Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން-އިސްރާއީލް ހަނގުރާމަ

އިސްރާއީލުން މުޅި ޣައްޒާ ބަންދުކުރިކުރުން އދ.ން ކުށްވެރިކޮށްފި

10 އޮކްޓޯބަރު 2023 | އަންގާރަ 15:54

އދ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، މިގޮތަށް ޣައްޒާ ބަންދުކުރުމަކީ މިހާރުވެސް ހައްލުނުކުރެވި ބޮޑު މައްސަލައެއްގެ ގޮތުގައި އޮތްކަމެއް އިތުރަށް ގޯސްވެގެންދާނެ އަމަލެއްކަމަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 10 އޮކްޓޯބަރު 2023 | އަންގާރަ 15:54
ފަލަސްތީން-އިސްރާއީލް ހަނގުރާމަ، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް ހުއްޓުމެއްނެތް

ފަލަސްތީން-އިސްރާއީލް ހަނގުރާމަ، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް ހުއްޓުމެއްނެތް

އިސްރާއީލުން މުޅި ޣައްޒާ ބަންދުކުރިކުރުން އދ.ން ކުށްވެރިކޮށްފިއެވެ.

އިސްރާއީލުން ވަނީ ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، މުޅި ޣައްޒާ ހިފުމަށް ކުރަމުންދާ މަސައްކަތުގައި، ޣައްޒާ އެއްކޮށް ބަންދުކޮށް ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުންވެސް ހުއްޓާލަން އިއުލާނުކޮށްފައެވެ.

އިސްރާއީލުން ވަނީ ޣައްޒާ ބަންދުކޮށް، ޣައްޒާއަށް ފެނާއި، ކާބޯތަކެއްޗާއި އަދި ކަރަންޓުފަދަ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުން ހުއްޓުވާފައެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ވަނީ، އެގައުމުން ޣައްޒާއަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތް ކަނޑާލައި، ޣައްޒާއަށް ކާބޯތަކެއްޗާއި ތެޔޮ އެތެރެކުރުން މަނާކޮށް، މުޅި ޣައްޒާ ބަންދުކުރަން ނިންމާފައިވާކަމަށް ކަމަށް ހޯމަ ދުވަހު އިއުލާންކުރައްވާފައެވެ.

2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާއަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ޖަލޭވެސް ބުނެވިދާނެއެވެ. އިސްރާއީލުން ދަނީ މުޅި ޣައްޒާ ބަންދުކޮށް ކޮންޓްރޯލް ކުރަމުންނެވެ. ޣައްޒާގެ ވައިގެ ސަރަހައްދާއި ކަނޑު ކޮންޓްރޯލް ކުރަނީ އިސްރާއީލުންނެވެ. އެއްގަމުން ޣައްޒާގެ ދެ ބޯޑަރެއް ބަންދުކޮށް ކޮންޓްރޯލްކުރަނީ އިސްރާއީލެވެ. ތިންވަނަ ބޯޑަރަކީ މިސްރުގެ އަތްދަށުގައި އޮތް ސަރަހައްދެކެވެ.

މިކަމާ ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ އިސްރާއީލުގެ މި އަމަލު ކުށްވެރިކޮށް، މިގޮތަށް ޣައްޒާ ބަންދުކުރުމަކީ މިހާރުވެސް ހައްލު ނުކުރެވި، ބޮޑު މައްސަލައެއްގެ ގޮތުގައި އޮތްކަމެއް އިތުރަށް ގޯސްވެގެންދާނެ އަމަލެއްކަމަށް ވިދާޅުވެފައެވެ. އަދި މިއީ ކުއްލިއަކަށް އޮވެފައި ފެށުނު ކަމެއް ނޫންކަމަށާއި، މިއީ އެތައް އަހަރެއް ވަންދެން ހިސާރުކުރަމުން އައި އައުމުގެ ސަބަބުން ވީކަމެއް ކަމަށްވެސް އދ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

އޮކްޓޫބަރު ހަތްވަނަ ދުވަހު، އިސްރާއީލުގެ ގަޑިން ހެނދުނު 06:30 ހާއިރު، ހަމާސްއިން އިސްރާއީލަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތަކަކާއެކު، އިސްރާއީލުން ރައްދު ހަމަލާދޭން ފަށައި، ހަމާސްއާ ދެކޮޅަށް ވަނީ ހަނގުރާމަ އިއުލާނުކޮށްފައެވެ. ހޯމަ ދުވަހު، އިސްރާއީލުން ހަމާސް ޖަމާއަތާ ދެކޮޅަށް ރަސްމީކޮށް ހަނގުރާމަ އިއުލާނުކޮށްފައިވާއިރު، އެގައުމުން ވަނީ އަމާޒަކީ ހަމާސް ޖަމާއަތް އެއްކޮށް ފުހެލައި އިސްރާއީލުގެ ކޮންޓްރޯލުގެ ދަށަށް ޣައްޒާ ގެންދާނެކަމަށް ބުނެފައެވެ.

ހޮނިހިރު ދުވަހުން ފެށިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް، ހުއްޓުމެއްނެތި ވަރުގަދަ ވައިގެ ހަމަލާތައް ދެމުންނެވެ. އިސްރާއީލުގެ އަސްކަރިއްޔާގެ އޮފިސަރުން ދަނީ ޣައްޒާއާއި އިސްރާއީލް ގުޅޭ ބޯޑަރު ސަރަހައްދުގައި ހުރި، ހަމާސްއިން ކޮންޓްރޯލް ނަގާފައިވާ އަވަށްތަކަށް އަރައި އެތަން ތަނަށް ހަމަލާދީ، އެ އަވަށްތަކުގެ ކޮންޓްރޯލް ނެގުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

މި ހަނގުރާމައަށް ހަމާސް ޖަމާއަތުން ނަން ދީފައިވަނީ "އޮޕަރޭޝަން އަލް-އަގްސާ ފްލަޑް"ގެ ނަމުންނެވެ. އަދި އިސްރާއީލުން ވަނީ ރައްދު ހަމަލާތައް ދޭން ފަށައި، "އޮޕަރޭޝަން އަޔަން ސްވޯޑްސް" އިއުލާންކޮށްފައެވެ.

ފަލަސްތީނުފަލަސްތީން - އިސްރާއީލް ހަމަނުޖެހުންހަމާސްހަމާސް-އިސްރާއިލް ހަނގުރާމައިޒްރޭލް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް