Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހަޒާޑް

މިވަގުތަކީ ލޯބިވާ މީހުންނާއެކު އުފާކޮށް އައު ތަޖުރިބާތަކެއް ކުރަންވީ ވަގުތު: ހަޒާޑް

ހަޒާޑް ވަނީ އޭނާގެ ކެރިއަރުގައި ޖުމުލަ 15 ތައްޓެއް ކާމިޔާބުކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2023 | އަންގާރަ 09:57
ރެއާލަށް ކުޅެމުން އައި އެޑެން ހަޒާޑް

ރެއާލަށް ކުޅެމުން އައި އެޑެން ހަޒާޑް

ރަސްމީ ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމުމަށްފަހު މިއީ ލޯބިވާ މީހުންނާއެކު އުފާކޮށް، އައު ތަޖުރިބާތަކެއް ކުރަންވީ ވަގުތު ކަމަށް ބެލްޖިއަމްގެ އެޓޭކިން މިޑްފީލްޑަރު އެޑެން ހަޒާޑް ބުނެފި އެވެ.

އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ބުނީ، އަމިއްލަ ނަފްސުގެ ވާހަކަތައް އަޑުއަހައި، ރަނގަޅު ވަގުތެއްގައި ހުއްޓާލަން ޖެހޭ ކަމަށެވެ. އެގޮތުން ފާއިތުވި 16 އަހަރުގެ ތެރޭގައި ގިނަ މެޗު ކުޅެވިފައި ވާނެ ކަމަށާއި، މިހާރު ރަސްމީކޮށް ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ހަޒާޑް ވަނީ ބުނެފަ އެވެ. ހަޒާޑް ބުނީ ހުވަފެން ހަގީގަތަކަށް ހަދައި، ދުނިޔޭގެ ވަރަށް ގިނަ ދަނޑުތަކުގައި ކުޅެ، ފުޓުބޯޅައިގެ މަޖާ ލިބިފައިވާ ކަމަށެވެ.

ކެރިއަރުގައި މޮޅު ކޯޗުންނާއި، ޓީމުގެ ކުޅުންތެރިންނާ ބައްދަލުވުމުގެ ނަސީބު ލިބުނުކަން ފާހަގަކޮށް ހަޒާޑް ބުނީ، މި ދަނޑިވަޅުގައި އެ އެންމެހާ ފަރާތްތަކަށް ވެސް ޝުކުރު އަދާ ކުރަން ބޭނުންވާ ކަމަށެވެ. އަދި އެ އެންމެންގެ މަތިން އަބަދަށް އޭނާ ހަނދާން ހުންނާނެ ކަމަށް ވެސް ހަޒާޑް ވަނީ ބުނެފަ އެވެ. ޚާއްސަކޮށް އޭނާ ކުޅެފައިވާ ކުލަބުތަކާއި، ބެލްޖިއަމް ޤައުމީ ޓީމުގެ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

ހަޒާޑް ވަނީ އޭނާގެ ޢާއިލާ، ރަޙުމަތްތެރިން، އެޑްވައިޒަރުން އަދި ރަނގަޅު ދުވަސްތަކާއި ނުބައި ދުވަސްތަކުގައި ވަރަށް ގާތްކޮށް އުޅުނު ފަރާތްތަކަށް ޚާއްޞަ ޝުކުރެއް އަދާ ކުރަން ބޭނުންވާ ކަމަށެވެ. ހަޒާޑް ފާހަގަ ކުރި ގޮތުގައި އޭނާގެ ކެރިއަރުގައި އެންމެ ބޮޑު ހިއްސާއެއް އަދާ ކުރި އެއް ބަޔަކީ އޭނާގެ ސަޕޯޓަރުންނެވެ. އޭނާ އަށް ހިތްތަރު ދިނުމުގައި ދެމި ތިބި އެންމެނަކީ، އޭނާގެ ކާމިޔާބީގެ އަސްލުކަމަށް ހަޒާޑް ބުންޏެވެ. ނިންމާލަމުން ހަޒާޑް ބުނީ، މިވަގުތަކީ ލޯބިވާ މީހުންނާއެކު އުފާކޮށް އައު ތަޖުރިބާތަކެއް ކުރަންވީ ވަގުތު ކަމަށެވެ.

ހަޒާޑް އެންމެ ފަހުން ކުޅެފައި ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށެވެ. ހަޒާޑް އޭނާގެ ސީނިއާ ކެރިއަރު ފެށީ 2007 ވަނަ އަހަރު ލީލް އިންނެވެ. އޭގެ ފަހުން 2012 ވަނަ އަހަރު އޭނާ ބަދަލުވީ ޗެލްސީ އަށެވެ. ޗެލްސީގައި ހަޒާޑް ދައްކަމުން އައި މޮޅު ކުޅުމުގެ ސަބަބުން ރެއާލުން ވަނީ 2019 ވަނަ އަހަރު އޭނާ އެ ކުލަބަށް ގެނެސްފަ އެވެ. ނަމަވެސް ރެއާލްގައި ހަޒާޑް އޭނާގެ އެންމެ މޮޅު ކުޅުން ނުދެއްކުނީ އަނިޔާގެ މައްސަލަތަކާ ގުޅިގެންނެވެ.

ހަޒާޑް ވަނީ އޭނާގެ ކެރިއަރުގައި ޖުމުލަ 15 ތައްޓެއް ކާމިޔާބުކޮށްފަ އެވެ.

އެޑެން ހަޒާޑްބެލްޖިއަމް

ކޮމެންޓް

އިތުރަށް ކިޔާލަން

ނަތަންޔާހޫގެ ނުރުހުން ބެލްޖިއަމްގެ ބޮޑު ވަޒީރަށް

ނަތަންޔާހޫގެ ނުރުހުން ބެލްޖިއަމްގެ ބޮޑު ވަޒީރަށް

04 ސެޕްޓެމްބަރު 2025
ބެލްޖިއަމް އިން ފަލަސްތީނު ދައުލަތް ބަލައިގަންނަން ނިންމައިފި

ބެލްޖިއަމް އިން ފަލަސްތީނު ދައުލަތް ބަލައިގަންނަން ނިންމައިފި

02 ސެޕްޓެމްބަރު 2025
ހަޒާޑް، ޗުއްޓީ ހޭދަ ކުރުމަށް ރާއްޖޭގައި

ހަޒާޑް، ޗުއްޓީ ހޭދަ ކުރުމަށް ރާއްޖޭގައި

01 މާރިޗު 2025
ބެލްޖިއަމް އާއި އީޔޫ ކޮމިޝަނުން ޣައްޒާގެ ކުޑަކުދިންގެ ހާލަތާ ގުޅިގެން ފިޔަވަޅު އެޅުމަށް ގޮވާލައިފި

ބެލްޖިއަމް އާއި އީޔޫ ކޮމިޝަނުން ޣައްޒާގެ ކުޑަކުދިންގެ ހާލަތާ ގުޅިގެން ފިޔަވަޅު އެޅުމަށް ގޮވާލައިފި

21 މާރިޗު 2024
ޣައްޒާގައި އާންމުން މެރުން ހުއްޓާލުމަށް ބެލްޖިއަމްގެ ބޮޑުވަޒީރު އެދިވަޑައިގެންފި

ޣައްޒާގައި އާންމުން މެރުން ހުއްޓާލުމަށް ބެލްޖިއަމްގެ ބޮޑުވަޒީރު އެދިވަޑައިގެންފި

02 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު