Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އެމެރިކާގެ ޑިފެންސް ސެކްރެޓަރީގެ އިންޒާރު އީރާނަށް

އޭނާ މިފަދައިން ވާހަކަ ދައްކަވާފައި މި ވަނީ، އެމެރިކާ އާއި އީރާނާ ދެމެދު ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް އަލުން ފެށިފައިވާ ދަނޑިވަޅެެއްގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 މެއި 2025 | ބުރާސްފަތި 08:38
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ޕޯޓް އޮފް ރޮޑްމަން ގައި ހުންނަވާ ވާހަކަ ދައްކަވަނީ

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ޕޯޓް އޮފް ރޮޑްމަން ގައި ހުންނަވާ ވާހަކަ ދައްކަވަނީ

އީރާނުން ހޫތީންނަށް އެހީތެރިވަމުން އަންނާތީ، އެކަމާ ގުޅިގެން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އީރާނަށް އިންޒާރު ދެއްވައިފި އެވެ.

ބުދަ ދުވަހު އޭނާ ވިދާޅުވީ ހޫތީންނަށް އެހީތެރިވުމުގެ އެންމެހައި ނަތީޖާއަކާ އީރާނުން ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އޭނާ މިފަދައިން ވާހަކަ ދައްކަވާފައި މި ވަނީ، އެމެރިކާ އާއި އީރާނާ ދެމެދު ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް އަލުން ފެށިފައިވާ ދަނޑިވަޅެެއްގަ އެވެ. އޮމާން މެދުވެރިކޮށް މިހާތަނަށް ވަނީ އެކަމާ ގުޅުން ހުރި މަޝްވަރާތަކުގެ ތިން ބައްދަލުވުމެއް ބާއްވައިފަ އެވެ. 

މި މަޝްވަރާތަކުގެ މަޤުސަދަކީ އީރާނަށް ނިއުކްލިއާ ހަތިޔާރު ހޯދުން ހުއްޓުވުމާއި، އެމެރިކާ އިން އަޅާފައިވާ އިޤްތިސާދީ ފިޔަވަޅުތައް ލުއި ކުރުމެވެ. 

ހެގްސެތު ވިދާޅުވީ އީރާނުން ހޫތީން އަށް ދެމުން އަންނަ އެހީތެރިކަން އެމެރިކާ އަށް ވަރަށް ރަނގަޅަށް ފެންނަ ކަމަށެވެ. އަދި އީރާނުން ކުރަމުން އަންނަ ކަންތައްތައް ވެސް ވަރަށް ރަނގަޅަށް އިނގޭ ކަމުގައި އޭނާ ވިދާޅުވި އެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިތުރަށް އޭނާ ވިދާޅުވެފައި ވަނީ، އެމެރިކާ ސިފައިންގެ ޤާބިލުކަން އީރާނަށް އިނގެންވާނެ ކަމަށެވެ. އެކަމުގެ އިންޒާރު ވެސް ދެވިފައިވާނެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެމެރިކާ އިން ކަނޑައަޅާ ވަގުތެއްގައި، އެމެރިކާ އިން ކަނޑައަޅާ ތަނެއްގައި އޭގެ ނަތީޖާތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ޔަމަންގެ އުތުރު ސަރަޙައްދު ކޮންޓްރޯލު ކުރާ ހޫތީނުން ވަނީ ރަތް ކަނޑު ގައި ދަތުރު ކުރާ އުޅަނދު ފަހަރަށް ހަމަލާދީފަ އެވެ. މިއީ ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ފާޅުކުރުމަށް ކަމަށް ބުނެ ހޫތީން އިން ދެމުން އަންނަ ހަމަލާތަކެކެވެ.

މިދިޔަ މާޗު މަހުން ފެށިގެން، އެމެރިކާ އިން ވަނީ ޔަމަންގެ 1,000 އަމާޒަށް ހަމަލާ ދީފަ އެވެ. 

އީރާންއެމެރިކާގެ ޑިފެންސް ސެކްރެޓަރީހޫޘީންނިއުކްލިއަރ ޕްރޮގްރާމްއޮމާންޔަމަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
19 ނޮވެމްބަރު 2025

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު
13 ނޮވެމްބަރު 2025

އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

13 ނޮވެމްބަރު 2025
އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު