ބުނެފި
02 މެއި 2025

އެމެރިކާ އާއި އީރާންގެ މަޝްވަރާތަކުގެ ހަތަރު ވަނަ ބުރު ފަަސްކޮށްފި

02 މެއި 2025
އެމެރިކާ އާއި އީރާންގެ މަޝްވަރާތަކުގެ ހަތަރު ވަނަ ބުރު ފަަސްކޮށްފި
01 މެއި 2025

އެމެރިކާގެ ޑިފެންސް ސެކްރެޓަރީގެ އިންޒާރު އީރާނަށް

01 މެއި 2025
އެމެރިކާގެ ޑިފެންސް ސެކްރެޓަރީގެ އިންޒާރު އީރާނަށް
15 އެޕްރީލު 2025

އެމެރިކާ އާއި އީރާނުގެ މަޝްވަރާތަކާ މެދު މާ ބޮޑު އުއްމީދެއް އަދި މާ ބޮޑު މާޔޫސްކަމެއް ނެތް: ޚާމަނާއީ

15 އެޕްރީލު 2025
އެމެރިކާ އާއި އީރާނުގެ މަޝްވަރާތަކާ މެދު މާ ބޮޑު އުއްމީދެއް އަދި މާ ބޮޑު މާޔޫސްކަމެއް ނެތް: ޚާމަނާއީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު