Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ

ސްނިކޯމީޓަރުން ލުކާކޫގެ ގޯލްތައް ކެންސަލް!

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ބެލްޖިއަމްގެ ފަހު ގޯލު ސްނިކޯމީޓަރުގެ އެހީގައި ބަލައި ނުގަތުމުން ސްލޮވާކިޔާ އަށް ތާރީހީ ކާމިޔާބީއެއް ލިބިއްޖެ އެވެ.

ރާއްޖެ އެމްވީ | 18 ޖޫން 2024 | އަންގާރަ 05:43
ބެލްޖިއަމްގެ އޮޕެންޑާ ބޯޅައިގައި އަތްލަނީ

ބެލްޖިއަމްގެ އޮޕެންޑާ ބޯޅައިގައި އަތްލަނީ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ބެލްޖިއަމްގެ ފަހު ގޯލު ސްނިކޯމީޓަރުގެ އެހީގައި ބަލައި ނުގަތުމުން ސްލޮވާކިޔާ އަށް ތާރީހީ ކާމިޔާބީއެއް ލިބިއްޖެ އެވެ.

މެޗުގެ 85 ވަނަ މިނެޓުގައި ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ ލަނޑެއް ޖަހައި ނަތީޖާ އެއްވަރު ކުރި އެވެ. އަދި އޭނާ އާއި މުޅި ޓީމު މި ލަނޑަށް ފަހު އިންތިހާ އަށް އުފާފާޅު ކުރި އެވެ. ނަމަވެސް ތުރުކީގެ ރެފްރީ ނިންމީ ލުކާކޫގެ ކުލަބު ޕާޓްނަރު އޮޕެންޑާ އެބޯޅަ ހުރަސްކުރުމުގެ ކުރިން ކޮންޓްރޯލްކުރަން އުޅުމުގެ ތެރޭގައި އަތުގައި ޖެހުނުކަން ޔަގީން ކުރާށެވެ. ވީއޭއާރުން ބެލުމަށްފަހު، މިކަން ކަށަވަރުކުރީ ސްނިކޯމީޓަރުގެ އެހީގަ އެވެ.

ސްނިކޯމީޓަރަކީ އަޑުގެ އެހީގައި ބޯޅައިގެ އަތްލިކަން ކަށަވަރުކުރަން މި ފަހަރުގެ ޔޫރޯގައި ބޭނުންކުރާ ޓެކްނޮލޮޖީއެކެވެ. ސްނިކޯމީޓަރުން ދެއްކީ އޮޕެންޑާ ބޯޅަ ހުރަސްކުރުމުގެ ކުރިން އަތްލިކަމެވެ. ލުކާކޫގެ ގޯލް ކެންސަލް ވިއިރު އޭނާ ވަނީ ފަހު ހާފު ފަށައިގެން ވެސް ގޯލެއް ޖަހައިފަ އެވެ. އެކަމަކު އޮފްސައިޑުގައި ހުރުމުން އެ ލަނޑު ވެސް ކެންސަލްވީ އެވެ.

ބެލްޖިއަމްގެގެ ކޯޗު ޑޮމެނިކޯ ޑަޓެސްކޯ މެޗަށް ފަހު ބުނީ އޭނާގެ ކޯޗުކަމުގައި ފުރަތަމަ ފަހަރަށް ބަލިވިއިރު ކޮންމެވެސް ދުވަހަކު ބަލިވާނެކަން އެނގޭ ކަމަށެވެ. އަދި މެޗުގައި އޭނާގެ ޓީމަށް އެންމެ އެދެވޭ ގޮތުގައި ނުކުޅުނު ކަމަށް ވެސް ގަބޫލުކުރާ ކަމަށެވެ.

ފީފާ ރޭންކިންގެ 53 ވަނާގައި އޮތް ސްލޮވާކިޔާއިން ތިން ވަނާގައިވާ ބެލްޖިއަމްގެ މައްޗަށް ހޯދި މޮޅަކީ މުބާރާތުގެ ތާރީހުގައި އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާ ކަމަށް ގިނަ ބަޔަކު ސިފަކުރެ އެވެ.

މެޗަށް ފަހު ސްލޮވާކިޔާގެ ކޯޗު އިޓަލީގެ ކަލްޒޯނާ ބުނީ އޭނާގެ ކުޅުންތެރިން މެޗުން މޮޅުވެ، ތިން ޕޮއިންޓް ހޯދީ ހިތާއި ފުރާނައިން ގުރުބާންވެގެން ކަމަށެވެ.

މުބާރާތުގައި ބެލްޖިއަމާއި ސްލޮވާކިޔާ އަށް ވެސް ބާކީ އޮންނާނީ ރޮމޭނިޔާ އާއި ޔުކްރޭން މެޗެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިޓާލިއަން ލީގު: ލުކާކޫގެ ލަނޑުން މިލާން ޑާރބީ އިންޓަރ މިލާނުން ކާމިޔާބުކޮށްފި

އިޓާލިއަން ލީގު: ލުކާކޫގެ ލަނޑުން މިލާން ޑާރބީ އިންޓަރ މިލާނުން ކާމިޔާބުކޮށްފި

22 ސެޕްޓެމްބަރު 2019
ލުކާކޫގެ ލަނޑުން އިންޓަ އަށް އުނދަގޫ މޮޅެއް

ލުކާކޫގެ ލަނޑުން އިންޓަ އަށް އުނދަގޫ މޮޅެއް

02 ސެޕްޓެމްބަރު 2019
ލުކާކޫގެ ބަދަލުގައި ރަޝްފޯޑްގެ ފުރަތަމަ 11 ގައި ހިމަނަން ޖެހޭ: ފާޑިނެންޑް

ލުކާކޫގެ ބަދަލުގައި ރަޝްފޯޑްގެ ފުރަތަމަ 11 ގައި ހިމަނަން ޖެހޭ: ފާޑިނެންޑް

04 ނޮވެމްބަރު 2018
ޕްރެސިޑެންޓް ކަޕް ކެންސަލްކޮށް، އަންނަ އަހަރު މާލޭ ލީގު ނުބާއްވަން ނިންމައިފި

ޕްރެސިޑެންޓް ކަޕް ކެންސަލްކޮށް، އަންނަ އަހަރު މާލޭ ލީގު ނުބާއްވަން ނިންމައިފި

04 އޮކްޓޯބަރު 2018
ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން އިނގިރޭސި ގިނަ ކުޅިވަރުތަކެއްގެ މެޗްތަކެއް ކެންސަލް

ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން އިނގިރޭސި ގިނަ ކުޅިވަރުތަކެއްގެ މެޗްތަކެއް ކެންސަލް

18 މާރިޗު 2018

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު