Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާޢްޖޭގެ ސަފީރަކު ތާލިބާންގެ މަންދޫބަކާއި ބައްދަލު

ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

ތާލިބާނުން އެކުލަވާލި ސަރުކާރުން އދ.އަށް ކަނޑައެޅި މަންދޫބު އދ.އިން ބަލައިގަނެފައެއް ނުވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 ނޮވެމްބަރު 2024 | އާދީއްތަ 13:17
ރާޢްޖޭގެ ސަފީރަކު ތާލިބާންގެ މަންދޫބަކާއި ބައްދަލުކުރުން

ރާޢްޖޭގެ ސަފީރަކު ތާލިބާންގެ މަންދޫބަކާއި ބައްދަލުކުރުން

ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ތޯހާ އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތަލިބާނު ސަރުކާރުގެ ފަރާތުން ޕާކިސްތާނުގައި ހުންނަވާ މަންދޫބަކާ ބައްދަލުކުރުމާއި ގުޅިގެން ފިޔަވަޅު އަޅާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އެހެންނަމަވެސް ފޮރިން މިނިސްޓަރާއި އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލުންނަށް ގުޅައިގެން އެ މިނިސްޓްރީން އެޅި ފިޔަވަޅެއް ސާފުކުރުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

Advertisement - newsAdvertisement

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ބައްދަލުވުމަކީ ދިވެހި ސަރުކާރުގެ ހުއްދައާއެކު ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުމެއް ނޫން ކަމަށެވެ. އެހެންކަމުން އެކަމާ ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅު އަޅާފައިވާނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެޅި ފިޔަވަޅެއްގެ ތަފްސީލް އެއް ބަޔާންކޮށްފައެއް ނުވެއެވެ. އަދި އެޅި ފިޔަވަޅު ދެމިގެންދާނީ ކިހާ މުއްދަތަކަށް ކަން ސާފުކޮށްދީފައެއް ނުވެއެވެ. މިނިސްޓްރީން ބުނެފައި ވަނީ ދިވެހިރާއްޖޭން ޤައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމުގައި ސުވާލެއް އުފެދޭ ހާލަތެއް އޮތް ނަމަ އަބަދުވެސް ބަލަނީ އދ.އިން ކަނޑައަޅާފައިވާ މިންގަޑުތަކާއި އުޞޫލުތަކުގެ މައްޗަށް ކަމަށެވެ. އދ.ގައި އަފްޣާނިސްތާނު ތަމްސީލުކުރާ ފަރާތަކީ އަފްޣާނިސްތާނުގެ ސަރުކާރުގެ ގޮތުގައި ދިވެހި ސަރުކާރުން ބަލައިގަންނަ ފަރާތް ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އދ.ގައި އަފްޣާނިސްތާނު ތަމްސީލު ކުރަމުން ދަނީ ތަލިބާނުން ހަނގުރާމަކޮށްގެން އެ ގައުމުގެ ވެރިކަން ހޯދުމުގެ ކުރިން އޮތް ސަރުކާރުން ކަނޑައަޅާފައިވާ މަންދޫބުކަން ފާހަގަކޮށްލެވެއެވެ. އަދި ތާލިބާނުން އެކުލަވާލި ސަރުކާރުން އދ.އަށް ކަނޑައެޅި މަންދޫބު އދ.އިން ބަލައިގަނެފައެއް ނުވެއެވެ.

ޚާރިޖީ ވުޒާރާ

އިތުރަށް ކިޔާލަން

29 ޖޫން 2025

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި
29 ޖެނުއަރީ 2025

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް
03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
20 ސެޕްޓެމްބަރު 2024

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ
17 ސެޕްޓެމްބަރު 2024

ޖަޕާނު ސަރުކާރުން ރާއްޖެއަށް 140،000 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދެނީ

17 ސެޕްޓެމްބަރު 2024
ޖަޕާނު ސަރުކާރުން ރާއްޖެއަށް 140،000 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު