Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން އެމެރިކާ މަޝްވަރާ

އެމެރިކާ އާއި އީރާނުގެ މަޝްވަރާތަކާ މެދު މާ ބޮޑު އުއްމީދެއް އަދި މާ ބޮޑު މާޔޫސްކަމެއް ނެތް: ޚާމަނާއީ

15 އެޕްރީލު 2025 | އަންގާރަ 14:47

އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ އެމެރިކާގެ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޯފްއާ އޮމާންގައި ބައްދަލުކުރައްވައި، ތެހެރާނުން ސިފަކުރާ މަޝްވަރާތަކަކީ ނުސީދާ މަޝްވަރާތަކެއް ކަމަށް ބުނެފައި. މި މަޝްވަރާތައް ބިނާކުރަނިވި ކަމަށް ދެ ފަރާތުން ވެސް ސިފަކޮށްފައިވާއިރު، ދެވަނަ ބުރު މިމަހުގެ 19 ވަނަ ދުވަހު މަސްކަޓްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 އެޕްރީލު 2025 | އަންގާރަ 14:47
އީރާނުގެ ރޫހާނީ ލީޑަރު ހާމަނާއީ

އީރާނުގެ ރޫހާނީ ލީޑަރު ހާމަނާއީ

އެމެރިކާއާއެކު މިހާރު ކުރިއަށްދާ މަޝްވަރާތަކާ މެދު މާ ބޮޑު އުއްމީދެއް އަދި މާ ބޮޑު މާޔޫސްކަމެއް ވެސް ނެތް ކަމަށް އީރާނުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ އެމެރިކާގެ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޯފްއާ އޮމާންގައި ބައްދަލުކުރައްވައި، ތެހެރާނުން ސިފަކުރާ މަޝްވަރާތަކަކީ ނުސީދާ މަޝްވަރާތަކެއް ކަމަށް ބުނެފައެވެ. މި މަޝްވަރާތައް ބިނާކުރަނިވި ކަމަށް ދެ ފަރާތުން ވެސް ސިފަކޮށްފައިވާއިރު، ދެވަނަ ބުރު މިމަހުގެ 19 ވަނަ ދުވަހު މަސްކަޓްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އީރާނުގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ޚާމަނާއީ ވިދާޅުވީ މިހާތަނަށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އޭނާ ވިދާޅުވީ ޔަގީނުން ވެސް އަނެއް ފަރާތާ މެދު ތިބީ ވަރަށް މާޔޫސްވެފައި ކަމަށެވެ. އެކަމަކު އަމިއްލަ ގާބިލުކަމާ މެދު އުއްމީދުކުރައްވާ ކަމަށާއި، އީރާނުގެ ނަސީބު މި މަޝްވަރާތަކުގެ ނަތީޖާއާ ގުޅިފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުގެ އަސްކަރީ ގާބިލުކަން އެގައުމުގެ "ރަތް ރޮނގު" ތަކުގެ ތެރޭގައި ހިމެނޭ ކަމަށާއި އެއީ މަޝްވަރާ ނުކުރެވޭ ވަރުގެ ގާބިލުކަމެއް ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ)ގެ ތަރުޖަމާނު އަންގާރަ ދުވަހު ވިދާޅުވެފައިވެއެވެ.

އޮމާންގެ ވެރިރަށުގައި މި މަޝްވަރާތައް ކުރިއަށް ގެންދަނީ އީރާނުން ދެކޮޅު ހަދައިފިނަމަ އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީ، ނިއުކްލިއާ މަޝްވަރާތައް އާ ކުރުމަށް ގޮވާލައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ މާޗް މަހު ޚާމަނާއީއަށް ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ.

އީރާނުގެ ދައުލަތުގެ ހުރިހާ ކަމެއްގައި އެންމެ ފަހުބަސް ވިދާޅުވާ ޚާމަނާއީ މީގެ ކުރިން ވަނީ ޓްރަމްޕްގެ އައުޓްރީޗަކީ އޮޅުވާލުމެއް ކަމަށް ވިދާޅުވެފައެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އޭނާ ވަނީ އެމެރިކާއާ އެކު ކުރެވުނު މަޝްވަރާތަކަކީ "ބުއްދިވެރި އަދި އޮއްޓަރު ކހުރި މަޝްވަރާތަކެއް ނޫން" ކަމަށް ސިފަކުރައްވާފައެވެ.

މިދިޔަ ޖެނުއަރީ މަހު ވެރިކަމަށް ވަޑައިގަތުމަށްފަހު ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ގެންގުޅުއްވާ "މެކްސިމަމް ޕްރެޝަރު" ސިޔާސަތު އަލުން އިއާދަކުރައްވާފައެވެ. އެ އެއްބަސްވުމުގެ ދަށުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް ހުރަސް އެޅުމުގެ ބަދަލުގައި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދީފައިވެ އެވެ.

އެމެރިކާ ހިމެނޭ ގޮތަށް ހުޅަނގުގެ ގައުމުތަކުން އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދަން އުޅޭ ކަމަށް ތުހުމަތު ކުރި ނަމަވެސް އެކަން އީރާނުން ދޮގުކުރެއެވެ.

ޢަލީ ޚަމަނާއީއިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއީރާންއޮމާންއެމެރިކާޑޮނަލްޑް ޓްރަމްޕްނިއުކްލިއަރ މަޝްވަރާތައް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

08 ޑިސެމްބަރު 2025
ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް